މަޝްހޫރު ފްރެންޗައިޒް "ޑޮން 3" ގެ ބަތަލާ އަކަށް ކިއާރާ އަދުވާނީ ހަމަޖައްސައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކުޅަދާނަ އެކްޓަރު ރަންވީރު ސިންހް އާއެކު މި ފިލްމު ޓީޒާ އެއް މިހާރު ދައްކާލާފައިވާއިރު މި ފިލްމުގެ ބަތަލާގެ ރޯލު ކުޅެން އެންމެ ފުރަތަމަ ލިބުނީ ޕްރިޔަންކާ ޗޯޕްރާ އަށެވެ. ނަމަވެސް ޕްރިޔަންކާ މިވަގުތު އިންޑިއާގައި ނެތުމުގެ ސަބަބުން މި ފިލްމު ކިއާރާ އަށް ހުށައެޅި ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ކުރިން ޑޮންގެ ރޯލުން ފެނިގެން ގޮސްފައިވަނީ ޝާހްރުކްހާން އެވެ. ނަމަވެސް މިފަހަރުގެ ޑޮން އަކީ ކިއާރާއެވެ. ޑޮން އަކީ ބަތަލާ ޕްރިޔަންކާ އާއި ޝާހުގެ ފްރެންޗައިޒެކެވެ. ނަމަވެސް އެންމެފަހުގެ ރިޕޯޓްތައް ބުނާގޮތުގައި މިފަހަރު މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ކިއާރާ އާއި ރަންވީރުއެވެ. އެއާއެކު މި ފިލްމުވެގެންދާނީ ކިއާރާ އާއި ރަންވީރު އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމަށެވެ.

ފަރުހާން އަޚްތަރު ޑައިރެކްޓްކޮށް، ރިތޭޝް ސިދުވާނީ ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމުގެ ބަތަލާ އަވަސް މުސްތަގްބަލެއްގައި އިއުލާންކުރާނެއެވެ. ޑޮން ގެ ފުރަތަމަ ބައެއް 2006 ވަނަ އަހަރު ފެނިގެން ދިޔައިރު ފިލްމުގެ ދެވަނަ ބައެއް އާންމުންނާ ހަމައަށް އައީ 2011 ވަނަ އަހަރުގައެވެ. އޭގެ ފަހުން 12 އަހަރުފަހުން ޑޮން ގެ ތިން ވަނަ ބައިގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ބަތަލާ ކިއާރާ އަކީ މިވަގުތު ބޮލީވުޑްގައި ވަރަށް ޑިމާންޑް ބޮޑު ބަތަލާއެކެވެ. ފިރިމީހާ އެކްޓަރު ސިދާތް މަލްހަތްރާ އާއެކު "ޝޭރްޝާހް" އިން ފެނިގެން ދިޔުމަށްފަހު ބަތަލާ ކިއާރާ އަށް އަންނަނީ ފުލުފުލުގައި ފިލްމުތަކުން ޖާގަ ލިބެމުންނެވެ.