ދެހާސް ނަވާރަ ވަނަ އަހަރު ނެރުނު ރޮމޭންޓިކް ކޮމެޑީ “ޑްރީމް ގާލް” ގެ ސީކުއަލަލް އަށް ބަތަލާ އަނަންޔާ ޕާންޑޭ ހަމަޖައްސައިފިއެވެ. އަޔޫޝްމަން ޝަރުމާ ފިރިހެން ލީޑު ރޯލު ކުޅުނު މި ފިލްމަކީ ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. މިފިލްމުގެ ދެވަނަ ބައިންވެސް ފެނިގެންދާނީ އަޔޫޝްމަންއެވެ. ފިލްމުގެޕޯސްޓަރު މިހާރު އާންމު ކޮށްފައި ވާއިރު މި ފިލްމުގެ ޓީޒާ ޓްރެއިލާ މިއަދު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމު ވަނީ މިމަހު 25 ގައި ރިލީޒް ކުރާނެއެވެ.މިފިލްމުގެ ޑައިރެކްޓަރަކީ ރާޖް ޝާންދަލިޔާއެވެ. ފިލްމުގެ ފުރަތަމަ ބަޔަށްވުރެ ދެވަނަ ބައި މާ މަޖާވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފިލްމުގައި އަޔޫޝްމަން އާއި އަނަންޔާގެއިތުރުން ދެން ފެނިގެންދާނެ ބައެއް ތަރިންނަކީ އެކްޓަރު ޕަރޭޝް ރަވަލަ، ރާޖްޕަލް ޔާދަވް އަދި އައްނޫ ކަޕޫރުއެވެ.މި ފިލްމުގެ ފުރަތަމަ ބައިގައި ބަތަލާގެ ރޯލުން ފެނިގެންދިޔައީ ނުޝްރަތު ބަރޫޗާއެވެ.