ކުޅަދާނަ އެކްޓަރު ރަންވީރު ސިންހް އާއި ބަތަލާ އާލިއާ ބަޓް ލީޑު ރޯލު ކުޅުނު ފިލްމު “ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ” އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަ ދެއެވެ.ކްރިޓީކުންގެ އިތުރުން ބެލުންތެރިން ގެ ބޮޑު ތަރުހީބެއް މި ފިލްމަށް ލިބެމުން އަންނައިރު ގިނަ ބަޔަކު ބުނީ މި ފިލްމަކީ “ކަބީ ހުޝީ ކަބީ ގަމް”އަށް ފަހު ބޮލީވުޑުން ނެރުނު އެންމެ ރީތި ފިލްމު ކަމަށެވެ. ފިލްމު އެޅުވިތާ ދެދުވަސްތެރޭ މި ފިލްމަށް 3.3 މިލިއަން ޑޮލަރު ލިބުނެވެ. އިންޑިއާގެ ސިނަމާ އާއި ބޭރުގެ ސިނަމާތަކުގައި އަޅުވައިގެން މި ފިލްމަށް މިހާތަނަށް ޖުމްލަ 6.3 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ވަނީ ލިބިފައެވެ. މި ފިލްމު މިހާރު ސިނަމާތަކުގައި އަޅުވަމުން ގެންދާ އިރު ޝްވެކް ސިނަމާގައި ވެސް މި ފިލްމު ވަނީ އަޅުވާފައެވެ. މި ފިލްމަކީ ކަރަން ޖޯހަރުގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ ރޮމޭންޓިކް ކޮމެޑީ އެކެވެ. ދަރުމާ ޕްރޮޑަކްޝަންގެ ހިޔާވަހިކަމުގެ ދަށުން ގެނެސްދޭ މި ފިލްމުގައި ދެތަރިންގެ އިތުރުން ހަރަކާތްތެރި ވާ ތަރިންނަކީ ދަރުމެންދަރު، ޖަޔާ ބައްޗަން އަދި ޝަބާނާ އާޒްމީ އެވެ.އާލިއާ އާއި ރަންވީރު އަތުގައި މިވަގުތު ގިނަ ޕްރޮޖެކްޓްތަކެއް ހުރި އިރު ދެމީހުން އެކުގައި އެއްކޮށް ކުޅުނު ފުރަތަމަ ފިލްމަކީ "ގަލީ ބޯއި" އެވެ. 2019 ވަނަ އަހަރު ރިލީޒްކުރި މިފިލްމު ވަނީ އަހަރުގެ އެންމެ މޮޅު ފިލްމުގެ އެވޯޑުވެސް ހޯދާފައެވެ.