އެއްވެސް ކަސްޓަމަރެއްގެ ބޭންކު ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނެގޭފަދަ މައުލޫމާތެއް އެމްޓީސީސީގެ ސިސްޓަމްތަކުގައި ރައްކާކުރެވިފައި ނުހުންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ރާާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓ.ީއެލް) އެޕް ގެ ޑިޖިޓަލް ސިސްޓަމްއާ ގުޅޭ ގޮތުން ދައްކަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ އާރްޓީއެލް ހިދުމަތް ފެށީނީއްސުރ،ެ މި ހިދުމަތް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށްޓަކައި އެކިއެކި ފަރާތްތަކުން ލިބެމުންދާ ހިޔާލުތަކާ މައުލޫމާތުތަކަށް އެ ކުންފުނިން އަބަދުވެސް ރިޢާޔަތްކުރަމުން އަންނަކަމަށެވެ.
މިގޮތުން އާރް.ޓ.ީއެލް އެޕްގައި ސެކިއުރިޓީ ވަލްނަރަބިލިޓީއެއް އުޅޭކަމުގެ ރިޕޯޓް ޖުލައި މަހުގެ ކުރީކޮޅު ލިބުމާއެކު އެ ކުންފުނިން މި މައްސަލަ އިތުރަށް ބެލުމަށްފަހު ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އެ މައްސަލަ ވަގުތުން ވަގުތަށް ހައްލުކޮށްފައިވާ ކަމަށެވެ. އަދ، ސިސްޓަމް ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްތައްވެސް އެ ކުންފުނިން ކުރަމުން އަންނަކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
އެމްޓީސީސީ އިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކުރަމުން މި ބަޔާނުގައި ބުނެފައިވަނީ ކަސްޓަމަރުންގެ ބޭންކިން މައުލޫމާތު ސެކުޔާ ޕޭމަންޓްއެއް ހަދަން ބޭނުންވާ މިންވަރަށް އަދި މިންގަނޑަށް މެނުވީ ރައްކާ ކޮށްފައި ނުބަހައްޓާ ކަމަށެވެ. މިގޮތުން އާރްޓީއެލް ސިސްޓަމްގައި ބޭންކު ކާޑު ބޭނުންކުރެވޭނީ ޕާޓްނަރިން ބޭންކުގެ ސެކިއުރިޓީ ސްޓެންޑަޑްތަކާއި އެއްގޮތަށް ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ އަދ، އާރްޓީއެލް ސިސްޓަމްގައި ކާޑު ޓްރާންސެކްޝަން ހެދުމަށް ބޭނުންކުރާ ޑިޖިޓަލް އާލަތްތަކަކީވެސް ބައިނަލްއަގްވާމީ ޕޭމަންޓް ކާޑު އިންޑަސްޓްރީގެ ސްޓޭންޑަޑްއަށް ސާޓިފައި ކޮށްފައިވާ ވަސީލަތްތަކެއްކަމުގައި އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ އެ ކުންފުނިން ފައިސާ ބަލައިގަތުމަށް ބޭނުންކުރަމުން ދަނީ ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓްގޭޓްވޭ ކަމުނ،ް ކަސްޓަމަރުންގެ ހުރިހާ ބޭންކިން މައުލޫމާތެއް ހިއްސާކުރާނީ ބ.ީއެމް.އެލްގެ ސެކުޔާ ޕްލެޓްފޯމްއެއްގައި ކަމަށެވެ. އެހެންކަމުނ،ް އާރްޓީއެލް އެޕް ބޭނުންކޮށްގެން ފައިސާ ދެއްކުމުގައި ކަސްޓަމަރުން ބޭނުންކުރާ އެއްވެސް ބޭންކިން މައުލޫމާތެއް އެ ކުންފުނީގެ ސިސްޓަމްގައި ރައްކާކުރެވިފައި ނުހުންނާނެ ކަމުގެ ޔަގީންކަން އެމްޓިސީސީއިން ވަނީ ދީފައެވެ.