ގދ. ތިނަދޫގައި އަލަށް ތަރައްގީކުރާ މަސް ކާރުހާނާގެ މަސައްކަތާ، ކޫއްޑޫގެ މަސް ކާރުހާނާއަށް އިތުރުކުރާ ފެސިލިޓީގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރިޒް ކޮމްޕެނީ (މިފްކޯ)ގެ ފަރާތުން އެއްބްސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިސްމާއީލް ފައުޒީއެވެ. އަދި އެމްޓިސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.
މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމަށް 120 ޓަނުގެ ބްރެއިން ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންޓެއިނާ ޔާޑަކާ، މަސް ބޯޓުފަހަރު ކައިރިކުރެވޭނެ އަންލޯޑް ޕްލެޓްފޯމެއް ގާއިމްކުރުމުގެ މަސައަކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ މަޝްރޫއަށް 45 މިލިއަން ރުފިޔާ މިފްކޯގެ ބަޖެޓުން ހަރަދުކުރުމަށް ނިންމާފައި ވާއިރު މި މަޝްރޫއަށް ބޭނުންވާ މެޝިނަރީތަކާ ވަސީލަތްތައް ރާއްޖެ ގެނައުމުގެ މަސައްކަތް މިފްކޯއިން އަންނަނީ ކުރަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމުގެ މަތިން މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކައް ހައްލު ހޯދައިދެވޭނެ ކަމަށެވެ. ހުވަދު އަތޮޅަކީ އެންމެ ގިނައިން މަސްބާނާ އަތޮޅުކަން ފާހަގަކޮށް އިސްމާއީލް ފައުޒީ ވިދާޅުވީ މަސްވެރިންނަށް ރަނގަޅުގޮތް ހޯދައިދިނުމަށް ކެޕޭސިޓީ އިތުރުކުރުގެ ކަންކަން ކުރިއަށް ދާ ކަމަށެވެ.
މީގެ އިތުރުން އިސްމާއީލް ފައުޒީ ވިދާޅުވީ ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ބޭނުންވާ މެޝިނަރީތައް ކުރިއަށް އޮތް ފަންސަވީހަކަށް ދުވަހުގެ ތެރޭގައި މާލެ ގެނެވޭނެކަމަށާ މި ތަކެތި ގެނައުމުގެ ކުރިން އެމްޓީސީސީން، އިމާރާތުގެ ފައުންޑޭޝަންގެ މަސައއްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތްކުރިއަރުވައި ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތުގެ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީ އިން ކުރިއަށް ގެންދާ ކަމަށެވެ. މި ގޮތުން އައްޑޫ ފިޝަރިޒް ކޮމްޕްލެކްސްގެ މަސްކިރުވާ ބަނދަރާއި މ. މަސް ކާރުހާނާ އަދި އިހަވަންދޫ ގައި ތަރައްގީކުރާ މަސައްކަތް ފަދަ މަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.