މި ހިނގާ ޖުލައި މަހު ނިމުމުގެ ކުރިން، ދިރާސީ އާ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ހުރިހާ ސްކޫލްތަކަކަށް ފޮނުވާ ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ދިރާސީ އާ އަހަރަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ފޮތްތައް ފޮނުވުމަށް ކުރަންޖެހޭ ކަންކަން މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އިއްޔެ ބައްލަވާފައި ކަމަށްވެސް ބުނެއެވެ.
މީގެ އިތުރުންވެސް ދިރާސީ އާ އަހަރަށް ތައްޔާރު ވުމުގެ ގޮތުން އެންމެ އިސްކަން ދީގެން ކުރިއަށްދާ އެއް ކަމެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ މީގެ ކުރިން ފާހަގަ ކުރައްވާފައި ވަނީ ސްކޫލްތަކަށް ދާއިމީ ޕްރިންސިޕަލުން ހޯދާ އައްޔަން ކުރުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ 2019 ވަނަ އަހަރު ސަރުކާރު ސްކޫލްތަކުގައި ދާއިމީ ޕްރިންސިޕަލުން ނެތް 58 ސްކޫލު ހިމެނޭ ކަމަށެވެ. އަދި އޭގެތެރޭގައި 26 ސްކޫލެއްގައި ޕްރިންސިޕަލުންގެ ގޮތުގައި ތިބީ ބިދޭސީން ކަމަށް ވެސް ވިދާޅުވިއެވެ.
ޕްރިންސިޕަލުން ތަމްރީން ކުރުމަށް ގިނަ ޕްރޮގްރާމްތައް ހިންގަމުން އަންނައިރު މިހާރުވެސް ރާއްޖެއިން ބޭރުން ގިނަ ޕްރިންސިޕަލުން ތަމްރީންވެ ހިދުމަތާ ގުޅިފައިވާ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ. މީގެ އިތުރުން އަހްމަދު އަލީ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ އަންނަ ދިރާސީ އާ އަހަރު ގެ ނިޔަލަށް ހުރިހާ ރަށެއްގެ ސްކޫލުތަކަށް ވެސް ދިވެހި ޕްރިންސިޕަލުން ހޯދުން ކަމަށެވެ.
ވޭތުވެ ދިޔަ ދިރާސީ އަހަރަކީ ކާމިޔާބު އަހަރެއްކަން ފާހަގަކުރައްވައި އަހްމަދު އަލީ ވިދާޅުވީ އޯލެވެލްގެ ގަދަ ދިހައަކާއި، އޭލެވެލްގެ ގަދަ ދިހައެއްގައި މިހާތަނަށް އެންމެ ގިނަ ދަރިވަރުން ހިމެނުނީ މި ނިމުނު އަހަރު ކަމަށެވެ.
މިއަހަރުގެ ދިރާސީ އާ އަހަރު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ.
ޓާސްކްފޯސް ހަދައިގެން ކަމަނާ ތިޔަ ފޮޓޯލޯގަނޑަށް އަރާހުރި ފޮޓޯއިން އެފެންނަނީ ކޮންމަންޒަރެއްތަ. މީގައި މިވާ ފޮޓޯނިކަން ސާފުކޮށްދީބަލަ އެހާމެ އަގުބޮޑުކޮން ސަރުކާރު ބަޖެޓުން ހޭދަކޮށް އިންޑިޔާއިން ޕްރިންޓްކޮށްގެން ގެނައި ފޮތްތަކުގައި ކަފަކަފާފަ ކޮންއެއްޗެއްތަ އެތަތްކުރަނީ. ހުރަވީ ޖޭއެސް މިހެންކިޔާނެ ކަމެއްނެތް ރަށްރަށުގެ ސްކޫލްތަށް ފޮތްނުލިބެ. ބޮޑުވަރުދޯ. ލަދު ނުގަންނާތި. ވޯޓުހޯދަން ވަކި ސްކޫލްތަކެއްގެ ޓީޗަރުން 170އިން އަދިވެސް ކަޓްނަގާފަ އިންޑިޔާއަށް މޮންޓުސޫރީ ސްކޫލް ކިޔެވުން ދަސްކުރަން ފޮނުވާ. ހަބޭހަށް ލާރިކާތި. ވޯޓުވެސް ކާންވާނީ