ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ގުޅިގެން ބާއްވާ ހަތަރުވަނަ ރަސްމީ ބައްދަލުވުމުގައި ބައިވެރިވުމަށް ރާއްޖޭގެ ޑެލިގޭޝަންގައި ހިމެނޭ އިސް ފަރާތްތަކުން މިއަދު ބެލްޖިއަމްގެ ބްރަސަލްސް އަށް ފުރައިފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު ބެލްޖިއަމްގެ ބްރަސަލްސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަހްމަދު ހަލީލް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސް ބޭފުޅުންގެ އިތުން ރައީސް އޮފީހާއި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވޮލެޕްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ފިޝަރީސް މެރިން ރިސޯސް އެންޑް އެގްރިކަލްޗާ، މިނިސްޓަރީ އޮފް ކްލައިމެޓް ޗޭންޖް އެންޑް ނޭޝަނަލް ޓެކްނޮލޮޖީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އިތުރުން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި އަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖެއާއި އީޔޫ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ، ސިޔާސީ ދާއިރާއިން ކުރެވިދާނެ މަސައްކަތްތަކާ، ހިއުމަން ރައިޓްސް، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ، ގަވާނަންސް ޑިމޮކްރެސީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ސަރަހައްދީ ތަރައްގީ އާއި ގުޅޭ ގޮތުން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި ޔޫރަޕިއަން ޔޫނިއަންގެ ނާއިބު ރައީސް ފެޑްރީކާ މޮގްރީނީ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.