ސްޓާ ޕްލަސް އިން އެންމެ ގިނަ މީހުން ބަލާ ޑްރާމާ "އަނުޕަމާ"ގެ އެޕިސޯޑުތައް މިހާރު ވަރަށް ޝައުގުވެރިއެވެ.

ޑްރާމާގެ ލީޑު ތަރި ރުޕާލީ ގަންގޫލީ (އަނުޕަމާ) ގެ ފުރަތަމަ ކައިވެނި އޭނާގެ ފިރިމީހާ ސުދަންޝޫ ޕާންޑޭ (ވަންރާޖް) ބޭވަފާތެރިވުމުގެ ސަބަބުން އަނުޕަމާ އޭނާގެ ކިބައިން ވަރިވެ މިހާރު އުޅެނީ ގޯރަވް ކަންނާ (އަނުޖް) އާއި ކައިވެނި ކޮށްގެންނެވެ. ނަމަވެސް ނިމިދިޔަ އެޕިސޯޑުތަކުގައި އަނުޖް، އަނުޕަމާ ދޫކޮށް މާޔާ އާއެކު ދިރިއުޅެން ފަށައެވެ. ނަމަވެސް ފަހުގެ އެޕިސޯޑުތަކުގައި އަނުޕަމާ ދޫކޮށް މާޔާ އާއެކު ދިރިއުޅޭ ސަބަބު އަނުޖް ކިޔައިދެއެވެ. އަނުޕަމާ އާއި އަނުޖް ވާހަކަ ދެއްކުމަށްފަހު ނިންމީ ދެމީހުން ވެސް އެކަކު އަނެކަކުގެ ހަޔާތް ކުރިއަށް ގެންދިޔުމަށެވެ. އެއީ ދެމީހުން ވަކިނުވެއެވެ.

އަނުޕަމާ އަށް އެމެރިކާ އަށް ދާން ފުރުސަތު ދިނީ މަޝްހޫރު ނެށުންތެރިޔާ މާލްތީ ދޭވީ (ގުރުމާ) އެވެ. މާލްތީ ފެނިގެންދަނީ ވަރަށް ޝަހުސިއްޔަތު ވަރުގަދަ ކެރެކްޓަރަކުންނެވެ. އާއިލާ އާއި ދަރިންނަށް އެހާ ޝައުގުވެރިކަން ނުދީ ނެށުމަށް ހުރިހާ ވަގުތެއް ހުސްކޮށްގެން އުޅޭ މާލްތީގެ ކުރީގެ ހަޔާތުގައި ވަރަށް ހިތްދަތި ކަންތައްތަކެއް ހޭދަކޮށްފައިވާކަން ޑްރާމާ އިން އެނގިގެންދެއެވެ. އަނުޕަމާގެ ދަރިފުޅު ސަމަރްގެ ކައިވެންޏަށް ގުރުމާ ދަނީ އަނުޕަމާގެ އެދުމުގެ މަތިންނެވެ. ކައިވެނި ހަފްލާ ތެރެއިން ގުރުމާ އަށް އަނުޖް ފެނިގެންދެއެވެ. މިއީ އެންމެ ޝައުގުވެރި ހިސާބެވެ. ރިޕޯޓްތައް ބުނާގޮތުގައި ގުރުމާ އަކީ އަނުޖް ބަނޑު އަޅައި ވިހޭ މަންމައެވެ. ޔަތީމު ހާލުގައި އަނުޖް ބޮޑުވިއިރު އޭނާގެ މަންމަ އެއް ނުފެނެއެވެ. ނަމަވެސް އޭގެ އެތައް އަހަރެއްފަހުން އަނުޖް އަށް އޭނާގެ މަންމަ އާއި ދިމާވެއެވެ.

ވަންރާޖްގެ މިހާރުގެ އަނބިމީހާ ކާވްޔާ ބަލިވެ އިންކަން އެނގުމުން ވަންރާޖް އުފާވިއެވެ. އަދި ކާވިޔާ އާއެކު ދިރިއުޅެން ގަސްތުކުރެއެވެ. މާލްތީ އަށް މާޔާގެ ހަގީގަތް އެނގި މާޔާ ބޭޒާރުކުރެއެވެ. އަނުޖްއާ އެންމެ އެކަށީގެންވަނީ އަނުޕަމާ ކަން މާލްތީ އަށް އިހުސާސްވެ ދެމީހުން ގުޅުވައެވެ.