ށ. ނަރުދޫގެ އާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ މަސައްކަތް ނިމި ހިދުމަތް ދޭން ފަށާފައި ވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ށ. ނަރުދޫ އާ އިންޖީނުގެ އެޅުމަށް 5.1 މިލިއަން ރުފިޔާއަށް ބަޔަކާއި ހަވާލުކޮށްފައި ވަނީ ސެޕްޓެމްބަރު 29، 2019 ގައެވެ. މީގެ ކުރިން މީހުން ދިރިއުޅޭ ހިސާބުގައި އިންޖީނުގެ ހުރުމުން އެ ކަމުގެ ޝަކުވާތައް ބޮޑުވެފައިވާއިރު ފެނަކައިން ބުނީ އެ ރަށުގައި އާ އިންޖީނުގެއެއް އެޅުމަށް ނިންމީ މީހުން ނޫޅޭ ސަރަހައްދަކަށް އިންޖީނުގެ ބަދަލުކުރުމަށް ކަމަށެވެ.

ނަރުދޫގައި އަލަށް އިމާރަތްކުރި އިންޖީނުގެ އާއެކު އަޑުގަދަވުމާ ދުމާ ޑީސަލްގެ އަސަރުކުރުމުގެ ޝަކުވާތައް ހުއްޓިފައިވާއިރު ފެނަކައިން ބުނީ މީގެ ކުރިން ދިމާވި ޖާގައިގެ ދަތިކަންވެސް ހައްލުވެފައިވާކަމަށެވެ.

ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މި ހަފްތާ ތެރޭ ށ. ކޮމަންޑޫގައި އަލަށް އިމާރަތް ކުރެވުނު އިންޖީނުގެ އާއި އޮފީސް އިމާރާތުގެ މަސައްކަތް ނިމި ބޭނުންކުރަންވަނީ ފަށާފައެވެ. މީގެ އިތުރުން ށ. ކޮމަންޑޫގައި އަލަށް އިމާރަތް ކުރެވުނު އިންޖީނުގެ އާއި އޮފީސް އިމާރާތުގެ މަސައްކަތްވެސް ވަނީ ބޭނުންކުރަން ފަށާފައެވެ.