ނިމިދިޔަ 23 ވަނަ އައިފާ އެވޯޑް ހަފްލާގައި އެންމެ މޮޅު ބަތަލާ އަކަށް ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ތަރި އާލިއާ ބަޓް ހޮވިއްޖެއެވެ.

މިއަހަރުގެ ފިލްމުފެއާ އެވޯޑްސްގައި ވެސް އެންމެ މޮޅު ބަތަލާގެ އެވޯޑް ހޯދި އާލިއާ މިފަހަރުގެ އައިފާ އެވޯޑު ހަފްލާގައި ވެސް އެންމެ މޮޅު ބަތަލާގެ އެވޯޑު ހޯދީ އޭނާ ކުޅުނު ފިލްމު "ގަންގޫބާއި ކަތިއަވާޅީ" އިންނެވެ.

އަބޫ ދާބީގަ ކުރިއަށް ދިޔަ މިހަފްލާގައި ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއި" ވަނީ ގިނަ އެވޯޑު ހާސިލްކޮށްފައެވެ. އެ ފިލްމުން ހާސިލްކުރި ބައެއް އެވޯޑު ތަކަކީ އެންމެ މޮޅު ސްކްރީންޕްލޭ، އެންމެ މޮޅު ޑައިލޮގު، އެންމެ މޮޅު ސިނަމަޓޯގްރަފީ އަދި އެންމެ މޮޅު އާ އެކްޓަރުގެ އެވޯޑެވެ.

ބަތަލާ އާލިއާ އަށް އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނުއިރު އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނީ "ވިކްރަމް ވޭދާ" އިން ރިތިކް ރޯޝަން އަށެވެ. އެންމެ މޮޅު ފިލްމަށް "ޑްރިޝަމް 2" ހޮވިފައިވާއިރު އެންމެ މޮޅު ޑައިރެކްޓަރަކީ އާރަމް މާދްވަންއެވެ. އެންމެ މޮޅު ސަޕޯޓިން އެކްޓަރު ފިލްމު "ޖުގް ޖުގް ޖިއޯ" އިން ހާސިލް ކުރީ ބޮލީވުޑްގެ ނަން މަޝްހޫރު އެކްޓަރު އަނިލް ކަޕޫރެވެ. އަދި އެންމެ މޮޅު ސަޕޯޓިން ބަތަލާގެ ރޯލު މޯނީ ރޯއީ ހޯދީ ފިލްމު "ބުރައްމަސްތުރާ" އިންނެވެ. އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑު އަރިޖިތު ސިންހް އަށް ލިބުނު އިރު އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑު ހޯދީ ޝްރެއާ ގޯޝަލްއެވެ.

ނިމިދިޔަ އައިފާ އެވޯޑް ހަފްލާގައި ބޮލީވުޑް ތަރިންގެ ފޯރިގަދަ ސްޓޭޖް ހުށައެޅުންތައްވެސް ފެނިގެންދިޔައެވެ.