ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާ ޕާޓީތަކުގެ ތެރެއިން މޯލްޑިވްސް ރީޕޯމް މޫވްމަންޓް (އެމްއާރްއެމް) އިން 3،000 މެމްބަރުން ހަމަނުވެގެން، އެޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.
މީގެ ކުރިން ވެސް 3000 މެންބަރުން ހަމަ ނުވުމާ ގުޅިގެން އީސީއިން އެ ޕާޓީ އުވާލަން ނިންމިއެވެ. ނަމަވެސް އެމްއާރްއެމްގައި 3000 މެންބަރުން ހަމަވާނެ ކަމަށް އެ ޕާޓީއިން އޭރު ވަނީ ބުނެފައެވެ.
މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ދިން ދެވަނަ ނޯޓިސްގެ މުއްދަތު މިދިޔަ ބުދަ ދުވަހު ހަމަވެފައިވާއިރު އަދަދު ހަމަކުރަން ދިން މުއްދަތުގައި އެކަން ނުވެއްޖެ ނަމަ އޮންނާނީ ޕާޓީ އުވާލުން ކަމަށް އީސީން ވަނީ ބުނެފައެވެ.
ރާއްޖޭގައި 11 ޕާޓީއެއް ރަޖިސްޓްރީކޮށްފައި ވާއިރު އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އެވެ. އެ ދެވަނައަށް މެންބަރުން އެންމެ ގިނައިން ތިބީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައެވެ. އަދި ތިންވަނައަށް މެންބަރުން އެންމެ ގިނައީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައެވެ.
ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓާ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމައެވެ. 3000 މެންބަރުން ހަމަކޮށް ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެކި ސަބަބުތަކާ ގުޅިގެން މެންބަރުންގެ އަދަދު 3000 އަށް ވުރެ މަދުވެއްޖެނަމަ ޖެހޭނީ އެ ޕާޓީއެއް އުވާލާށެވެ.
އެންމެ ފަހުން އީސީން ހާމަ ކުރި މައުލޫމާތަސް ބަލާއިރު، ޕާޓީއެއްގައި 3 ހާސް މެންބަރުން ހަމަނުވާ 3 ޕާޓީއެއް އެބަ އޮތެވެ. އެ ޕާޓީތަކަކީ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އެވެ.
ގޯސްމިވީ އީސީއެވެ. އެކިޔަނީ 30000 ހާސް އެކޭ ނޫނެވެ. އެންމެ ތިންހާސްއެވެ. އަދިވެސް ސިޔާސީ އަނގަ ތަޅާތިއެވެ. ޑިމޮކްރެޓަށް ހުރި ފިލާވަޅެކެވެ.