މިދިޔަ މަހުގެ 30 ވަނަ ދުވަހު މަސްތުވާ ތަކެއްޗާ އެކު ހައްޔަރު ކުރި ނޮޅިވަރަމް ސްކޫލުގެ އިސްލާމް ޓީޗަރު އަނބުރާ ސުކޫލަށް ނުކުތުމުން ބެލެނިވެރިން އެކަމާ ނުރުހުން ފާޅުކޮށް ސްކޫލުދޮށަށް ގޮސް އިހުތިޖާޖު ކޮށްފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނޮޅިވަރަމް ސްކޫލުގެ އިސްލާމް ޓީޗަރު މަސްތުވާ ތަކެއްޗާއެކު ހައްޔަރުކުރުމަށް ފަހު ދޫކޮށްލި ފަހުން އިއްޔެ ވަނީ ސްކޫލަށް ނުކުމެފައެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ނޮޅިވަރަމް ސްކޫލުގެ ބެލެނިވެރިއަކު ބުނީ މީގެ ކުރިން ވެސް އެ ޓީޗަރު ސްކޫލަށް ހާޒިރުވާ ދުވަސްތައް މަދުވެ އެކަމުގެ ޝަކުވާ ބެލެނިވެރިން ސްކޫލުގެ އިސްވެރިންނަށް ހުށަހަޅާފައި ވާނެ ކަމަށެވެ. ސްކޫލަށް ހާޒިރު ނުވުމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް ބުރޫ އަރަމުން ދާ ކަން ވެސް އޭނާ ފާހަގަ ކުރިއެވެ.
އޭނާ ބުނި ގޮތުގައި އެ ޓީޗަރު މަސްތުވާ ތަކެއްޗާއެކު ހައްޔަރު ކޮށްފައި ވަނީ ޓީޗަރުގެ ޝަކުވާތައް ސުކޫލަށް ހުށަހަޅާފައި ވަނިކޮށެވެ. އެ ޓީޗަރު ދެން ދަރިވަރުންނަށް ކިޔަވައިދޭން ސްކޫލަށް ނުކުތުމަކީ ބެލެނިވެރިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެ ޓީޗަރު ލައްވާ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުން ނުވާ ކަމަށް އެ ބެލެނިވެރިޔާ ވަނީ ބުނެފައެވެ.
މިކަމާ އިހުތިޖާޖުކޮށް ސްކޫލުދޮށުގައި ބެލެނިވެރިން ނުރުހުން ފާޅުކޮށްފައި ވާއިރު ސްކޫލުގެ ޕްރިންސިޕަލް އިއްޔެ ސްކޫލުގައި ނެތްކަކަމަށް އެ ބެލެނިވެރިޔާ ފާހަގަކުރިއެވެ. އެ ބެލެނިވެރިޔާ ބުނީ ޕްރިންސިޕަލަކީ މިހާރު ނޮޅިވަރަމް ސްކޫލާއި ހަނިމާދޫ ސްކޫލްގެ ކަންކަން ބައްލަވަމުން ގެންދަވާ 2 ސްކޫލުގެ ޕްރިންސިޕަލް ކަމަށެވެ. 2 ސްކޫލަކީ 2 ރަށެއްގައި ހުންނަ 2 ސްކޫލަށް ވާ އިރު ސްކޫލުތަކުގެ ކަންކަން އޭނާ އަށް ރަނގަޅަށް ބެލެހެއްޓޭނެ ކަމާމެދު ބެލެނިވެރިން ސުވާލު އުފައްދައެވެ.
މި މައްސަލަ އާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ އެކަން އެހެން މެދުވެރިވުމާ ގުޅިގެން މިނިސްޓްރީން ސްކޫލް މެދުވެރިކޮށް ޓީޗަރު ގޭގައި މަޑުކުރުމަށް އަންގާފައި ވާނެ ކަމަށެވެ. އަދި ސިވިލް ސާވިސް އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 10 އިން ފެށިގެން ޓީޗަރުންގެ ރަޖިސްޓްރޭޝަން ގަވާއިދާއި ކިޔަވައިދޭ ތަންތަން ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް އަމަލު ކުރަން ފެށުމުން ކުދިންނަށް ރައްކާތެރިކަން އިތުރަށް ކަށަވަރު ވެގެން ދާނެ ކަމަށް އެޑިއުކޫޝަނުން މީގެ ކުރިން ބުނެފައި ވެއެވެ. އެ ގަވައިދުގައި ބުނާ ގޮތުން ޓީޗަރުން ރަޖިސްޓްރީ ކުރާ އިރު އެ ޓީޗަރަކީ ޖިނާއީ އެއްވެސް ކުށެއް ކޮށްފައިވާ ފަރާތެއް ތޯ ބަލާނެ ކަމަށާއި އެފަދަ މައްސަލައެއް ފާހަގަ ކުރެވޭ ނަމަ ޓީޗަރެއްގެ ގޮތުގައި އެފަރާތެއް ރަޖިސްޓާ ނުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝާތު އަލީ ވަނީ ވިދާޅުވެފައެވެ.
ތިޔަ ބުނާ ގަވައިދުގެ ސުރުހީއާ އޭގައި ބުނާ އެއްޗަކާ ދިމައެއް ނުވޭ
ރަޖިސްޓްރޭޝަން ގަވާއިދާއި ކިޔަވައިދޭ ތަންތަން ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް އަމަލު ކުރަން ފެށުމުން ކުދިންނަށް ރައްކާތެރިކަން އިތުރަށް ކަށަވަރު ވެގެން ދާނެ ކަމަށް އެޑިއުކޭޝަނުން ބުނެ. ބަލަ ކުފޫބަައިގަނޑާ ތިޔަދުވަހެއް އަންނާނެކަމަށް އިރާދިމާޔަށް އަނގަ އިތިކޮށްގެން ތިބެންވީތަ. ދޮޅެއް ކޭފައިތަ ތިތިބީ ޑްރްގާއެކު ބަންދު ކުރި ޓީޗަރެއް ސްކޫލަށްވަންނަން ކުފޫހަމަވަނީ ކިހިނެއްތަ. ނުވިތާކުން ދެރަށުދެމެދު ބްރިޖްދަތުރު ކޮށްލަ ކޮށްލަ އެޕުރިންސިޕަލަކު އެހުންނަނީ. އުނުގައި އޮތްފަޓުލޫނު އެބައޮތްބާ. ޑރ މިނިސްޓަރޫ ކޮންތާކުންތަ އެޕުރިންސިޕަލް ކިޔެވީ. އަބްދުއްލޯ ގެންދާ މެލޭޝިޔާ ދަތުރުގެ މީހެއް ދޮތަ؟ ފޮޓޯބޫތު.