މާލެއިން ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދަނީ ދ. ކުޑަހުވަދޫ / ދިލްކަޝްވިލާ، ޢަލީ ޢާތިފް ސާފީ އެވެ.

ވީނުވީއެއް ނޭނގި މިދިޔަ ހުކުރު ދުވަހު އޭނާ ގެއްލިގެން މައްސަލަ ހުށަހަޅާފައި ވަނީ އޭނާގެ އާއިލާއިން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ކަމަށް ފުލުހުން ބުންޏެވެ.

30 އަހަރުގެ ސާފީ ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް މިހާތަނަށް އަދި ހަބަރެއް ނުވާ ކަމަށާއި އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111، ނުވަތަ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފުލުހުންގެ ނަންބަރު 9980062 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދެފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް މީހުން ގެއްލިގެން ހޯދުމުގެ މައްސަލަތައް އިތުރުވި ނަމަވެސް މިކަމަށް ހައްލެއް ވަނީ ނުލިބިފައެވެ. އަދި ބައެއް މީހުން ހޯދި ނަމަވެސް ފެނިފައި ނުވާ މައްސަލަތައްވެސް ދަނީ އިތުރުވަމުން ކަން ފާހަގަކޮށްލެވެއެވެ.