މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، 24 ގެއަށް ފެންވަދެފައިވާކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނީ މިހާރު ކުރަމުންދާާ ވިއްސާރައިގައި އައްޑޫ ސިޓީގައި ފެންބޮޑުުވެ ހިތަދޫއިން 16 ގެއަކަށާ 7 ގެއެއްގެ ދަނޑު ބިމަކަށް ގެއްލުންވެފައިވާކަމަށެވެ. އަދި ފޭދޫގެ 8 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް އެންޑީއެމްއޭ އިން ބުނެފައެވެ. އެހެންނަމަވެސް މި ހާދިސާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތަކަށް ގޮސްފައިނުވާކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ފޭދޫ އާއި ހިތަދޫގެ އިތުރުން މީދޫގެ އެކި ސަރަހައްދުތަކުގައިވެސް ވަނީ ފެންބޮޑުވެފައެވެ. މި ގޮތުން މީދޫގެ 10 ގެއަކަށް ފެން ވަދެފައިވާއިރު ސ.އަތޮޅު ސްކޫލުގައި ވެސް ފެންބޮޑުވެ، ކްލާސްތަކަށް ވެސް ފެނުގެ އަސަރުވަނީ ކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެފަހިފައިވަނީ ސ. ގަމަށެވެ. ގަމަށް 120.3 މިލީމީޓަރު ވާރޭ ވެހިފައިވާއިރު ދެވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުދޫ މީދޫއަށެވެ.

މެޓުން ވަނީ އައްޑޫ ސިޓީ އިން ފެށިގެން ގަދ.އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.