ޔޫކްރައިން ބޯޑަރާ 40 ކިލޯމީޓަރު ދުރުގައި އޮންނަ ރަޝިއާގެ ސިޓީއެއް ކަމަށްވާ ބެލްގޮރޮޑް އަށް އޮޅިގެން ރަޝިއާއިން ބޮމެއް ވައްޓާލައިފިއެވެ.

400،000 މީހުންގެ އާބާދީއެއް އޮންނަ މި ސިޓީއެއް ބޮން ވެއްޓުމާއެކު 20 ފޫޓުގެ ބޮޑު ވަޅުގަނޑެއް ހެދިގެން ދިޔަ އިރު ބޮން ގޮވުމާއެކު ކާރުތައް ވިއްސައިގެން ގޮސް ބައެއް އިމާރާތްތަކަށް ގެއްލުންވެ 2 މީހަކު ޒަހަމްވެފައި ވާ ކަމަށް ރަޝިއާ ޓީވީން ބުނެއެވެ.

ރަޝިއާ ޓީވީން ބުނީ، ބެލްގްރޮޑް މަތިން ދަތުރުކުރި ބޮން އަޅާ ބޯޓަށް އެ ބޮން ވައްޓާލެވުނީ އޮޅިގެން ނުވަތަ އެކްސިޑެންޓަކުން ކަމަށާއި އޭރު އެ ބޯޓު ހަރަކާތްތެރި ވަމުން ދިޔައީ ބޯޑަރު ސަރަހައްދަށް ބޮން އަޅަން ބެލްގްރޮޑް މަތިން އުދުހެމުން ކަމަށެވެ.

އެސްޔޫ-34 މަރުކާގެ ބޮން އަޅާ ބޯޓަކީ، ޒަމާނީ ކޮށްފައިވާ ބޯޓަކަށް ވާއިރު، އެ ބޯޓުގައި އެއާ ޓް އެއާ (ވައިން ވަޔަށް) އަދި އެއާ ޓް ސީ އަދި އެއާ ޓް ސާފޭސް (ވައިން ކަނޑަށް އަދި ވައިން އެއްގަމަށް) ހަމަލާ ދިނުމުގެ ގާބިލުކަން ހުރެއެވެ. އަދި މިސައިލް ހަމަލާގެ އިގުތުން ގައިޑަޑް (އަމާޒަށް) ބޮމާއި ގައިޑަޑް ނޫން ބޮމް އެޅުމުގެ ކުޅަދާނަކަންވެސް ހުރެއެވެ.

ހަބަރުތައް ބުނާގޮތުން ރަޝިއާއިން ޔޫކްރައިން ހަނަގުރާމަ ފެށިފަހުން މި ބާވަތުގެ ގިނަ ބޯޓުތަކެއް ވެއްޓިފައި ނުވަތަ ވައްޓާލާފައިވެސް ވެއެވެ. ނުދަލޭންޑްގެ އިންޓެލިޖަންސް އިދާރާއަކުން ބުނެފައި ވާ ގޮތުން މިހާތަނަށް 19 ބޯޓު ވަނީ ވައްޓާލާފައެވެ.