ޒީނަތްތެރިވުމަކީ ކޮންމެ މީހަކު ވެސް ދިރިއުޅުމުގައި ވަރަށް އަހައްމިއްޔަތުކަން ދޭ ކަމެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މޭކަޕް ކުރުމުގެ ދާއިރާއަކީ ރާއްޖޭގައި ފުޅާވެ ކުރިއަރަމުން އަންނަ އެއް ދާއިރާއެވެ. މި ދާއިރާ އަށް ވަންނަ ހުނަރުވެރީންގެ އަދަދު އިހަށް ވުރެ އިތުރު ވެފައިވާއިރު މިއީ ވެސް މި ދާއިރާ އަށް ވަންނަ އުންމީދީ އެއް ނަމަށް ވެގެންދާނެއެވެ. ދައްކަން މިއުޅެނީ މޭކަޕް ކޮށްދޭ ހދ. ނޭކުރަންދުއަށް އުފަން ފާތިމަތު ވިކާޝާ (ވިކާ)ގެ ވާހަކައެވެ.

ވިކާއަކީ ކުޑައިރުއްސުރެ ވެސް މޭކަޕް ކުރުމަށް ލޯބިކުރާ މީހެކެވެ. އެއީ އޭނާއަށް ލިޕްސްޓިކަކީ ކޯއްޗެއްކަން އިނގެން ފެށި ހިސާބުންނެވެ. ނަމަވެސް އޭރު ފައުންޑޭޝަން، އައިޝެޑޯ ކަހަލަ މޭކަޕްކުރަން ބޭނުންކުރާ އިތުރު ބާވަތްތައް އޭނާއަށް ނޭނގެއެވެ.

ރަށުން މާލެ ބަދަލުވި ހިސާބުން ފެށިގެން ފިހާރަތަކައް ގޮސްއުޅޭއިރު ފާޑުފާޑުގެ މޭކަޕް ޕްރޮޑަކްޓްސްތައް ފެނުނީމަ ގަނެގެން އަމިއްލަ އަށް އެއެއްޗެހި ޔޫސް ކުރަމުން ގޮސް މޭކަޕް ކުރަން ދަސްވީ.
ވިކާ

އާއިލާ ކުދިންނާއި ރަހުމަތްތެރިންނަށް އޭނާ މޭކަޕް ކޮށްދެއެވެ. އޭރުވެސް އެމީހުންގެ ފަރާތުން ލިބެމުން ދިޔައީ އޭނާއަށް ޕޮޒިޓިވް ކޮމެންޓެވެ.

އަދި މި ދާއިރާއިން އޭނާއަށް ކުރިއަށް ދެވޭނެ ކަމަށް އާއިލާ އަދި ރަހުމަތްތެރިން ވެސް ދިޔައީ ބުނަމުންނެވެ. އޭރު އޭނާ އެކި ހަފްލާތަކަށް މޭކަޕްކޮށްދޭކަން އެނގެނީ މަދު ބަޔަކަށެވެ. ނަމަވެސް މިހާރު ވިކާ އަކީ ގިނަ ބަޔަކު ދަންނަ ކުޅަދާނަ މޭކަޕް އާޓިސްޓެކެވެ.

ވިކާޝާ ކޮށްފައިވާ މޭކަޕެއް

ވިކާ ޕްރޮފެޝަންއެއްގޮތައް މޭކަޕް ކުރަން ފެށީ ފޮޓޯނަގާ ރައްޓެއްސެއް، ބްރައިޑަލް ފޮޓޯޝޫޓް އަކަށް މޭކަޕް ކުރަން ބުނުމުންނެވެ. އެއީ އޭނާގެ ފުރަތަމަ ކްލައިންޓުވެސް މެއެވެ. މޭކަޕް ކުރަން އޭނާއަށް ބޮޑަށް ޝައުގުވެރިކަން އުފެދުނީ ވެސް އެހިސާބުންނެވެ. އޭގެ ކުރިންވެސް ރައްޓެހިންނާއި އާއިލާ މީހުންގެ އޭނާ ދިޔައީ މޭކަޕް ކޮށްދެމުންނެވެ.

ވިކާޝާ ކޮށްފައިވާ މޭކަޕެއް

ލަންކާއިން މޭކަޕް ކޯހެއް ހެދިނަމަވެސް އޭނާ މިކަން ބޮޑަށް ދަސްކުރީ ގިނަ އިން މޭކަޕް ކޮށްގެންނެވެ. އަދި މޭކަޕް ކުރާ ވީޑިއޯތައް ބަލައިގެންނެވެ.

މިދާއިރާގައި މަސައްކަތް ކުރާތާ 6 އަހަރު ވެފައިވާއިރު މިހާތަނަށް ވިކާއަށް ކުރެވުނު އެންމެ ހިތްހަމަޖެހޭ މޭކަޕަކީ ޝިފާ އިބްރާހިމްގެ ބްރައިޑަލް މޭކަޕެވެ. 1 ގަޑިއިރާއި 30 މިނެޓުން ކުރި އެ މޭކަޕްއަށް ވަރަށް ގިނަ މީހުންގެ ފަރާތުން ޕްޒިޓިވް ކޮމެންޓްސް ލިބުނު ކަމަށް ވިކާ ބުންޏެވެ.

ވިކާޝާ ކޮށްފައިވާ މޭކަޕެއް

ވިކާ ގަބޫލުކުރާގޮތުގައި މިހާތަނަށް އޭނާއަށް ލިބުނު އެންމެބޮޑު ކާމިޔާބީ އަކީ ކްލައިންޓްސްގެ ފަރާތުން ލިބޭ ޕްޒިޓިވް ފީޑްބެސްއަދި ކްލައިންސް ރިޕީޓްވުމެވެ.

ބައެއް ކްލައިންޓްސް 2 ފަހަރު ނޫނީ އެއައްވުރެ ގިނައިންވެސް އާދޭ. ޓްރަސްޓެޑް ކްލައިންޓްބޭސް އެއް އޮތުން އެއީ މިދާއިރާގަ ލިބޭ ވަރަށް ބޮޑު ކާމިޔާބީ އެއް އަސްލު އަޅުގަނޑު ދެކޭ ގޮތުގަ.
ވިކާ

އާމްދަނީ ހޯދުމަށް ކުރަން ރަނގަޅު މަސައްކަތެއް:

ވިކާ ބުނީ، އެކި މޭކަޕަށް ޓައިމް ނަގާނީ އެކި ވަރަށް ކަމަށާއި އެހެންވީމަ މިކަމަށް ހޭދަވާ ވަގުތާ ބަލާފަ ލިބޭ އާމުދަނީ ރަނގަޅު ކަމަށެވެ. ވަޒީފާއެއްގައި ވިކާ މި މަސައްކަތްކުރަމުންދާއިރު މޭކަޕް އެޕޮއިންޓްމަންޓްތައް ނަގަނީ ބްރޭކް ގަޑިއަށް ނޫނީ އޮފީސް ނެތް ވަގުތުތަކުގައި ކަމަށް ވިކާ ބުންޏެވެ.

މި މަސައްކަތުގައި އޭނާއަށް އެންމެ އެހީތެރިކަން ލިބެނީ އާއިލާ އަދި ބައެއް ރަހުމަތްތެރިންގެ ފަރާތުން ކަމަށް ވިކާ ބުނެއެވެ.

ވިކާޝާ ކޮށްފައިވާ މޭކަޕެއް

ވިކާ ބުނިގޮތުގައި އެންމެ ގިނައިން އެޕޮއިންޓްމެންޓްތައް ލިބޭ ރީތި ތާރީހުތަކުގަ އާއި ސްކޫލް ބަންދުގެ އިތުރުން ގްރެޖްއޭޝަންސް އޮންނަ ދުވަސްކޮޅު އަދި އެކި އޮފީސް ތަކުގެ އިވެންޓްތައް އޮންނަ ދުވަސްތަކުގައެވެ.

އެންމެ ގިނައިން ކުރެވެނީ ޕާޓީ މޭކަޕްސް ދެން ކޮލެބް ފޮޓޯޝޫޓް ތަކަށް ތަފާތު މޭކަފްސް ކުރެވިފަ ހުންނާނެ. ހުރިހާ ވައްތަރެއްގެ މޭކަޕްވެސް ކުރާ ހިތްވޭ، މީގެތެރެއިން ވެސް ބޮޑަށް ބްރައިޑަލް މޭކަޕްސް ކުރާހިތްވަނީ.
ވިކާ

ވިކާ އެންމެ ދެކެން ބޭނުންވަނީ އަމިއްލަ ސެލޫންއެއް ނުވަތަ ސްޓޫޑިއޯއެއް ހުޅުވާގެން މިމަސައްކަތް މިޔައްވުރެ ފުޅާކޮށް ކުރެވޭނެ ދުވަހަކަށެވެ.

ވިކާޝާ ކޮށްފައިވާ ބައެއް ބްރައިޑަލް މޭކަޕްތައް

މިދާއިރާއަށް ޝައުގުވެރިކަން ހުންނަ ކުދިންނަން ވިކާ ބުނެލަން ބޭނުންވަނީ "މިމަސައްކަތަކީ ވަރަށް ޓައިމްލީ މެނާއެއްގަ ޑެލިވާ ކުރަންޖެހޭ މަސައްކަތެއް، ޕާޓީތަކާ އިވެންޓްސް އަދި ތަފާތު ފަންކްޝަންތަކާ މޭކަޕް ރިލޭޓް ވާނެ. އެހެންވީމަ ވަރަށް ކޮމިޓްވެގެން ނޫނީ ނުކުރެވޭ ކަހަލަ ކަމެއް. ވަރަށް ޗެލެންޖިން ކަމެއް. އިންޓްރެސްޓް ހުރެފަ، ކޮމިޓްމަންޓް ދިނީމަ ވާނޭ."

މޭކަޕް ކުރުމުގެ އިތުރުން ވިކާ އަކީ ކޭކު އަޅާ އަދި ޑެކަރޭޓްކުރުމުގެ މަސައްކަތުގެ އިތުރުން ކުރެހުމަށްވެސް ޝައުގުވެރިކަން ހުންނަ މީހެކެވެ.

ވިކާޝާ ކޮށްފައިވާ މޭކަޕެއް

ވިކާގެ ޝުކުރު ލިސްޓެއް އެބައޮތެވެ. މިގޮތުން އޭނާގެ އާއިލާ އަދި ރައްޓެހިންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެތެރެއިން މި މަސައްކަތުގައި އޭނާއަށް އެހީތެރިވެދިން ރަހުމަތްތެރިއެއް ކަމަށްވާ ހަނާއަށް އޭނާ ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. ވިކާ ބުނިގޮތުގައި އިންސްޓަގްރާމް ޕޭޖް މޭނޭޖް ކުރުމުގައި ހަނާ ވަނީ ވަރަށް ބޮޑަށް އެހީތެރިވެފައެވެ.