މާލެއަށް އުފަން އުމުރުން 21 އަހަރުގެ އަލްހާން އިބްރާހިމް، ކުޑައިރުން ސުރެ ވެސް އަމިއްލަ އަށް މޭކަޕްކޮށްގެން ކޮޓަރީގައި ފޮޓޯނަގާ ހަދައެވެ. މިއީ އަލްހާން މޮޑެލް ކުރުމުގެ ދާއިރާއަށް ޝައުގުވެރިކަން އުފެދު ސަބަބު ވެސް މެއެވެ. މިކަން އިތުރަށް އޭނާ ކުރާ ހިތްވީ މޮޑެލްކުރަން ޝޫޓެއް ލިބުނު ފަހުންނެވެ.

އަލްހާން ރަސްމީކޮށް މޮޑެލްކުރަން ފެށީ 2020 ގައެވެ. އެއީ ޓޮޕް މޮޑަލް މޯލްޑިވަސް 2020ގައި ބައިވެރިގެން ރަނާއަޕް ލިބުން ފަހުންނެވެ. އެ މުބާރާތަށްފަހު އޭނާއަށް ވަރަށް ބައިވަރު ފުރުސަތަކާއި ޝޫޓު ކުރަން ލިބުނެވެ. އެގޮތުން އިންޓާކޮންޓިނެންޓަލް ޕޭޖެންޓް ގައި ބައިވެރިވުމުގެ ފުރުސަތު އޭނާއަށް ލިބުނެއެވެ. މިއީ އޭނާ މިހާތަނަށް ބައިވެރިވި ދެ މުބުރާތެވެ.

އަލްހާން އިބްރާހިމް

މިހާތަނަށް މޮޑަލިންގެ ދާއިރާއިން ލިބުނު އެންމެ ބޮޑު ކަމިޔާބީއަކީ އިންޓަނޭޝަނަލް ބްރޭންޑެއް ކަމަށްވާ އެޓެލިއޭ ޒުހްރާއާ މޮޑެލް ކުރުމުގެ ފުރުސަތު ކަމަށް އަލްހާން ބުނެއެވެ. އަލްހާން ބުނިގޮތުގައި އޭގެ ފޮޓޯތައް އިންޓަނޭޝަނަލް 2 މެގަޒިންއެއްގައި ފީޗާކޮށްފައި ވެއެވެ. އެއީ މެރީ ކްލޭ އަދި ފޯބްސް މެގަޒިންގައެވެ.

އަލްހާން އެޓެލިއޭ ޒުހްރާއަށް ނެގި ފޮޓޯ

އެންމެ ފުރަތަމަ މޮޑެލްކުރަން ފެށިއިރު އޭނާ މަސައްކަތް ކުރީ ފްރީކޮށެވެ. ނަމަވެސް ކުރިއަށްދާ ވަރަކަށް ޝޫޓްތަކުގައި ރޭޓްސް ބަދަލުކުރީ ކަމަށް އޭނާ ބުނެއެވެ. މިގޮތުން މިހާރު އަގު ބުނަނީ ޝޫޓަކަށް ހޭދަވާ ގަޑިއަށް ބަލާފައި ކަމަށް އޭނާ ބުނެއެވެ.

މޮޑެލް ކުރުމަކީ ރާއްޖެއާ ހިލާފަށް ބޭރު ގައުމެއްގައި އާންމަދަނީ ހޯދުމަށް ވަރަށް ރަނގަޅު މަސައްކަތެއް ނަމަވެސް ރާއްޖޭގައި މޮޑެލް ކުރުމަކީ ހަމައެކަނި އެކަން ކޮށްގެން އާމްދަނީއެއް ލިބޭނެ ކަމެއް ނޫން ކަމަށް އަލްހާން ބުންޏެވެ. އަދި އެއީ ވަޒީފާއަކަށް ދަމުން ހުސް ވަގުތުގައި ކުރަން ވަރަށް ރަނގަޅު ކަމެއްކަން އޭނާ ފާހަގަ ކުރިއެވެ. އަހްލާން ވަޒީފާ އަދާކުރަމުން ދަނީ ޝިފްޓް ޑިއުޓީ ކުރާ ގޮތަށެވެ. އެކަމުގެ ސަބަބުން ބައެއް ފަހަރު އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ކުރިއާލައި ހުރިހާ ކަމެއް ރާވާލުމުން ވަރަށް ފަސޭހަ ކަމަށް އޭނާ ބުނެއެވެ.

އަޅުގަނޑު އުޅޭ ޖޮބަކީ ޝިފްޓް ޑިއުޓީއަށް އަރަން ޖެހޭ ޖޮބްއެއް، އެގޮތުން ބައެއް ފަހަރު އުނދަގޫވޭ، އެކަމް ވަރަށް ފްލެކްސިބަލް ޖޮބްއެއް، ހުރިހާ ކޮލީގުންނަށް ވެސް އެނގޭނެ މޮޑެލް ކުރުމަކީ އަޅުގަނޑު ސައިޑް އިން ކުރާ ކަމެއް ކަން، އެހެންވެ ހެލްޕު ކޮށްދޭނެ ޑިއުޓީ ބަދަލުކުރަން ވެސް، ކުރީބައިގައި ހުރިހާ ކަމެއް ޕްލޭން ކޮށްލީމަ ވަރަށް ފަސޭހަ
އަހްލާން

މިހާތަނަށް އަލްހާން އެންމެ ހިތްހަމަ ޖެހޭ މަސައްކަތްކީ ލުވާޗީ އަށް ނެގި ޕޮޓޯތަކެވެ. އެއީ ވަރަށް ބައިވަރު މީހުންނަށް ކަމުދިތަ ޝޫޓެއް ކަމަށް އަލްހާން ބުންޏެވެ. އަދި މީހުންގެ ފަރާތުން އައި ކޮމެންޓުތައް ވެސް ވަރަށް 'ސަޅިކަން' އޭނާ ފަހަގަކުރިއެވެ.

އަލްހާން ލުވާޗީ އަށް ނެގި ޕޮޓޯ

މިދާއިރާގައި ހުރި ގޮންޖެހުންތައް ފާހަގަކުރަމުން އަލްހާން ބުނީ، ޝޫޓު ތަކަށް ބައެއް ފަހަރު ހޭދަވާ ވަގުތުގެ ސަބަބުން އުނދަގޫވާ ކަމަށެވެ. އަލްހާން ބުނިގޮތުގައި މީހުންގެ ނެގެޓިވް ކޮމެންޓުތަކުން ކުރިން އޭނާއަށް ވަރަށް އަސަރު ކުރިއެވެ. ނަމަވެސް މިހާރު ނެގެޓިވް ކޮމެންޓުން ވެސް އެކި ކަންތައް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރާ ކަމަށް އޭނާ ބުނެއެވެ.

ނެގެޓިވް ކޮމެންޓް ލިބުނު ނަމަވެސް އަލްހާނަށް ޕޮޒިޓިވް ކޮމެންޓް ލިބޭ ވަރު ވެސް މަދެއް ނޫނެވެ.

އަލްހާން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޕައިލެޓް ޓްރިނިން ކިޔާވާ ނިމޭނެ ދުވަހަކަށެވެ. އެއީ އޭނާގެ މަންމަ ވެސް އެކަމަށް ވަރަށް އުންމީދު ކުރާތީ ކަމަށް އޭނާ ބުނެއެވެ. މޮޑެލް ކުރުމުގެ ދާއިރާއިން އަލްހާން ބޭނުން ވަނީ އާ އުސްމިންތަކަކަށް ވާސިލްވާށެވެ. އެ ގޮތުން ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބި އެފަދަ މަސައްކަތެއް ކޮށްލުމުގެ ފުރުސަތު ލިބިއްޖެ ނަމަ އެއީ އެންމެ އުފާވާނެ ދުވަސް ކަމަށް އޭނާ ބުނެއެވެ.

ޕައިލެޓް ޓްރެއިނިންގައި

އަލްހާންގެ ޝުކުރު ލިސްޓެއް އެބައޮތެވެ. މިގޮތުން އޭނާގެ މަންމަ، ބައްޕަ، ދައްތަ، ކޮއްކޮމެނަށް އަދި ސްޕޯޓުކުރާ ހުރިހާ ރައްޓެހިން އަދި ފޮލޯވާރުންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން އަބަދުވެސް ސަޕޯޓިވްވެފައި ހާސްވާ ކަންތައްތަކުގައި ވެސް "ކޮންފިޑެންސް ބިލްޑު" ކޮށްދޭތީ ރަޔާންއަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

އަލްހާން އިބްރާހިމް

އަލްހާންގެ އިތުރު ހުނަރުތަކެއް

މެޑޮލް ކުރުމުގެ އިތުރުން ވެސް އަލްހާންގެ އެތައް ހުނަރެއް އެބުހުއްޓެވެ. ކޭކު އެޅުމާއި ގޭގައި އުއްބައްތި ހަދާފައި ވިއްކަން ވެސް ވިއްކައެވެ. މިމަސައްކަތަކީ ކޮވިޑްގެ ލޮކްޑައުންގެ ތެރޭގައި ފޫހިވެގެން ފެއްޓި މަސައްކަތެއް ކަމަށް ބުނެއެވެ. އަދި ވަރަށް ކުރާ ހިތުން ފެށި މަސައްކަތެއް ކަމަށާއި ކާމިޔާބު ކަމަށްވެސް ބުނެފައި ވެއެވެ.

އަލްހާން ހަދާފައި ހުރި ބައެއް ކޭކު
އަލްހާން ހަދާފައި ހުރި ބައެއް އުއްބައްތި

އެންމެ އެހީތެރިކަން ލިބެނީ މަންމަގެ ފަރާތުން

މޮޑެލްކުރަން ފަށަން އުޅުނު އިރު އެންމެންގެ ފަރާތުން ވެސް ވަރަށް ބޮޑު ސަޕޯޓެއް ލިބުނު ކަމަށާއި ހާއްސަކޮށް ރައްޓެހިން އަދި އާއިލާގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓެއް ލިބުން ކަން އޭނާ ފާހަގަކުރެއެވެ. އަދި މިދާއިރާއިން އޭނާއަށް އެންމެ އެހީތެރިކަން ލިބެނީ އޭނާގެ މަންމަ ފަރާތުން ކަމަށް އަލްހާން ބުނެފައި ވެއެވެ.

މަންމަ އަބަދުވެސް ކިޔާދޭނެ ކުރިއަށްދާންވި ގޮތް، ޝޫޓުތަކަށް ނޫނީ އިވެންޓުތަކަށް ދާން މަންމަ ހެދުން ވެސް ފަހާދޭނެ، ހުރިހާ ކަމަކަށް ވެސް އެންމެ އެހީތެރިވަނީ މަންމަ،
އަލްހާން

އަލްހާން އެންމެ އުފާވަނީ ޝޫޓްތައް ތަފާތު ވާހަކަ ބުނުމުން ނޫނީ ހެދުން އަޅާ ގޮތަށް ތައުރީފު ކުރުމުން ކަމަށް ބުނެއެވެ. އަދި އެންމެ ހިތްހަމަ ޖެހެނީ ލައިގެން އުޅެން ފަސޭހަ ހަށިގަނޑަށް އަރާމް އަދި އަމިއްލަ ނަފްސަށް ކޮންފިޑެންސް ގެނެސްދޭ ޒާތުގެ ހެދުން އެޅުމަށް ކަމަށްވެސް ބުނެފައި ވެއެވެ.

ރީތި ބައްޓަމެއްގައި ހަށިގަނޑު ބެހެއްޓުމަށް މީގެ ކުރިން އަލްހާން ޖިމްއަށް ދިޔަ ނަމަވެސް މިހާރު އަލްހާން މާބޮޑު މަސައްކަތެއް ނުކުރެވެ. ނަމަވެސް ރީތިކޮށް ހަށިގަނޑު ބެހެއްޓުމަށް ބޭނުންވާތީ، މިހާރު ދާން ރަނގަޅު ޖިމެއް ހޯދަމުން ދާ ކަމަށް އޭނާ ބުނެއެވެ.

މީގެ އިތުރުން އަލްހާންއަކީ އެއްވެސް އިރެއްގައި ޑައިޓު ފޮލޯ ކުރާ މީހެއް ނޫނެވެ.

ކާ ހިތްވާ ކަހަލަ އެއްޗެއްް ކައިގެން އަބަދުވެސް ހުންނަނީ، ސްޓްރިކްޓް ކޮށް އެކަމެއް ނުކުރަން
އަލްހާން

އަލްހާން އިބްރާހިމް

މިދާއިރާއަށް ޝައުގުވެރިކަން ހުންނަ މީހަކަށް ދޭން ބޭނުންވާ މެސެޖެއް އަލްހާންގެ އެބައޮތެވެ. އަލްހާން ބުނީ މޮޑެލިންއަކީ ވަރަށް ރަނގަޅު، ވަރަށް "އިންޓަރެންސްޓިން" ކަންތައް ދިމާވާ ކެރިއާއެއް ކަމަށެވެ. އަދި ކުރިއަށް ދާން ބޭނުންވާ ނަމަ، ކޮންމެ ކަމެއްގައި ވެސް އަބަދުވެސް އެކަމެއްގެ ރަނގަޅު ގޮތް ކުރިއާލާ ވިސްނައިގެން ކުރަން އަލްހާން ވަނީ އެދިފައެވެ. އަދި މީހުން އެއްޗެހި ކިއި ނަމަވެސް ކުރާ ހިތްވާ ކަމެއް ކުރަން އަލްހާން ވަނީ ބުނެފައެވެ.