ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރުމުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ފެބްރުއަރީ 2، 2023 ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 2.9 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ މިހާތަނަށް ޓީޖީއެސްޓީ އާއި ޖީއެސްޓީގެ ގޮތުގައި ވަނީ 1.6 ބިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖީއެސްޓީގެ ގޮތުގައި ލިބުނީ 298 މިލިއަން ރުފިޔާއެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި 781 މިލިއަން ރުފިޔާއެވެ. ޓީޖީއެސްޓީ އާއި ޖީއެސްޓީގެ އިތުރުން ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ބިޒްނަސް އެންޑް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އިންނެވެ. ބީޕީޓީން ދައުލަތަށް ލިބިފައި ވަނީ 1.3 ބިލިއަން ރުފިޔާއެވެ.

މިދިޔަ މަހު ޓެކްސް ނޫން އެހެން ގޮތްގޮތަށް ދައުލަތަށް 403 މިލިއަން ރުފިޔާ ލިބިފައި ވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި 650 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އެހެންކަމުން މިއީ ފާއިތުވެ ދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 60 ޕަސެންޓުގެ ދަށްވުމެކެވެ.

ކުރިން ޖީއެސްޓީގެ ގޮތުގައި ނަގަމުން އައި ހަ ޕަސެންޓް އަށް ޕަސެންޓަށް، އަދި ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް 16 ޕަސެންޓަށް ބޮޑުކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.