ބޮލީވުޑް ގެ ކާމިޔާބު ބަތަލާ ޕަރިނީތީ ޗޯޕްރާ 34، އަށް ބްރިޓިޝް ކައުންސިލުން ދޭ އައުޓް ސްޓޭންޑިން އެޗީވްމަންޓް އެވޯޑް ލިބިއްޖެއެވެ.

އިންޑިއާ، ޔޫކޭ އެޗީވާސްގެ ނަމުގައި ދެމުން އަންނަ މި އެވޯޑް ޕަރިނީތީ އަށް ލިބުނީ އާޓްސް އާއި މުނިފޫހިފިލުވުމުގެ ދާއިރާއިންނެވެ. މި އެވޯޑަކީ އިނގިރޭސިވިލާތުގައި ތަޢުލީމު ހާސިލްކުރުމަށް ފަހު އިންޑިއާ ރަމްޒުކޮށްދީ ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. އ

އެވޯޑު ލިބުމާއެކު ޕަރިނީތީ ބުނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ބިޒްނަސް ސްކޫލުން ތައުލީމް ހާސިލް ކުރި ދުވަސްވަރު މަތިން ވަރަށް ހަނދާންވާ ކަމަށާއި އަދި އެ ގައުމުން ކިޔަވައިގެން އަމިއްލަ ގައުމަށް އައިސް އަމިއްލަ ގައުމަށް ހިދުމަތް ކުރުމުން އިނގިރޭސިވިލާތުން ދޭ މި އެވޯޑު ލިބުމުން އުފާވާ ކަމަށެވެ. އަދި މިއީ އޭނާގެ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމަކާއި ހިތްވަރެއް ކަމަށާއި އިނގިރޭސިވިލާތުގެ ކައުންސިލަށް ފަށްފަށުން ޝުކުރު އަދާކުރާ ކަމަށެވެ.

ދެހާސް އެގާރަ ވަނަ އަހަރު ނުކުތް ފިލްމު "ލޭޑީސް ވާސަސް ރިކީ ބާލް" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ޕަރިނީތީ ވަނީ އެ ފިލްމުގައި އޭނާ ދެއްކި ހުނަރުގެ ސަބަބުން ހަމަ އެއަހަރު އެންމެ މޮޅު އާ އަންހެން ބަތަލާ ގެ އެވޯޑު ހާސިލްކޮށްފައެވެ. ޖުމްލަ 26 ފިލްމެއް ކުޅެ އާންމުންގެ ހިތް އަތުލާފައިވާ ޕަރިނީތީ އަކީ އަބަދުވެސް އެކި ވައްތަރުގެ ފިލްމު ކުޅެން އިސްކަންދޭ ބަތަލާ އެކެވެ.

ބަތަލާ މިހާރު މަސައްކަތް ކުރަމުން އަންނަނީ އަކްޝޭ ކުމާރު އާއެކު ފެނިގެންދާ ފިލްމު "ކެޕްސުލް ގިލް" އަދި އިމްތިއާޒް ޢަލީގެ ފިލްމު "ޗަމްކީލާ" ގައެވެ.