އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ޥާދަކުރައްވާ ނަޝީދު (ކ) އަދި ސޯލިހް
އަންނަ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރިމަރީގެ ވޯޓުލުން މިއަދު 9 ޖެހި އިރު ފަށައިފިއެވެ. މި ޕްރިމަރީގައި ވާދަ ކުރައްވަނީ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
މަހެއްހާ ދުވަހަށް ދެމިގެން ދިޔަ ވާދަވެރި ކެންޕެއިނަކަށް ފަހު، މިއަދު ވޯޓުލައި ކެންޑިޑޭޓަކު ހޮވާނެވެ.
ވޯޓުލުން މާލެއާއި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ދާއިރު، މި އިންތިހާބުގައި 57،255 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ. އަދި މާލެއާއި އަތޮޅުތައް ހިމެނޭހެން 214 މަރުކަޒެއްގައި 282 ވޯޓުފޮށި ބަހައްޓާފައިވެއެވެ. އެގޮތުން މާލޭގަައި 19 މަރުކަޒެއްގައި 87 ވޯޓު ފޮއްޓެއް ބަހައްޓާފައި ވާއިރު އަތޮޅު ތެރޭގައި 195 މަރުކަޒެއްގައި 195 ވޯޓު ފޮއްޓެއް ބައްޓާފައި ވެއެވެ.
އިތުރަށް ވިދާޅުވޭ...
28 January 2023, 22:53
ޢާއިޝަތު ޝާޒްލީން
https://thepress.mv/141468
28 January 2023, 21:21
ޢާއިޝަތު ޝާޒްލީން
ނަޝީދަށް 14492 އަދި ސޯލިހަށް 23229 ވޯޓް
ތިލަދުންމަތި އުތުރުބުރި: ނަޝީދު 861 / ސޯލިހަށް 1625
ތިލަދުންމަތި ދެކުނުބުރި: ނަޝީދު 682 / ސޯލިހަށް 1342
މިލަދުންމަޑުލު އުތުރުބުރި: ނަޝީދު 472 / ސޯލިހަށް 1893
މިލަދުންމަޑުލު ދެކުނުބުރި: ނަޝީދު 676 / ސޯލިހަށް 1352
މާޅޮސްމަޑުލު އުތުރުބުރި: ނަޝީދު 616 / ސޯލިހަށް 1023
މާޅޮސްމަޑުލު ދެކުނުބުރި: ނަޝީދު 682 / ސޯލިހަށް 885
ފާދިއްޕޮޅު: ނަޝީދު 332 / ސޯލިހަށް 1334
މާލެ އަތޮޅު: ނަޝީދު 429 / ސޯލިހަށް 741
އަރިއަތޮޅު އުތުރުބުރި: ނަޝީދު 582 / ސޯލިހަށް 769
އަރިއަތޮޅު ދެކުނުބުރި: ނަޝީދު 109 / ސޯލިހަށް 251
ފެލިދު އަތޮޅު: ނަޝީދު 200 / ސޯލިހަށް 284
މުލަކު އަތޮޅު: ނަޝީދު 95 / ސޯލިހަށް 393
ނިލަންދެއަތޮޅު އުތުރުބުރި: ނަޝީދު 262 / ސޯލިހަށް 537
ނިލަންދެއަތޮޅު ދެކުނުބުރި: ނަޝީދު 268 / ސޯލިހަށް 414
ކޮޅުމަޑުލު: ނަޝީދު 573 / ސޯލިހަށް 1049
ހައްދުން މަތި: ނަޝީދު 832 / ސޯލިހަށް 1508
ހުވަދު އަތޮޅު އުތުރުބުރި: ނަޝީދު 1209 / ސޯލިހަށް 1413
ހުވަދު އަތޮޅު ދެކުނުބުރި: ނަޝީދު 889 / ސޯލިހަށް 1419
ފުވައްމުލައް: ނަޝީދު 699 / ސޯލިހަށް 773
އައްޑޫ: ނަޝީދު 2536 / ސޯލިހަށް 2757
މާލެ: ނަޝީދު 1488 / ސޯލިހަށް 1488
28 January 2023, 21:19
ޢާއިޝަތު ޝާޒްލީން
28 January 2023, 20:57
ޢާއިޝަތު ޝާޒްލީން
ނަތީޖާ ޝީޓްތަކުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންނަށް ވުރެ ވޯޓު ލީ މީހުން ގިނަވާ މައްސަލަ!
28 January 2023, 20:22
ޢާއިޝަތު ޝާޒްލީން
ގިނަ ފޮށިތަކުން ކުރި ހޯއްދެވީ ނަޝީދު: ހަސަން ލަތީފް
28 January 2023, 20:20
ޢާއިޝަތު ޝާޒްލީން
ޏ. ފުވަމުއްލައް ވަގުތީ ނަތީޖާ: ނަޝީދު - 549 / ސޯލިހް - 611
ފުވައްމުލައް އުތުރު ދާއިރާ: ނާޝީދު - 138، ސޯލިހް - 141
ފުވައްމުލައް މެދު ދާއިރާ: ނާޝީދު - 217، ސޯލިހް - 269
ފުވައްމުލައް މާލެ 1: ނާޝީދު - 140، ސޯލިހް - 93
ފުވައްމުލައް މާލެ 2: ނާޝީދު - 54، ސޯލިހް - 108
28 January 2023, 20:15
ޢާއިޝަތު ޝާޒްލީން
މާލޭގެ ވަގުތީ ނަތީޖާ: ނަޝީދު - 930 / ސޯލިހް - 819
ހެންވޭރު އުތުރު ދާއިރާ: ނަޝީދު - 140، ސޯލިހް - 196
ހެންވޭރު ހުޅަނގު ދާއިރާ: ނަޝީދު - 115، ސޯލިހް - 78
ގަލޮޅު އުތުރު ދާއިރާ: ނަޝީދު - 141، ސޯލިހް - 103
މައްޗަންގޯޅި އުތުރު ދާއިރާ: ނަޝީދު - 124، ސޯލިހް - 112
މައްޗަންގޯޅި މެދު ދާއިރާ: ނަޝީދު - 126، ސޯލިހް - 98
މާފަންނު އުތުރު ދާއިރާ: ނަޝީދު - 110، ސޯލިހް - 53
މާފަންނު މެދު ދާއިރާ: ނަޝީދު - 174، ސޯލިހް - 179
28 January 2023, 20:11
ޢާއިޝަތު ޝާޒްލީން
ސ އަތޮޅުގެ ނަތީޖާ: ނަޝީދު - 1320 / ސޯލިހް - 1538
ސ. ފޭދޫ: ނަޝީދު - 328، ސޯލިހް - 269
ސ. ހިތަދޫ އުތުރު: ނަޝީދު - 295، ސޯލިހް - 267
ސ. މީދޫ: ނަޝީދު - 100، ސޯލިހް - 259
ސ. މަރަދޫ ފޭދޫ: ނަޝީދު - 86، ސޯލިހް - 154
ސ. އަތޮޅު މާލެ 2: ނަޝީދު - 122، ސޯލިހް - 166
ސ. އަތޮޅު މާލެ 3: ނަޝީދު - 155، ސޯލިހް - 191
ސ. އަތޮޅު މާލެ 4: ނަޝީދު - 234، ސޯލިހް - 232
28 January 2023, 20:07
ޢާއިޝަތު ޝާޒްލީން
އއ އަތޮޅުގެ ނަތީޖާ: ނަޝީދު - 582 / ސޯލިހް - 769
އއ. މަތުވެރި: ނަޝީދު - 33، ސޯލިހް - 42
އއ. މާޅޮސް: ނަޝީދު - 59، ސޯލިހް - 75
އއ. ފެރިދޫ: ނަޝީދު - 5، ސޯލިހް - 69
އއ. ހިމާންދޫ: ނަޝީދު - 19، ސޯލިހް - 57
އއ. ބޮޑުފޮޅުދޫ: ނަޝީދު - 0، ސޯލިހް - 27
އއ. އުކުޅަސް: ނަޝީދު - 95، ސޯލިހް - 144
އއ. ރަސްދޫ: ނަޝީދު - 133، ސޯލިހް - 91
އއ. ތޮއްޑޫ: ނަޝީދު - 129، ސޯލިހް - 149
އއ އަތޮޅު މާލެ: ނަޝީދު - 109، ސޯލިހް - 115
28 January 2023, 20:05
ޢާއިޝަތު ޝާޒްލީން
28 January 2023, 20:03
ޢާއިޝަތު ޝާޒްލީން
ކ އަތޮޅުގެ ވަގުތީ ނަތީޖާ: ނަޝީދު - 101 / ސޯލިހް - 104
ކ. ގާފަރު: ނަޝީދު - 51، ސޯލިހް - 84
ކ. ހުރާ: ނަޝީދު - 38، ސޯލިހް - 5
ކ. ގާފަރު: ނަޝީދު - 12، ސޯލިހް - 15
ކ. ގާފަރު: ނަޝީދު - 51، ސޯލިހް - 84
28 January 2023, 20:01
ޢާއިޝަތު ޝާޒްލީން
ޅ އަތޮޅުގެ ވަގުތީ ނަތީޖާ: ނަޝީދު - 73 / ސޯލިހް - 727
ޅ. ހިންނަވަރު: ނަޝީދު - 12، ސޯލިހް - 553
ޅ. އޮޅުވެލިފުށި: ނަޝީދު - 2، ސޯލިހް - 47
ޅ. އަތޮލޫ މާލެ 2: ނަޝީދު - 59، ސޯލިހް - 127
28 January 2023, 19:57
ޢާއިޝަތު ޝާޒްލީން
ބ އަތޮޅުގެ ވަގުތީ ނަތީޖާ: ނަޝީދު - 473 / ސޯލިހް - 643
ބ. ފެހެންދޫ: ނަޝީދު - 15، ސޯލިހް - 14
ބ. ގޮއިދޫ: ނަޝީދު - 35، ސޯލިހް - 81
ބ. ފުޅަދޫ: ނަޝީދު - 23، ސޯލިހް - 27
ބ. ތުޅާދޫ: ނަޝީދު - 151، ސޯލިހް - 78
ބ. ހިތާދޫ: ނަޝީދު - 32، ސޯލިހް - 37
ބ. އޭދަފުށި: ނަޝީދު - 56، ސޯލިހް - 115
ބ. މާޅޮސް: ނަޝީދު - 43، ސޯލިހް - 58
ބ. ކިހާދޫ: ނަޝީދު - 11، ސޯލިހް - 18
ބ. ކެންދޫ: ނަޝީދު - 3، ސޯލިހް - 61
ބ. ދޮންފަނު: ނަޝީދު - 9، ސޯލިހް - 22
ބ އަތޮޅު މާލެ 2: ނަޝީދު - 95، ސޯލިހް - 132
28 January 2023, 19:52
ޢާއިޝަތު ޝާޒްލީން
ރ އަތޮޅުގެ ވަގުތީ ނަތީޖާ: ނަޝީދު - 407 / ސޯލިހް - 693
ރ. އަލިފުށި: ނަޝީދު - 20، ސޯލިހް - 133
ރ. ވާދޫ: ނަޝީދު - 4، ސޯލިހް - 43
ރ. ހުޅުދުއްފާރު: ނަޝީދު - 53، ސޯލިހް - 39
ރ. ދުވާފަރު: ނަޝީދު - 147، ސޯލިހް - 164
ރ. އިންނަމާދޫ: ނަޝީދު - 15، ސޯލިހް - 13
ރ. ކިނޮޅަސް: ނަޝީދު - 0، ސޯލިހް - 3
ރ. ރަސްމާދޫ: ނަޝީދު - 5، ސޯލިހް - 56
ރ. އިންގުރައިދޫ: ނަޝީދު - 35، ސޯލިހް - 44
ރ. މަޑުއްވަރީ: ނަޝީދު - 96، ސޯލިހް - 140
ރ. މީދޫ: ނަޝީދު - 31، ސޯލިހް - 58
28 January 2023, 19:45
ޢާއިޝަތު ޝާޒްލީން
ނ އަތޮޅުގެ ވަގުތީ ނަތީޖާ: ނަޝީދު - 668 / ސޯލިހް - 1332
ނ. ކެނދިކުޅުދޫ: ނަޝީދު - 53، ސޯލިހް - 128
ނ. ހެނބަދޫ: ނަޝީދު - 14، ސޯލިހް - 82
ނ. މާޅެންދޫ: ނަޝީދު - 12، ސޯލިހް - 76
ނ. ކުޑަފަރި: ނަޝީދު - 39، ސޯލިހް - 22
ނ. މަނަދޫ: ނަޝީދު - 78، ސޯލިހް - 140
ނ. ލަންދޫ: ނަޝީދު - 33، ސޯލިހް - 101
ނ. މާފަރު: ނަޝީދު - 65، ސޯލިހް - 52
ނ. ޅޮހި: ނަޝީދު - 45، ސޯލިހް - 36
ނ. ވެލިދޫ: ނަޝީދު - 92، ސޯލިހް - 192
ނ. މަގޫދޫ: ނަޝީދު - 9، ސޯލިހް - 37
ނ. މިލަދޫ: ނަޝީދު - 21، ސޯލިހް - 136
ނ. ހޮޅުދޫ: ނަޝީދު - 31، ސޯލިހް - 70
ނ. އަތޮޅު މާލެ 1: ނަޝީދު - 73، ސޯލިހް - 129
ނ. އަތޮޅު މާލެ 2: ނަޝީދު - 103، ސޯލިހް - 131
28 January 2023, 19:38
ޢާއިޝަތު ޝާޒްލީން
ށ އަތޮޅުގެ ވަގުތީ ނަތީޖާ: ނަޝީދު 452 / ސޯލިހް - 1773
ށ. ކަނޑިތީމު: ނަޝީދު - 46، ސޯލިހް - 171
ށ. ގޮއިދޫ: ނަޝީދު - 1، ސޯލިހް - 36
ށ. ނޫމަރާ: ނަޝީދު - 6، ސޯލިހް - 45
ށ. ފޭދޫ: ނަޝީދު - 27، ސޯލިހް - 44
ށ. ބިލެއްފަހި: ނަޝީދު - 44، ސޯލިހް - 53
ށ. މިލަންދޫ: ނަޝީދު - 35، ސޯލިހް - 383
ށ. ކޮމަންޑޫ: ނަޝީދު - 44، ސޯލިހް - 120
ށ. ފޯކައިދޫ: ނަޝީދު - 42، ސޯލިހް - 230
ށ. މަރޮށި: ނަޝީދު - 17، ސޯލިހް - 35
ށ. ޅައިމަގު: ނަޝީދު - 6، ސޯލިހް - 87
ށ. ފުނަދޫ: ނަޝީދު - 20، ސޯލިހް - 139
ށ. މާއުނގޫދޫ: ނަޝީދު - 27، ސޯލިހް - 96
ށ. އަތޮޅު މާލެ 1: ނަޝީދު - 69، ސޯލިހް - 123
ށ. އަތޮޅު މާލެ 2: ނަޝީދު - 68، ސޯލިހް - 211
28 January 2023, 19:32
ޢާއިޝަތު ޝާޒްލީން
ހއ އަތޮޅުގެ ވަގުތީ ނަތީޖާ: ނަޝީދު491 / ސޯލިހް - 853
ހއ. އުތީމު: ނަޝީދު - 10، ސޯލިހް - 55
ހއ. ބާރަށް: ނަޝީދު - 35، ސޯލިހް - 30
ހއ. މުރައިދޫ: ނަޝީދު - 18، ސޯލިހް - 59
ހއ. މޮޅަދޫ: ނަޝީދު - 6، ސޯލިހް - 80
ހއ. ދިއްދޫ: ނަޝީދު - 219، ސޯލިހް - 240
ހއ. ކެލާ: ނަޝީދު - 32، ސޯލިހް - 90
ހއ. ފިއްލަދޫ: ނަޝީދު - 21، ސޯލިހް - 49
ހއ. މާލެ 2: ނަޝީދު - 145، ސޯލިހް - 195
28 January 2023, 19:11
ޢާއިޝަތު ޝާޒްލީން
ހދ އަތޮޅުގެ ވަގުތީ ނަތީޖާ: ނަޝީދު - 241 / ސޯލިހް - 411
ހދ. ފިނޭ: ނަޝީދު - 9، ސޯލިހް - 28
ހދ. ހިރިމަރަދޫ: ނަޝީދު - 3، ސޯލިހް - 29
ހދ. ނައިވާދޫ: ނަޝީދު - 3، ސޯލިހް - 32
ހދ. ނޮޅިވަރަމް: ނަޝީދު - 45، ސޯލިހް - 108
ހދ. ނޮޅިވަރަމްފަރު: ނަޝީދު - 0، ސޯލިހް - 40
ހދ. ވައިކަރަދޫ: ނަޝީދު - 31، ސޯލިހް - 72
28 January 2023, 18:58
ޢާއިޝަތު ޝާޒްލީން
ދ އަތޮޅުގެ ވަގުތީ ނަތީޖާ: ނަޝީދު - 228 / ސޯލިހް - 353
ދ. ބަނޑިދޫ: ނަޝީދު - 21، ސޯލިހް - 4
ދ. ރިނބުދޫ: ނަޝީދު - 12 ، ސޯލިހް - 36
ދ. މީދޫ: ނަޝީދު- 36، ސޯލިހް - 61
ދ. ހުޅުދެލި - ނަޝީދު - 24، ސޯލިހް - 43
ދ. ކުޑަހުވަދޫ: ނަޝީދު - 135، ސޯލިހް - 209
28 January 2023, 18:57
ޢާއިޝަތު ޝާޒްލީން
28 January 2023, 18:55
ޢާއިޝަތު ޝާޒްލީން
ފ އަތޮޅުގެ ވަގުތީ ނަތީޖާ: ނަޝީދު - 128 / ސޯލިހް - 388
ފ. ބިލެއްދޫ: ނަޝީދު - 47، ސޯލިހް - 83
ފ. ފީއަލި: ނަޝީދު - 28، ސޯލިހް - 101
ފ. މަގޫދޫ: ނަޝީދު - 18، ސޯލިހް - 93
ފ. ނިލަންދޫ: ނަޝީދު - 20، ސޯލިހް - 70
ފ. ދަރަނބޫދޫ: ނަޝީދު - 15، ސޯލިހް - 41
28 January 2023, 18:53
ޢާއިޝަތު ޝާޒްލީން
ނ އަތޮޅުގެ ވަގުތީ ނަތީޖާ: ނަޝީދު - 91 / ސޯލިހް - 210
ނ. ކެނދިކުޅުދޫ: ނަޝީދު - 26، ސޯލިހް - 158
ނ. މަނަދޫ: ނަޝީދު - 65، ސޯލިހް - 52
28 January 2023, 18:50
ޢާއިޝަތު ޝާޒްލީން
ވ އަތޮޅުގެ ވަގުތީ ނަތީޖާ: ނަޝީދު - 45 / ސޯލިހް - 64
ވ. ފެލިދޫ: ނަޝީދު - 15، ސޯލިހް - 11
ވ. ކެޔޮދޫ: ނަޝީދު - 30، ސޯލިހް - 53
ވ. އަތޮޅު މާލެ:
28 January 2023, 18:34
ޢާއިޝަތު ޝާޒްލީން
ރ އަތޮޅުގެ ވަގުތީ ނަތީޖާ: ނަޝީދު - 225 / ސޯލިހް - 485
ރ. އަލިފުށި: ނަޝީދު - 24، ސޯލިހް - 176
ރ. އުނގޫފާރު: ނަޝީދު - 53، ސޯލިހް - 39
ރ. އިނގުރައިދޫ: ނަޝީދު - 21، ސޯލިހް - 72
ރ. މަޑުއްވަރީ: ނަޝިދު - 127، ސޯލިހް - 198
28 January 2023, 18:33
ޢާއިޝަތު ޝާޒްލީން
ތ އަތޮޅުގެ ވަގުތީ ނަތީޖާ: ނަޝީދު - 231 / ސޯލިހް - 411
ތ. ތިމަރަފުށި: ނަޝީދު - 38، ސޯލިހް - 76
ތ. ކިނބިދޫ: ނަޝީދު - 19، ސޯލިހް - 123
ތ. ކަނޑޫދޫ: ނަޝީދު - 15، ސޯލިހް - 38
ތ. އޮމަދޫ: ނަޝީދު - 4، ސޯލިހް - 20
ތ. ވަންދޫ: ނަޝީދު - 0، ސޯލިހް - 65
ތ. ގުރައިދޫ: ނަޝީދު - 56، ސޯލިހް - 56
28 January 2023, 18:31
ޢާއިޝަތު ޝާޒްލީން
އއ އަތޮޅުގެ ނަތީޖާ: ނަޝީދު - 582 / ސޯލިހް - 769
އއ. މަތުވެރި: ނަޝީދު - 116، ސޯލިހް - 270
އއ. ތޮއްޑޫ: ނަޝީދު - 357، ސޯލިހް - 384
އއ އަތޮޅު މާލެ: ނަޝީދު - 109، ސޯލިހް - 115
28 January 2023, 18:30
ޢާއިޝަތު ޝާޒްލީން
ބ އަތޮޅުގެ ވަގުތީ ނަތީޖާ: ނަޝީދު - 322 / ސޯލިހް - 565
ބ. އޭދަފުށި: ނަޝީދު - 131، ސޯލިހް - 210
ބ. ތުޅާދޫ: ނަޝީދު - 73، ސޯލިހް - 122
ބ. ކެންދޫ: ނަޝީދު - 23، ސޯލިހް - 101
ބ އަތޮޅު މާލެ 1:
ބ އަތޮޅު މާލެ 2: ނަޝީދު - 95، ސޯލިހް - 132
28 January 2023, 18:02
ޢާއިޝަތު ޝާޒްލީން
ހއ އަދި ހދ ގެ ވަގުތީ ނަތީޖާ
ހއ. ބާރަށް: ނަޝީދު - 63، ސޯލިހް - 144
ހއ. އިހަވަންދޫ: ނަޝީދު - 6، ސޯލިހް - 80
ހއ. ހޯރަފުށި: ނަޝީދު - 5، ސޯލިހް - 55
ހއ. ކެލާ: ނަޝީދު - 53، ސޯލިހް - 139
ހއ. މާލެ 1: ނަޝީދު - 145، ސޯލިހް - 195
ހދ. ހަނިމާދޫ: ނަޝީދު - 15، ސޯލިހް - 89
ހދ. ނޮޅިވަރަމް: ނަޝީދު - 45، ސޯލިހް - 148
ހދ. ވައިކަރަދޫ: ނަޝީދު - 31، ސޯލިހް - 72
28 January 2023, 17:49
ޢާއިޝަތު ޝާޒްލީން
ށ. ނަރުދޫ އާއި ނ. މަނަދޫ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވައިފި
ނަރުދޫގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ރައީސް ސޯލިހަށް 48 ވޯޓު ލިބިވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ.
މަނަދޫގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 140 ވޯޓެވެ. އަދި ނަޝީދަށް ލިބިވަޑައިގެންނެވީ 78 ވޯޓެވެ. ބާތިލް ވޯޓުގެ އަދަދަކީ 5 އެވެ.
28 January 2023, 17:42
އިބޫ 67 ޕަސެންޓުން އިންތިހާބު ކާމިޔާބު ކޮށްފި ކަމަށް ޓީމުން ބުނެފި
އެގްޒިޓް ޕޯލް އިން ދައްކާ ގޮތުން، ރައީސް އިބޫ 67 ޕަސެންޓުން މި އިންތިހާބު ކާމިޔާބު ކޮށްފި ކަމަށް އިބޫ ކޭމްޕުން ބުނެފިއެވެ.
28 January 2023, 17:11
ޢާއިޝަތު ޝާޒްލީން
ވޯޓު ފޮށިތައް ބަންދު ކުރަން ފަށައިފި
މިހާރު ކުރިއަށް ދާ އެމްޑީޕީ ޕްރައިމަރީ އިންތިހާބުގެ ވޯޓުލާ ވަގުތު ހަމަވުމުން ވޯޓު ފޮށިތައް ބަނދު ކުރަން ފަށައިފިއެވެ. އަދި ބައެއް ވޯޓުތައް ފޮށިތައް ގުނުމަށް ތައްޔާރު ވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
ވޯޓުލުން ކުރިއަށް ގެންދަން ހަމަޖައްސާފައި އޮތީ މިއަދު ހެނދުނު ނުވައަކުން ހަވީރު ފަހެއް ޖެހުމާ ހަމައަށެވެ. ނަމަވެސް ބައެއް މަރުކަޒުތަކުގައި މިއަދު ލަހުން ވޯޓުލާން ފަށާފައި ވާތީ އެ ތަންތަނުގައި ވަގުތު ވަނީ އިތުރު ކޮށްފައެވެ. އޭގެ ތެރޭގައި މާލޭގެ ބައެއް ފޮށިތައް ހިމެނޭ ކަމަށް އެމްޑީޕީން ބުނެއެވެ.
28 January 2023, 17:11
64.7 ޕަސެންޓުން ނަޝީދު އިންތިހާބު ކާމިޔާބުކޮށްފި ކަމަށް ހަސަން ލަތީފު ވިދާޅުވެއްޖެ
އެގްޒިޓް ޕޯލް ތަކުން ދައްކާގޮތުގައި ރައީސް މުހައްމަދު ނަޝީދު 64.7 ޕަސެންޓާ އެކު އޮތީ ކުރީގައި ކަމަށާއި اމި އިންތިހާބު ކާމިޔާބު ކުރައްވައިފި ކަމަށް އެމަނިކުފާނުގެ މަންދޫބު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
28 January 2023, 16:30
ޢާއިޝަތު ޝާޒްލީން
ހައްޔަރު ކުރި އޮބްޒާވަރުން ދޫކޮށްލަން ނަޝީދު ގޮވާލައްވައިފި
28 January 2023, 16:26
ޢާއިޝަތު ޝާޒްލީން
"އިންތިހާބު ކުރިއަށް ގެންދަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން، ގެއްލުން ދޭ މެންބަރުންނަށް ފިޔަވަޅު އަޅާނަން"
އެމްޑީޕީ: މިއަދު ކުރިއަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅާ އެކި ވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެންބަރުންނަށް އިލްތިމާސް ކުރަން. މިފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެންބަރުންނާ މެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން. އަދި އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އެންމެހާ މެންބަރުންނަށް އަރުވަން.
28 January 2023, 16:07
ޢާއިޝަތު ޝާޒްލީން
ތ މަޑިފުށީ ވޯޓު ފޮށި ފަޅާލައި ދަގަނޑު ފޮއްޓެއް ބަހައްޓައިފި
ތ. މަޑިފުށީގައި ވޯޓް ފޮށި ފަޅާލާފައި ވަނީ ވޯޓާސް ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލީ ކަމަށް ބުނެއެވެ. އެހެންކަމުން މިހާރު ވޓު ލުން ކުރިއަސް ގެންދަނީ ދަގަނޑު ފޮއްޓެއް ބަހައްޓައިގެންނެވެ.
28 January 2023, 16:05
ޢާއިޝަތު ޝާޒްލީން
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު: 2008 ން ފެށިގެން، މިހާތަނަށް ބޭއްވުނު ހުރިހާ އިންތިހާބެއްގައި ވެސް ދިވެހިން ދައްކަމުން އަންނަ ސުލޫކު އެގޮތަށް ދަމަހައްޓައި، އެމީހަކު އިހްތިޔާރު ކުރާ ކެންޑިޑޭޓަކަށް ވޯޓު ދިނުމުގެ ފުރުސަތު ފަހިކޮށް އޮތުމަކީ ނުހަނު ބޭނުންތެރި ކަމެއް.
28 January 2023, 15:45
ޢާއިޝަތު ޝާޒްލީން
އިމްތިޔާޒް ފަހުމީ: ކާށިދޫ ދާއިރާގެ މާލޭގައި ހުންނަ ވޯޓް ފޮށީގެ ވޯޓް ކަރުދާސް ހުސްވި ފަހުން 2 ގަޑިއިރު ފާއިތުވީ އިރު ވެސް ވޯޓް ކަރުދާސް ލިބިފައި ނުވޭ. ވޯޓްލުމަށް ގޮސް ތިބި މީހުންނަށް ވޯޓްލެވޭ ގޮތް ނުވި. މިކަން ހައްލުނުކުރެވި އެވަނީ ކީއްވެ؟
28 January 2023, 15:37
ޢާއިޝަތު ޝާޒްލީން
ގދ. ތިނަދޫގައި ހަމަނުޖެހުން ހިންގައި ވޯޓު ފޮށީ ފަޅާލައިފި
މިހާރު ކުރިއަށް ދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބުގައި، ތިނަދޫ ދެކުނު ދާއިރާގައި ވޯޓްލާ މަރުކަޒުގައި، ވޯޓްލި ބަޔަކު ވޯޓް ކަރުދާހުގެ ފޮޓޯ ނެގި ކަމަށް ބުނެ ވަނީ ހަމަނުޖެހުން ހިންގާފައެވެ. އެގޮތުން އެ ރަށު އަބޫބަކުރު ސުކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް ވަނީ ހިނގި ހަމަނުޖެހުމުގެ ތެރޭގައި ފަޅާލާފައެވެ. އެ ވަގުތާ ހަމައަށް އެ ފޮއްޓަސް ވޯޓް ލާފައިވާ މީހުންގެ ވޯޓް ކަރުދާސްތައް ބިންމައްޗަށް އެޅިފައި ވާ އިރު އެއްބަޔަކު ބުނަމުން އަންނަނީ ވޯތް ވަނީ ގަޑުބަޑުވެފައި ކަމަށެވެ.
ތިނަދޫގައި ހިނގި މި ހަމަނުޖެހުމުގައި މީހަކު ހައްޔަރު ކޮށްފައިވާ އިރު އެއީ ވެސް ރައީސް ނަޝީދުގެ މަންދޫބެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އިވާ އަބްދުﷲ ވިދާޅުވިއެވެ.
28 January 2023, 15:31
ޢާއިޝަތު ޝާޒްލީން
ރަތަފަންދޫގައި ތިބި ދެ އޮބްޒާވަރުން ހައްޔަރު ކޮށްފި
ރައްޔިތުން މަޖިލޫގެ ނައިބު ރައީސް އިވާ އަބްދޫ ވިދާޅުވީ، ގދ. ރަތަފަންދޫ ވޯޓުލާ މަރުކަޒުގައި ތިބި ރައީސް ނަޝީދުގެ ދެ އޮބްޒާވަރަުން ހައްޔަރުކޮސްފައިވާ ކަަމަށެވެ. އެ މަރުކަޒުގައި ހުރި ވޯޓު ފޮށީގައި ހުރި ވޯޓް ކަރުދާސްތައް ބިންމަތިން ހޮވައިން އަލުން ފޮއްޓަށް އަޅާފައިވާ ކަމަށާއި އެ ވަރު ވީމަ ވެސް ނުބެލޭ ކަމަށް އީވަ ވިދާޅުވިއެވެ.
ހައްޔަރު ކޮށްފައިވަނީ އަމްސަލް އަބްދުﷲ އާއި އީމާން އަހްމަދު ކިޔާ ދެމީހުންނެވެ.
28 January 2023, 14:18
ޢާއިޝަތު ޝާޒްލީން
މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮށީގެ މައްސަލަ ހައްލު ކޮށްފި
މިހާރު ކުރިއަށްދާ އެމްޑީޕީ ޕްރައިމަރީ އިންތިހާބުގައި ހިރިއްޔާ ސްކޫލްގައި ބަހައްޓާފައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮށި - ޓީ-12 ވޯޓު ފޮއްޓަށް ލިސްޓުގައި ނަން ނެތް މީހަކު ވޯޓު ލީ މައްސަލަ ހައްލުކޮށްފިއެވެ. އެ މައްސަލަަ ހައްލު ކުރީ ދެ ފަރާތުން ވާހަކަ ދެއްކުމަށް ފަހުއެވެ. މިހާރު އެ ފޮށީގެ ވޯޓު ލުން ކުރިއަށް ދެއެވެ.
28 January 2023, 14:14
ޢާއިޝަތު ޝާޒްލީން
މަސްލަހަތު ނަގާލަން ހިންގާ އެއްވެސް ކަމެއްގައި ބައިވެރި ނުވާތި: އިބޫ ކެމްޕެއިން ޓީމް
އިބޫ ކެމްޕެއިން ޓީމް: ހުރިހާ ބޭފުޅުން ވެސް ކެތްތެރިކަމާއި ސުލްހަވެރިކަމާ އެކީ ވޯޓު ލާ ނިންމާލަ ދެއްވާ. އިރާދަކުރެއްވިއްޔާ ސާފު ވޯޓަކުން މޮޅުވާނެ، ވާދަވެރިން ވޯޓު ފޮށިތައް ގަޑުބަޑުކޮށް މަސްލަހަތު ނަގާލަން އެ ހިންގާ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށް މި ކެމްޕެއިން ގެ ފަރާތުން އެދެން.
28 January 2023, 13:52
ޢާއިޝަތު ޝާޒްލީން
މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮށީގެ މައްސަލައެއް!
މިހާރު ކުރިއަށްދާ އެމްޑީޕީ ޕްރައިމަރީ އިންތިހާބުގައި ހިރިއްޔާ ސްކޫލްގައި ބަހައްޓާފައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮށި - ޓީ-12 ވޯޓު ފޮށީގެ މައްސަލައެއް ހޫނު ވެއްޖެއެވެ. މި ވޯޓު ފޮއްޓަށް ވެސް ވަނީ ލިސްޓުގައި ނަންނަ ނެތް މީހަކު ވޯޓު ލީ މައްސަލަ ޖެހިފައެވެ. އެ މައްސަލައާ ގުޅިގެން މިހާރު އެ ފޮއްޓަށް ވޯޓުލުން ވަނީ މެދުކަނޑާލާފައެވެ.
މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮށި - ޓީ-12 އަށް ވޯޓު ލެވޭ އަދަދަކީ 405 މީހުންނެވެ. އެ ވޯޓު ފޮށި ބަންދު ކުރި އިރު ވޯޓު ލާފައި ވަނީ 151 މީހުންނެވެ.
28 January 2023, 13:42
ޢާއިޝަތު ޝާޒްލީން
ގއ. ވިލިނގިލި ވޯޓު ފޮށީގެ ވޯޓުލުން ކުރިއަށް
ގއ. ވިލިނގިލީ ވޯޓު ފޮއްޓަށް ލިސްޓުގައި ނަން ނެތް މީހަކު ވޯޓު ލީ މައްސަލަ ހޫނު ވެ ވޯޓު ލުން ވަނީ މީގެ ކުރިން މެދު ކަނޑާލައިފައެވެ. އެ މައްސަލަަ މިހާރު ވަނީ ހައްލުކޮށްފައެވެ. އަދި އެ ފޮށީގެ ވޯޓުން މިހާރު ކުރިއަށް ދެއެވެ.
28 January 2023, 13:13
ޢާއިޝަތު ޝާޒްލީން
ގދ. ގައްދޫގައި ހަމަނުޖެހުން ހިންގައި ވޯޓު ލުން ހުއްޓުވައިފި
ގދ. ގައްދޫގައި ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގައި ވޯޓް ކަރުދާސްތައް ވިދާލައިފިއެވެ. ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގަމުންދާ ތީ ވޯޓު ލުން ވަނީ ހުއްޓާލާފައެވެ. އެ މަރުކަޒުގައި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.
28 January 2023, 12:34
ޢާއިޝަތު ޝާޒްލީން
ގދ. ހޯޑެއްދޫ ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓް ފޮއްޓަށް ދަފްތަރުގައި ނެތް މީހަކު ވޯޓު ލީ މައްސަލައިގައި ވޯޓު ލުން މެދު ކަނޑާލައިފިއެވެ. އެ ސަރަހައްދުގައި ތިބި މީހުން އަންނަނީ ހުރިހާ ވޯތެއް ނެގުމަށް ފަހު އަލުން ވޯޓު ލުމަށް ޑިމާންޑް ކުރަމުންނެވެ.
އެ ސަރަހއްދުގައި 30 ވަރަކަށް މީހުން ހިތްހަމަނުޖެހިގެން އަޑު އުފުލަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
28 January 2023, 12:28
ޢާއިޝަތު ޝާޒްލީން
ޝަކުވާ ހުށަހެޅުމަށް 7455545 އަށް ގުޅާ: އެމްޑީޕީ
މިހާރު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީ އިންތިހާބުގެ ޝަކުވާ ހުށަހަޅަން ބޭނުންވާ ނަމަ ހޮޓްލައިން ނަންބަރު 7455545 އަށް ގުޅައިގެން ޝަކުވާތައް ހުށަހަޅަމުން ދިއުމަށް އެމްޑީޕީން ބުނެފިއެވެ.
28 January 2023, 12:27
ޢާއިޝަތު ޝާޒްލީން
28 January 2023, 12:04
ޢާއިޝަތު ޝާޒްލީން
ލިސްޓްގައި ނެތް މީހަކު ވޯޓުލީ ކަމަށް ބުނެ ތާޖުއްދީން ސްކޫލްގައި ތިބި މީހުން ޝަކުވާ ކުރަން ފަށައިފިއެވެ. އެ ތަނުގައި އިންތިހާބުގެ ކޮމިޓީގެ ބޭފުޅުން ތިއްބެވި އިރު އެ މައްސަލައިގައި އަދި ވަކި ގޮތެއް ނިންމި ކަން އެނގިފައެއް ނުވެއެވެ. މިއީ ގއ. ވިލިނގިލީ ފޮއްޓަކަށް ލިސްތްގައި ނެތް ކަމަށް ބުނި މީހަކު ވޯޓު ލީ މައްސަލައެވެ.
28 January 2023, 11:57
ޢާއިޝަތު ޝާޒްލީން
ވިލިނގިލީ ފޮއްޓަށް ލިސްޓުގައި ނެތް މީހަކު ވޯޓުލީ މައްސަލައެއް!
މިހާރު ކުރިއަށް ދާ އެމްޑީޕީ ޕަރައިމަރީ ވޯޓު ލުމުގެ ތެރެއިން ގއ. ވިލިނގިލި ފޮއްޓަށް ލިސްޓުގައި ނަން ނެތް މީހަކު ވޯޓު ލީ މައްސަަލައެއް ހޫނު ވެއްޖެއެވެ. ވޯޓުލީ ނިއުޝާމް ޝިހާބް ނަމަކަށް ކިޔާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.
މި ވާހަކަ ހިއްސާ ކުރަމުން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އއީވާ އަބްދުﷲ ވިދާޅުވީ، ލިސްޓްގައި ނަން ނެތް ކަމަށް ބުނާ މީހަކު ވޯޓު ލައިފިި ކަމަށެވެ. އަދި ޖަރީމާތައް ހުއްޓުވުމަށް އިވާ ގޮވާލެއްވިއެވެ.
28 January 2023, 11:45
ޢާއިޝަތު ނުހާ
ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލީ މައްސަލަ ހޫނުވެ، ހޯޑެއްދޫގައި ވޯޓުލުން ހުއްޓާލައިފި
ގދ. ހޯޑެއްދޫގައި ވޯޓުލުން ކުރިއަށް ގެންދިއުން ހުއްޓާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ. ފިރުޝާން ވަނީ ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލީ މައްސަލަ ނުބަލަނިސް ވޯޓުލުން ކުރިއަށް ގެންދިއުމަށް އެއްބާރުލުން ނެލިބޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ހޯޑެއްދޫގައި ވޯޓުލާފައިވަނީ މާލޭގައި އުޅޭ ދަރިފުޅުގެ ނަމުގައި ވޯޓާސް ލިސްޓުގައި ނަން ނެތް މަންމަ ކަމަށް ފިރުޝާން ވިދާޅުވިއެވެ.