މިއޮއްފަދަ ތަހުޒީބު ޒަމާނުގައި އާދަޔާ ހިލާފު "މިނިވަންކަމެއް" އިއުލާން ކުރާ އިންޑިއާގެ އަވަށެއް ފެނިއްޖެއެވެ.
އިންޑިއާގެ މަހާރާސްތްރަ ސްޓޭޓްގެ ވަޑޭގާއޯންގައި އޮންނަ ސަންގްލީ އަވަށުގެ އެންމެން ކޮންމެ ދުވަހަކު ފޯނާއި ޓީވީތައް ނިއްވާލައެވެ. ކޮންމެ ދުވަހެއްގެ އިރުއޮއްސި 7 ޖަހާ އިރު އެ އަވަށަށް އިވިގެން ދާ ބާރު ސައިރަންގެ އަޑާއެކު އެންމެން ފޯނުތަކާއި ޓީވީތައް ނިއްވާލައެވެ. ދެން ފޯންތަކާއި ޓީވީތައް ހުޅުވަނީ ކޮންމެ ރެއެއްގެ 8:30 ގައި އެ ވިލެޖްގެ ކައުންސިލުން އަލުން ސައިރަން އެޅުމުންނެވެ.
އެ ވިލެޖް ކައުންސިލްގެ މެންބަރު ވިޖޭ މޯހިތޭ ބުނީ، ކޮންމެ ދުވަހަކު ފޯނާއި ޓީވީ ނިއްވާލާ ވަގުތެއް ކަނޑައަޅަން ނިންމީ، އެތަކެއްޗާ ނުލައި އެކަކު އަނެކަކާ ބައްދަލުވެ ވާހަކަ ދައްކާލައި ހީސަމާސާ ކޮށްލާ ހަދަން ވަގުތު ހުސްކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަން ނިންމީ މިދިޔަ އަަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ކަމަށާއި އެއީ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ނިންމި ނިންމުމެއް ކަމަށެވެ. އެ ދުވަހަށް ފަހު އެ އަވަށުގެ އެންމެންވެސް އެ އުސޫލު ބަލައިގަނެ މިއަދުވެސް އެ އުސޫލަށް އަމަލު ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
3000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ މި ވިލެޖަކީ މުޅިން ދަނޑުވެރިން އުޅޭ އާއިލާއެކެވެ. ހަކުރު އުފެއްދުމަށް ހާއްސާ މި އަވަށުގެ އެތަން މިތާނގައި ހަކުރު ގުދަންކޮށްފައި ހުންނަ ކޮށާރުތައް ފެނެއެވެ.
މޯހިތޭ އިތުރަށް ބުނީ، ކޮވިޑާއެކު ލޮކްޑައުން ކުރި ދުވަސް ވަރު، ކުދިވެރިންގެ ކިޔެވުމަށް އޮންލައިން ކްލާސްތަކާއި ޓީވީތައް ބޭނުން ކުރަން ޖެހެމުން ގިނަ ބަޔަކު އެކަމަށް ދެވި ހިފިކަމަށެވެ. ނަމަވެސް ކޮވިޑަށް ފަހު ސްކޫލް މަދަރުސާތަކާއި ކޮލެޖްތައް ހުޅުވި ދަރިން ސްކޫލް މަދަރުސާތަކަށް ދާން ފެށުމުންނާއި ކޮންމެ ދުވަހަކު ފޯނާއި ޓީވީ ނިއްވާލައި ގަޑިއެއް ހެދުމުން އެ އާދަ ނެތި ހިނގައްޖެ ކަމަށެވެ.
މޯހިތޭ އިތުރަށް ބުނީ، އެ ހުސްވަގުތު ކަނޑައެލުމުގައި ފުރަތަމަކޮޅު ލައްކަ އުނދަގޫތަކާ ދިމާވި ކަމަށެވެ. އެންމެ ބޮޑު ގޮންޖެހުމަކަށް ވީ، އެ ގަޑިއަކީ ގޭގޭގައި އަންހެންވެރިން އެކި އެކި ޑްރާމާތައް ބަލާ ގަޑި ތަކުގެ ތެރެއިން ގަޑިއެއް ކަމުން އަންހެންވެރިން އެއްބަސް ކުރުވުމުގައެވެ. ނަމަވެސް ވިލެކް ކައުންސިލްގެ ނިންމުމަކީ ހުރިހާ ގެއަކުން ވެސް ޓީވީ އާއި ފޯން ނިއްވާލުން ކަމަށް ހެދުމުން އެ ހިޔާލުތަފާތުވުން މަޑުމަޑުން ނިމިއްޖެ ކަމަށެވެ.
މިހާރު އެގަޑީގައި ފިރިހެންވެރިން ކުދިވެރިންނާއެކު ކުޅެލުމާއި ކުދިވެރިންނަށް ބައެއް ތަކެތި ކިޔަވައި ދިނުމުގައި އުޅެއެވެ. އަދި ރައްޓެހި ތަހުމަތްތެރިންނާ އަވައްޓެރިންނަށް ޒިޔާރަތް ކޮށް ހަދާ އުޅޭ އިރު އަންހެންވެރިން ބަދިގެ އާއި ގޭތެރެ ރަމަތަ ކުރުމުގައި އުޅޭ ކަމަށް މޯހިތޭ ބުނެއެވެ.
ޓީވީ ނިއްވާ ނުލާ ޓީވީ އަށް ބަލަން ދޯ އެތިބީ. . ޓީވީ ނިއްވައި ލި ވާހަކަ ދޯ ތިއޮތީ. ފޯނު ނިއްވާލައިގެން ޓީވީ ބަލަން.
ދިވެހިރާއްޖޭގައި ވެސް ފަށަންވީ ރަނގަޅު އާދައެއް.