މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބޮޑު މުސާރައަކާ އެކު ބަސް ޑްރައިވަރުން ހޯދުމަށް ވޯކް އިން އިންޓަވިއުއެއް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއަދު އެމްޓީސީސީގެ ހެންވޭރު ފެރީ ޓާމިނަލުގައި އޮންނަ ވޯކް އިން އިންޓަވިއު ކުރިއަށް ދާނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 ގެ ނިޔަލަށެވެ. އެމްޓީސީސީ އިން ވަނީ އިންޓަވިއުއަށް ދާ ފަރާތްތަކުން އައިޑީ ކާޑު އަދި ބީ2 ކެޓަގަރީ ޖަހަފައިވާ ލައިސަންސް ކާޑު ގެންދިއުމަށް އެދިފައެވެ.

އެމްޓިސީސީ އިން ކުރި އިއުލާނުގައި ވާ ގޮތުން މި މަގާމަށް ހޮވޭ ފަރާތްތަކަށް 12،000 ރުއިޔާ އާއި 18،000 ރުފިޔާއާ ދެމެދުގެ މުސާރައެއް ލިބޭނެއެވެ. އަދި މެޑިކަލް އިންޝުއަރެންސް، ޓްރެއިނިން އަދި ކެރިއާ ޑިވެލޮޕްމަންޓްގެ ފުރުސަތުތައް ވެސް ލިބޭއެވެ.

މީގެ ކުރިން ވެސް އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވޯކް އިން އިންޓަވިއުތައް ބާއްވާ ބޮޑު މުސާރައާ އެކު ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލާފައެވެ.