ވެރިންގެ ތައްޕާހުން ވަޒީފާ ހޯދުމާއި ވެރިންނަށް އާދޭސްކޮށްގެން ކަންކަން ކުރުން ހުއްޓާލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްފައިންގައި ރައީސް ނަޝީދު ދ އަތޮޅު މީދޫ އަށް ވަޑައިގެން އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ މި ސަރުކާރު ހިންގަމުންދާ ގޮަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މި ގޮތުން މި ސަރުކާރަށް ނުސީދާ ބަހުން ފާޑުވިދާޅަވަމުން ރައީސް ނަޝީދު ވަނީ މި ސަރުކާރު ހިންގަނީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރު ހިންގި ގޮތަށް ވެރިންނަށް ސަނާ ކިޔައިގެން ކަންކަން ކުރާ އުސޫލުން ކަމަށް ތުހުމަތު ކުރައްވާފައެވެ. "ރަށްރަށަށް ތަރައްގީ ލިބެން އޮތީ މާލޭގައި ވަޒީރެއްގެ ގޭ ބުޑުގައި މުގޯޅި އަޅައިގެން އޭނާއަށް މަހެއް ގަނެދީގެން، ބާޒާރުކޮށްލަދީގެން އޭނާގެ ގޭގެ ފުރާޅުގެ މަތިވަނޑާންގަނޑުވެސް ހަދާލީގެންނޭ އަނެއްކާވެސް ބައެއް މީހުންނަށް ހީވާން ފަށައިފި" ރައީސް ނަޝީދު ވިދާޅުވިއެވެ،
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ތަރައްގީ ލިބެންވާނީ ވެރިންގެ ތައްޕާހުން ނޫން ކަމަށެވެ. އަދ ތަރައްގީ ލިބެންވާނީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ހަމަހަމަ ގޮތެއްގައި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަޓިކް ނިޒާމެއް ގެނައީ ވެރިންގެ ތައްޕާހުން ކަންކަން ކުރާ ޒަމާން މާޒީކޮށް، އެކަން ބަދަލުކުރަން ކަމަށެވެ.
ހަގީގީ ހެޔޮ ބަދަލެއް ގެނެވޭނީ ރަށްރަށް ތަރައްގީވާނެ ނިޒާމެއް އުފައްދައިގެން ކަމަށް މީގެކުރިންވެސް ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅު ތަކުރާރުކުރައްވާ އެ މަނިކުފާނު ވަނީ ނިޒާމު ގަޑުބަޑު ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
މައުމޫނީ ފިކުރެއް އުފަންވާތީވެ ޕްރައިމަރީ އަށް ގަންނާ ކުރައްވާ ލަދުން ކުރިމަތިލީ ކަމަށް ކެނެރީގެ ނަޝީދު ބުނާއިރު ކެނެރީގެ ނަޝީދަށް އެކަނިއޭ މައުމޫނީ ފިކުރު ކަމު ނުދަނީ ރާއްޖޭގެ އެެންމެހާ ރައްޔިތުންނަށް މައުމޫނީ ފިކުރު މިހާރު މާބޮޑަށް ރަނގަޅު ވެގެން އެމެން އެވާހަކައޭ އަބަދު އެދައްކަނީ މައުމޫނީ ފިކުރުގައި ޕޮލިހުން ބެރިކޭޑް ޖަހާ މަގުގައި ބެރިކޭޑް ޖަހާ ނިންމާ އޭގެ ބޭނުން ކެނޑުމުން އެ މަގުމައްޗަށް އުކާލާފައި ނުދާނެއޭ
މައުމޫނު ފިކުރެއް ނޫން ދޯ އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމަކީ އެއީ ކެނެރީ ފިކުރު ކެނެރީ ފިކުރު ފަތުރަން އެވާހަކަ ޕްރޮމޯޓް ކުރަނީ އެއީ ސީދާ ކެނެރީގެ ނަޝީދު ނޫންތޭ މައުމޫނު ފިކުރެއް ނޫނޭ އޮޅުވާލައިގެން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުން އެއީ މައުމޫނުގެ ފިކުރެއް ނޫނޭ އެވެސް ކެނެރީ ފިކުރޭ މިތަނުން ރައްޔިތުންނަށް ގެއްލުން ބޮޑީ ކޮން ފިކުރެއްގައިތޭ އެއީ ކެނެރީ ފިކުރުގައޭ މައުމޫނު ފިކުރުގައި ނުހުންނާނެއޭ ސަރުކާރުގެ އިމާރާތް ތަކުގައި ރޯކޮށް އަންދާނުލައޭ ދޯ ކެނެރީ ފިކުރަނީ އެއީ ފަނާކުރަނިވި ފިކުރޭ