10 ރަށެއްގެ ސެން ކްލާހަށް ބޭނުންވާ ތަކެތި ބީއެމްއެލް އިން ހަދިޔާކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ، ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ހަދިޔާކުރެވެނު އާލާތްތަކަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށެވެ.

މި އެހީތެރިކަމާ އެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 260 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ތަކެތި ހަދިޔާ ކުރި ސްކޫލްތައް:

  • މުލަކު ސްކޫލް، މ. މުލައް
  • މަރަދޫ ސްކޫލް، ސ. މަރަދޫ
  • މާވަށު ސްކޫލް، ލ. މާވަށް
  • ވޭމަންޑޫ ސްކޫލް، ތ. ވޭމަންޑޫ
  • ގއ. އެޑިއުކޭޝަން ސެންޓަރު، ގއ. ވިލިގިނލި
  • ތ. އަތޮޅު އެޑިއުކޭޝަން ސެންޓަރު، ތ. ތިމަރަފުށި
  • ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
  • ހދ. އަތޮޅު ސްކޫލް، ހދ. ވައިކަރަދޫ
  • ނ. އަތޮޅު އެޑިއުކޭޝަން ސެންޓަރު، ނ. ވެލިދޫ
  • ނޮޅިވަރަންފަރު ސްކޫލް، ހދ. ނޮޅިވަރަންފަރު އެވެ.

މިވޭތުވެދިޔަ ތިން އަހަރު ތެރޭ ބީއެމްއެލްއިން ވަނީ ރާއްޖޭގެ 30 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.