އުރީދޫ ނޭޝަން އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ފީފާ މުބާރާތަށް އޮންލައިން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އުރީދޫއިން ބުނީ ނޭޝަން ފީފާ ޓޯނަމެންޓްގައި ރެޖިސްޓްރީވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 15 ވަނަ ގެ ކުރިން މި ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެ ކަމަށެވެ.
މި މަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ނޭޝަން ފީފާ މުބާރާތަކީ އީޓުއެސް ގޭމިންގް ފުވައްމުލައް އަތޮޅު ކައުންސިލާއި މަންނަމް ކެފޭ އަދި ކްލަބް ކޮރަލްސް ގުޅިގެން މާލެ ސިޓީއާއި ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ ހިމެނޭ ހަތަރު ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތް ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.
އުރީދޫއިން ބުނީ ރަޖިސްޓްރީކޮށްފައިވާ ބައިވެރިން މުބާރާތުގެ ގްރޫޕް ސްޓޭޖާއި ނޮކްއައުޓް ސްޓޭޖާއި ސެމީ ފައިނަލް އަދި ފައިނަލް ހިމެނޭ ގޮތަށް 4 މަރުހަލާއެއްގައި ވާދަކުރާނެ ކަމަށާއި އީއޭ ފީފާ އޮންލައިން މުބާރާތްތަކުގެ ރަސްމީ ގައިޑްލައިންތަކާ އެއްގޮތަށް ބައިވެރިން އަމަލުކުރަން ޖެހޭނެ ކަމަށެވެ.
1 ވަނަ 2 ވަނަ އަދި 3 ވަނަ ހޯދާ ބައިވެރިންނަށް އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓް ގެ ގިފްޓް ޕާޓްނަރު ރެޑްވޭވްއިން އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ. އެގޮތުން 1 ވަނައަށް ދާ ފަރާތަށް ނިކާއީ 65" ސްމާޓް ވެބް އޯއެސް 4ކޭ ޔޫއެޗްޑީ ޓީވީއެއް އަދި 2 ވަނަ އަށްް ދާ ފަރާތަށް ގޭމިން ކިޓް (ކީބޯޑް، މައުސް، ހެޑްފޯން އަދި މައުސް ޕެޑް) އެއް ދިނުމަށް ހަމަޖެހިފައިވާއިރު 3 ވަނައަށް ދާ ފަރާތަކަށް ހައިސެންސް ބާ އެޗްއެސް 201-60 2.0 ޗެނަލް ސައުންޑްބާ ދިނުމަށް ވަނީ ނިންމާފައެވެ.