އަގުބޮޑު ނޫން އާދައިގެ ލެހެންގާ އެއް ކައިވެނި ޕާޓީގައި ލުމަށް ގަނެދިނުމުން ކައިވެނި ކެންސަލް ކޮށްފިއެވެ.
އިންޑިއާގެ އުއްތަރަކަންޑުގައި ހިނގި މިހާދިސާގައި ފިރިހެން މީހާގެ އާއިލާ އިން ވަނީ އަންހެން މީހާ އަށް 10000 ރުޕީސްގެ ލެހެންގާ އެއް ގަނެދީފައެވެ. ލެހެންގާ އާ މެދު އަންހެން މީހާ ހިތްހަމަނުޖެހުނު ނަމަވެސް ކައިވެނިކުރާ ދުވަހާ ހަމައަށް ދިޔައިރު ވެސް އެވާހަކަ އެއް ނުދައްކައެވެ. މި މަހުގެ ފަސް ވަނަ ދުވަހު ކައިވެނި ހަފްލާ ބާއްވަން ނިންމިއިރު ކައިވެނިކުރާ ތަނަށް ގޮސް އަންހެން މީހާ ވަނީ ކައިވެނި ކެންސަލް ކޮށްފައެވެ.
ސަބަބަކަށް ބުނީ އާދައިގެ އަގުހެޔޮ ލެހެންގާ އެއް ފިރިހެން މީހާގެ އާއިލާ އިން އޭނާ އަށް ގަނެދިނުމުން ކަމަށެވެ. ކަންތައް މިހެންވުމުގެ ސަބަބުން ފިރިހެން މީހާގެ ބައްޕަ ވަނީ އޭނާގެ ކޭޝްކާޑު އަންހެން މީހާ އަށް ދީ ބޭނުންވާ ލެހެންގާ އެއް ގަތުމަށް ބުނެފައެވެ. ނަމަވެސް އަންހެން މީހާ އެކަމަށް ފާޅުގައި އިންކާރު ކުރަމުން ބުނީ ފިރިހެން މީހާ އާ އޭނާ ކައިވެނި ދެން ނުކުރާނެ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހުވެސް ވަނީ އިންޑިއާގައި މިފަދަ ހާދިސާއެއް ހިނގާފައެވެ. ކައިވެނިކުރުމުގެ ކުރިން އިންޑިއާ މީހުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ކޮށް އުޅުމުގެ ތެރޭގައި އަންހެން މީހާ ހިތްހަމަނުޖެހޭ ގޮތަށް ކަމެއް ވުމުން އޭނާ ވަނީ ކައިވެނި ކެންސަލް ކޮށްފައެވެ. އެކަމާ ދެފަރާތުގެ އާއިލާ އިން ދެބަސްވެ ތަޅާފޮޅުމާ ހަމައަށް ވެސް ދިޔައެވެ. އެމީހުން މަތަ ކުރީ އެތަނަށް ދިޔަ ފުލުހުންނެވެ. ފަހުން ދެފަރާތުގެ އާއިލާ އިން ވަނީ އަންހެން މީހާ ގާތު ކައިވެންޏަށް އަނެއްކާވެސް އަހާފައެވެ. ނަމަވެސް އޭނާ ބުނީ އޭނާ ގޮތް ނިންމައިފި ކަމަށާއި ދެން އެގޮތެއް ބަދަލެއް ނުކުރާނެ ކަމަށެވެ.