ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ސަމާލުކަން ލިބެން ފެށީ މި ސަރުކާރު އައި ފަހުން އަދި ކިރިޔާ ކަމަށް، ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުގެ ސުވާލަށް ދެއްވި ޖަވާބުގައި ނަސީމް ވިދާޅުވީ، ނަފްސާނީ ބަލިތަކުގެ ކަންތައްތައް ބޮޑުކަން ހެލްތު މިނިސްޓްރީ އަށް ފާހަގަކުރެވިފައި ވުުމުން، ނަފްސާނީ ބަލިތަކާ ބެހޭ ވަކި ޑިޕާޓްމަންޓެއް ހަދައި، ކަންތައްތައް ކުރިއަށް ގެންދާ ކަމަށެވެ.

"އެހެންވީމާ ނަފްސާނީ ބަލީގެ ވަކި ޑިޕާޓްމަންޓެއް ހަދައިގެން އެ ބައްޔަށް އަޅުގަނޑުމެންނަށް އެޅެންހުރިި ފިޔަވަޅުތައް އަޅުގަނޑުމެން އަޅަމުން ގެންދާނަން. އަދި ކިރިޔާ މީތި ބޮޑު ފޯކަސް އަކަށް އައިސްގެން މި އުޅެނީ." ނަސީމް ވިދާޅުވިއެވެ.

ނަފްސާނީ ބަލިމަޑުކަމަށް ހައްލެއް ގެންނަން ޖެހިފައިވާ ކަން ފާހަގަކުރައްވައި ނަސީމް ވިދާޅުވި ގޮތުގައި، އެ ކަމަށް ހައްލެއް ގެނެވޭނީ ހެލްތު މިނިސްޓްރީގެ އިތުރުން، ސަރުކާރާއި އާންމުން ހޭލުންތެރިކުރުވިގެންނެވެ.

"އެއީ އަޅުގަނޑުމެންގެ ދިރިއުޅުމާއި އަޅުގަނޑުމެން މި އުޅޭ މާހައުލާ، މި ހުރިހާ ތަނަކާ ގުޅިފަ ހުރި ކަމެއް. އެހެންވީމަ މި ކަމަކީ ފުދޭވަރެއްގެ ސީރިއަސް މައްސަލައެއް." ނަސީމް ވިދާޅުވިއެވެ.

ނަފްސާނީ ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ވަކި ޑިޕާޓްމަންޓެއް ގާއިމްކުރީ ގައެވެ. އެއަށް ފަހު މިއަހަރުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް އެފަދަ ޑިޕާޓްމަންޓެއް ގާއިމްކޮށްފައިވެއެވެ. ނަމަވެސް ވެއިޓްލިސްޓުގައި މަޑުކުރަން ޖެހުމާއި، އެދެވޭ ގޮތެއްގައި ފަރުވާ ލިބެމުން ނުދާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.