ސައުތު އިންޑިއާ ފިލްމުތަކުން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ކުޅަދާނަ ބަތަލާ ސަމަންތާ ރުތް ޕްރަބޫ 35އ އަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމަށް އޭނާ ބުނެފިއެވެ.

އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާ ބުނީ އޭނާ އަށް ޖެހިފައިވާ ބައްޔަކީ ޔަސްޓައިޓިސް ކިޔާ އޮޓޯއިމިއުން ބައްޔެއް ކަމަށެވެ. މި ބައްޔަކީ ގައިގެ މަސްތަކަށް ކުރިމަތިވާ އިންފްލެމޭޝަން އެކެވެ. އަދި މި ބަލީގެ ސަބަބުން ދިފާއީ ނިޒާމުން މަސްތައް އެއްކޮށް ހަލާކުކުރަމުން ދެއެވެ. ސަމަންތާ ބުނީ އޭނާގެ ބަލި ހާމަކުރަން ގަސްތުކުރީ އޭނާގެ ހާލަތު ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން އުންމީދު ކޮށްފައިވާތީ ކަމަށެވެ.

މި ބައްޔަކީ ވަރަށް ވޭންދެނިވި ބައްޔެއް ކަމަށާއި ބަލީގެ ސަބަބުން މީހާ ޖިސްމާނީ އަދި ނަފްސާނީ ގޮތުންވެސް މުޅިން ބަލިކަށި ކޮށްލާ ކަމަށެވެ. ލޮލުގެ ފެނުމަށްވެސް އަސަރުކުރުވާ މި ބަލީގެ ސަބަބުން އިށީދެފައި ކޮޅަށް ދެތުވާނެ ހިއްވަރުވެސް ބައެއް ފަހަރު ނުހުރޭ ކަމަށާއި އަދި އެއްގޮތަކަށްވެސް ބަރު އެއްޗެހި އޭނާ އަށް ނޫފުލޭ ކަމަށް އޭނާ ބުންޏެވެ.

ސަމަންތާ ބުނީ މި ބަލި އާންމުންނާ ހަމައަށް ހާމަކުރަން ބޭނުންވީ ރީމިޝަނަށް ދިޔުމުން ކަމަށާއި ނަމަވެސް ބަލި ރަނގަޅުވަމުން އަންނަނީ ހިކުރި ވަރަށް ވުރެ ލަހުން ކަމަށެވެ.

"ބައެއް ދުވަސް ދުވަހު ހީވެދާނެ ދެން މި ބުރައެއް ނޫފުލޭނެއޭ. އެހާވެސް ވޭންގަދަ. ބަލީގެ ސަބަބުން އަހަރެން ނަފްސާނީ ގޮތުން ވަރަށް ބަލިކަށިކޮށްލައިފި. އާންމުންގެ އެހީތެރިކަމާއި ލޯބި އަހަރެން ބޭނުންވަނީ،"

ބަތަލާ ސަމަންތާ އަކީ މިހާރު ބޮލީވުޑްގައި ވެސް މަސައްކަތްކުރަމުން އަންނަ ހުނަރުވެރި ފަންނާނެކެވެ. އޭނާ ވަނީ ނިމިގެންދިޔަ ކޮފީ ވިތު ސީޒަންގައި އަކްޝޭ ކުމާރު އާއެކު ޝޯގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައެވެ.