މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިދިޔަ އޮގަސްޓް މަހާ ހަމައަށް ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކިމް ކާޑޭޝިއަން 41 އާއި ޕީޓް ޑޭވިޑްސަން 28 ގެ ގުޅުން އަދި ވެސް ނުނިމޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިމްގެ ގާތް މީހަކާ ހަވާލާދީ ރިޕޯޓްތަކުން ބުނީ ނުވަ މަސްދުވަސް ވީ ގުޅުން ނިންމާލި ނަމަވެސް އެގުޅުން ނިންމާލީ އެއްވެސް މީހަކު އެކަކު އަނެކަކަށް ހިތް ބުރަކަމެއް ނުބާއްވާ ކަމަށެވެ. މިހާރުވެސް އެދެމީހުންގެ ގުޅުން އޮންނަ ކަމަށާއި ކެނޑުނީ ހަމައެކަނި ލޯބީގެ ގުޅުން ކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ. އަދިވެސް ދެމީހުން މެސެޖުކޮށް ދޭތެރެ ދޭތެރެއިން ގުޅާ ހަދާ ކަމަށާއި އެދެމީހުންނަކީ އެކަކު އަނެކަކަށް ވަރަށް އިހުތިރާމް ކުރާ ދެމީހުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ގްރާންޑޭ އާއި އެންގޭޖްވި ޕީޓް އާއި ކާންޔޭ ވެސްޓްގެ ކުރީގެ އަނބިމީހާ ކިމް ލޯބީގެ ގުޅުން ނިންމާލައި މި ޖޯޑު ވަކިވީ ކައިވެނިކުރަން ތައްޔާރަށް ވެސް ތިބިކަމަށް ބުނެފައެވެ. ދެމީހުން ރުޅިވިއިރު ވެސް ދެމީހުންގެ ދެމެދުގައި ރަހުމަތްތެރިކަމުގެ ގުޅުން ދަމަހައްޓަން އެއްބަސްވިއެވެ.
މީގެ ކުރިން ކިމް ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ޕީޓް އޭނާގެ ހުރިހާ ދަރިންދެކެ ވެސް ވަރަށް ލޯބިވާ ކަމަށާއި ކައިވެނި ކުރަން ތައްޔާރަށް ހުރިކަމަށެވެ. ޕީޓް ވަނީ ކިމްގެ އާއިލީ ފަންކްޝަންތަކުން ވެސް ފެނިގެން ގޮސްފައެވެ.
ކިމް ކާޑޭޝަން ވަނީ މީގެ ކުރިން ތިން ކައިވެންޏެއް ކޮށްފައެވެ. އޭނާ އެންމެ ފަހުން ކައިވެނި ކުރި ކާންޔޭ ވެސްޓް އާ ވަކިވީ އަށް އަހަރު ދުވަސް ވަންދެން އެކުގައި އުޅުމަށްފަހު ކާންޔޭ އޭނާ އަށް ބޭވަފާތެރިވީމައެވެ. އެ ކައިވެންޏަށް ވަނީ ހަތަރު ދަރިން ލިބިފައެވެ.