ރަޝިއާގެ ދެކުނު ބިތުގެ ސިޓީއެއް ކަމަށް ވާ ޔެއިސްކްގައި އާންމުން ދިރިއުޅޭ 9 ބުރީގެ އިމާރާތަކަށް އަސްކްރީ މަތިންދާ ބޯޓެއް ވެއްޓި މާ ސިންގާ އަލިފާންގަނޑެއް ރޯވެއްޖެއެވެ.

ހަބަރުތައް ބުނާގޮތުން އިމާރާތުގެ ފުރަތަމަ ފަންގެފިލާާއިން ފެށިގެން ނުވަވަނަ ފަންގެފިލާއާ ހަމައަށް ރޯވެ ދަނީ އަނދަމުންނެވެ.

މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާ ދީ ބައިނަލްއަގުވާމީ ނޫސް އިދާރާތަކުން ބުނާ ގޮތުގައި، ބޯޓު ވެއްޓުމާއެކު މާ ސިންގާ އަލިފާން ބޯޅައެއް އަރައިގެން ދިޔައެވެ. ނުވަތަ ބޯޓު ފެއްޓުމާއެކު ބޮޑު ގޮވުމެއް ގޮވާ އަލިފާންގަނޑު އަރައިގެން ދިޔައެވެ.

މިޙާދިސާއާ ގުޅިގެން ރަޝިއާގެ ރަސްމީ ނޫސް އިދާރާއިން ބުނީ، ވެއްޓުނު އަސްކަރީ ބޯޓަކީ ތަމްރީނުތަކެއްގައި ބޭނުން ކުރި ބޯޓެއް ކަމަށާއި، ވޯޓު ފެއްޓުމުގެ ކުރިން ފައިލެޓް ބޭރަށް ނުކުމެފައި ވާ ކަމަށެވެ. ވެއްޓުނު ބޯޓަކީ އެސްޔޫ-34 މަރުކާގެ ބޮން އަޅާ ބޯޓެކެވެ. އެބާވަތުގެ އަސްކަރީ ބޯޓުތައް ހަދާފައި ހުންނަ ގޮތުން، ހާދިސާއެއް ހިނގާ ވަގުތު ޕައިލެޓާއި ކޯ ޕައިލެޓް އިންނަ ގޮނޑިއާ އެކު ބޯޓުން ބޭރަށް ފޮނުވާލެވޭނެއެވެ.

މިހާދިސާގައި މީހަކު މަރުވި ކަމެއް އަދި ލިބުނު ގެއްލުުގެ ތަފްސީލެއް ލިބިފައި ނުވާ އިރު އަލިފާން ނިއްވާ ފަރާތްތަކުން އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.