މާލެ އިން ފުރައިގެން އއ. އުކުޅަހަށް ދަތުރު ކުރި ލޯންޏެއް ބަންޑުން ޖަހާލައި ގެއްލުނު 2 މީހުންގެ ތެރެއިން 1 ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި އއ. މާޅޮސް ކައިރިން މިއަދު ފެނިފައި ވާ ކަމަށާއި 2 މީހުންގެ ތެރެއިން އެކަކު ފެރިދޫ ފުއްޓަރާ ދިމާއިން ފެނިފައި ވާ ކަމަށެވެ.
ފެރިދޫ ސިއްހީ މަރުކަޒުގައި އެ މީހާއަށް ފަރުވާދެމުން ދާ އިރު ދެ ވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށްވެސް ބުނެއެވެ.
ފުލުހުން ވަނީ އެމީހާ ފެނިއްޖެ ނަމަ ނުވަތަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމާ 119 ނުވަތަ 3322111 އަށް ހިއްސާކުރުމަށް އެދިފައެވެ.އެލޯންޗު މާލެއިން ފުރީ އިއްޔެ 13:00 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި ލޯންޗުފުރީ މާލެ، ކުރީގެ ކުނިކޮއްޓާ ދިމާއިން ކަމާއި އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުން ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ވެސް ފުލުހުން ވަނީ ބުނެފައެވެ.