ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ރާއްޖޭގެ މީޑިއާތަކުން ބާއްވާ ޓެލެތޯނެއް މިއަދު ހެނދުނު ފަށައިފިއެވެ.

ޕާކިސްތާނަށް އެހީވުމުގެ ގޮތުން ފަންޑު ފޮށި ބަހައްޓާފައިވަނީ މާލޭގެ އާޓިފިޝަލް ބީޗާއި ވިލިމާލޭ ފެރީ ޓާމިނަލާއި ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް އަދި ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައި ފަންޑު ފޮށި ބަހައްޓާފައި ވެއެވެ.

މިއީ ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނާއި ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން އިސްނަގައިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމްއާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެ ޓެލެތޯން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 8 އިން ރޭގަނޑު 12 ޖެހުމާ ހަމައަށެވެ.

ހެލްޕް ޕާކިސްތާން ޓެލެތޯން އަށް އެހީވެވޭނެ ގޮތްތައް

އެ ހަރަކާތުގައި ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ރުފިޔާ އަދި ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭ ގޮތަށް އިންތިޒާމު ކޮށްފައި ވާއިރު ދިރާގު ޕޭ އަދި އުރީދޫ އެމް ފައިސާ މެދުވެރިކޮށްވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ޕާކިސްތާނަށް ކުރި ދިގުލީ ވިއްސާރަައިގައި ބޮޑުވި ފެންގަނޑު ހިންދާލަން 6 މަސް ވަރު ނަގާނެ ކަމަށް އޮފިޝަލުން ލަފާ ކޮށްފައި ވާއިރު އެތައް ހާސް ގެއަކާއި ރެލްވޭ ތަކާއި ބްރިގްތަކާއި މަގުތަކާއި އެއްގަމު އުނދަދު ފަހަރުގެ އިތުރުން ނައަމްސޫއްޕާއި ދަނޑުބިންތައް ވެސް ވަނީ ހަލާކުވެ ސުންނާފަތި ވެފައެވެ.

ޕާކިސްތާނަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންގެ އަދަދު 33 މިލިއަން ފަހަނައަޅާ ގޮސްފައި ވާ އިރު މަރުވި މީހުންގެ އަދަދު ވަނީ 1542 މައްޗަށް އަރާފައެވެ.