ކާރު ކައިރީ ހުރީ ފަޔަށް ވަޅި ހެރިގެން ފޭބި ލޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގައި ޕާކުކޮށްފައި އޮތް ކާރެއް ކައިރީ ބިންމަތީގައި ލޭ ހުރި ކަމަށް މިއަދު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި ހުޅުމާލޭ ފޭސް އެކެއްގައި ޕާކުކޮށްފައި އޮތް ރަސަލް ޓެކްސީ ސެންޓަރުގެ ކާރެއްގެ ކައިރީ ގިނަ އަދަދެއްގެ ލޭ ފައިބާފައި ވާތަން ފެނެއެވެ.

އެއީ ބާޒާރުކޮށްގެން ދިޔަ މީހަކު އެ ކާރުގައި ގެއަށް ގޮސް ކާރުން ފޭބި ވަގުތު ކޮތަޅުގައި އޮތް ވަޅިއެއް ފައިގައި އެޅިގެން ފޭބި ލޭ ކަން ފުލުހުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެ މީހާ ހޮސްޕިޓަލަށް ގޮސް ފައިގައި ބޭސްއަޅާފައިވާ ކަމަށެވެ.