މ. މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޭ ރޯކޮށް އަންދާލައިފިއެވެ.
ފުލުހުން ބުނީ މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޭގެ ވަގުތެއްގައި ރޯކޮށްލައިފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އަންނަނީ ބަލަމުން ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި ގެއެއްގެ ބޭރުގައި ހުރި ސައިކަލެއްގައި ވަނީ ރޯކޮށްލާ އެއްކޮން އަންދާލައިފައެވެ.
މިކަަން ހިނގާ ދިޔަ ގޮތުގެ މާ ބޮޑު ތަފްސީލެއް ރަށުގެ ކައުންސިލްގެ ފަރާތުން ލިބޭ ގޮތް އަދިވެފައެއް ނެތެވެ. އެހެންނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސައިކަލުގައި ރޯކޮށްލައިފާ ވަނީ އެ ފުލުސް މީހާ ދިރިއުޅޭ ގޭ ކައިރީގައި ބަހައްޓާފައި ހުއްޓާ ރޭ ގާތްގަނޑަކަށް 3 ޖަހާއިރުއެވެ.
އެ ފުލުސް މީހާ މިވަގުތު ހުރީ ރަށުން ބޭރުގައި ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.