ބޮލީވުޑްގެ އޭ ލިސްޓުގެ ތެރޭގައި ހިމެނޭ ކުޅަދާނަ އެކްޓަރު އާމިރު ހާން ގެ އަންހެން ދަރިފުޅު އިރާ ހާން އެންގޭޖް ވެއްޖެއެވެ.

އިރާ އާއި އޭނާގެ ލޯބިވެރިޔާ ނުޕޫރު ޝިކާރޭ އެންގޭޖް ވެފައިވަނީ އިޓަލީގައެވެ. ދެމީހުން އެންގޭޖްވިކަން ވަނީ ދެމީހުންގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ. އަދި ކައިވެންޏަށް އެހި ވީޑިއޯ ވެސް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އިވެންޓެއްގެ ތެރޭގައި އިރާ އޭނާގެ ލޯބިވެރިޔާ އަށް ހިތްވަރުދޭން ހުއްޓާއި ނުޕޫރު އައިސް އޭނާ އަށް ޕްރޮޕޯސްކުރާ ތަން ވީޑިއޯ އިން ފެނިގެންދެއެވެ. އަދި ވަގުތުން އިރާ އޭނާއާ އިންނަން އެއްބަސްވެ އާއެކޭ ބުނެއެވެ.

ނުޕޫރު ޝިކާރޭ އަކީ އާމިރު ހާންގެ ފިޓްނެސް ކޯޗެވެ. ބައްޕަ އާމިރު ކަސްރަތު ކުރަން ގޮސް އުޅޭއިރު އިރާ އެތަނަށް ގޮސް ޖިމްގެ ތެރެއިން އުފެދުނު ގާތްކަމާއެކު ދެމީހުން ލޯބީގެ ގޮތުން ގުޅުނީ 2020 ވަނަ އަހަރުގައެވެ. އިރާ އަކީ އާމިރުގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދަރިފުޅެވެ. 1986 ވަނަ އަހަރު ރީނާ ދައްތާ އާއި އާމިރު ކައިވެނިކޮށް ލިބުނު ދެތަރިންގެ ތެރެއިން ހަގު ކުއްޖާ އަކީ އިރާ ހާން އެވެ. އަދި ދޮށީ ކުއްޖާ އަކީ ޖުނައިދު ހާން އެވެ. އާމިރު އާއި ރީނާ ދައްތާގެ ކައިވެނި ރޫޅުނީ 2002 ވަނަ އަހަރުގައެވެ.

އޭގެ ފަހުން އާމިރު ކައިވެނިކުރީ ބޮލީވުޑްގައި ހަރަކާތްތެރިވަމުން އަންނަ ޑައިރެކްޓަރު ކިރަން ރާއޯ އާއެވެ. އެއީ 2005 ވަނަ އަހަރުގައެވެ. ކިރަން އާއި އާމިރުގެ ކައިވެނި މިހާރު ނިމުމަކަށް އައިސްފައިވާއިރު ދެތަރިންގެ ކައިވެނި ރޫޅުނީ މިދިޔަ އަހަރުގައެވެ.