ބޮލީވްޑް ތަރި އަޖޭ ދޭވްގަން ގެ ކުރިއަށް އޮތް ފިލްމް "ތޭން ގޯޑް" ގައި ހިމަނާ، ދިވެހިންގެ ތެރޭގައި މަގުބޫލުވި "މަނިކޭ މަގޭހިތޭ" ގެ ހިންދީ ލަވަ ލޯންޗް ކޮށްފިއެވެ.

އަޖޭގެ އިތުރުން، ސިދާތު މަލްހޮތްރާ އުޅޭ މި ފިލްމުގެ މަނިކޭ ލަވައިގައި ނޯރާ ފަތޭހީ ވެސް ފެނިގެން ދެއެވެ.

މިއަދު ރިލީޒްކުރި ޓީޒާއަށް ގިނަބައެއްގެ ތަރުހީބު ލިބެމުން އަންނަ އިރު، ލަވަ ކިޔައިދިން މަނިކޭ މަގޭ ހިތޭގެ ސިންގަރު ލަންކާގެ ޔޯހާނީ ބުނީ، ހިންދީ ބަހުން އެލަވަ ކިޔުމަކީ ޗެލެންޖަކަށް ވި ކަމަށެވެ.

https://youtu.be/5jrAqvy3ghs

ހިންދީ ބަސް ނޭނގުމާއި ދަސްކުރަން ޖެހި، ރަނގަޅަށް ޕްރޮނައުންސް ކުރަން ނުވަތަ ރަނގަޅަށް ކިޔަން ޖެހުން ވީ އާ ތަޖުރިބާއަކަށް ކަމަށްވެސް ބުންޏެވެ.

ތޭން ގޯޑްގެ މި ލަވަ ކިޔާފައި ވަނީ ޔޯހާނީގެ އިތުރުން، ޖުބިން ނައުތިޔާލް އަދި ޝުރެޔާ ރަގޫނަތަން އެވެ.

https://youtu.be/oEFEGcsjk1A

ލަވައިގެ ޓީޒާ ލޯންޗް ކުރުމާއެކު، ބައެއް ފަރާތްތަކުން ބުނެފައި ވަނީ އަދިވެސް ރީތީ ލަންކާ ލަވަ ކަމަށާއި ހިންދީ ލަވަވެސް ހުތުރު ނޫން ކަމަށެވެ.

ޓީ ސީރީޒް ފިލްމްސް އާއި މަރޫތީ އިންޓަނޭޝަނަލް ޕްރޮޑަކްޝަން ގުޅިގެން ނެރޭ "ތޭންކް ގޯޑް" ސިނަމާތަކުގައި އަޅުވާނީ އަންނަ މަހުގެ 25 ގައެވެ.