ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 47 ފުލުހަކު ހުވާކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު މިއަަދު ވަނީ ބާއްވާފައެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ ފައްޔާޒް ޝާޠިރެވެ. އެ ރަސްމިއްޔާތުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒާއި އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ޖުމްލަ 47 ފުލުހަކު ހުވާކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ 33 ފިރިހެން ފުލުހުންނާއި 7 އަންހެން ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންސްޓަބްލަރީގެ ފިރިހެން 7 ފުލުހުން ހިމެނޭ ކަމަށް ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ. ހުވާކުރުމަށްފަހު ފުލުހުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކޮށްފައެވެ.