ހއ. ކެލާ ސަވާރީ ބޯޓު ނޮޅިވަރަންފަރު ފަރުމައްޗަށް އަރާ އަޑިއަށް ދާތީ އާންމުންގެ އެހީތެެރިކަމަށް އެދިއްޖެއެވެ.
ހއ. ކެލާ ސަވާރީ ބޯޓު ނޮޅިވަރަންފަރު ފަރުމައްޗަށް އަރާ، ބޯޓު އަޑިއަށް ދާތީ ކެލާ ކައުންސިލުން ވަނީ އެހީތެރި ވުމަށް ނޮޅިވަރަންފަރަށް ދާން އާންމުން އަތިރިއަށް ނުކުތުމަށްވެސް ގޮވާލާފައެވެ.
ބޯޓާ ގުޅޭ ގޮތުން އެންމެ ފަހުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ބޯޓު މިހާރު ވަނީ ފަރުމައްޗަށް އަރާ ރާޅާ ތަޅާ ތަޅާ އެއްކޮށް ރޫޅިގެން ގޮސްފައެވެ. "ދަ ޕްރެސް" އަށް މަައުލޫމާތު ދެމުން އެ ބޯޓުގެ ކުރޫއެއް ކަމަށްވާ ނިޒާރު ބުނީ، ރާޅު ވަރަށް ހުރި ކަމަށާއި މުދަލާ އެކު ބޯޓު ފުނޑުފުނޑުވެ ހިނގައްޖެ ކަމަށެވެ.
މިހާދިސާ ހިނގި ވަގުތު ބޯޓުގައި ދަތުރުކުރީ ކުރޫއިންނާއި ފަޅުވެރިން ހިމެނޭ ގޮތަށް 10 މީހުން ކަމަށް އޭނާ ބުންޏެވެ. މި އެންމެން ވެސް ސަލާމަތުން މިހާރު ނޮޅިވަރަންފަރަށް އަރާފައިވާ ކަމަށް އޭނާ ބުންޏެވެ.
ނިޒާރު ބުނީ ބޯޓުގައި ގާތްގަނޑަކަށް 3-4 މިލިއަން ރުފިޔާގެ މުދާ ހުރި ކަމަށާއި ނަމަވެސް އެއިގެން އެއްވެސް މުދަލެއް ސަލާމަތް ނުކުރެވުނު ކަމަށެވެ.
އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް ރަޝީދު ވިދާޅުވީ، މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ އިރުއޮއްސި 6:15 ހާއިރު ކަމަށެވެ.
އިންފާޒު ވިދާޅުވީ މި ބޯޓުގައި ދަތުުރުކުރީ ހުސް ފަޅުވެރިން ކަމަށެވެ. އަދި މިދަތުރަކީ މާލެއިން ގެނައި ތަރުކާރީ ފަދަ އެއްޗެހި ކެލައަށް ބާލައި ނޮޅިވަރަމްފަރަށް މުދާ ހުސްކުރުމަށް ކުރި ދަތުރެއް ކަމަށް އިންފާޒު ވިދާޅުވިއެވެ.
މިހާދިސާ ހިނގަން މެދުވެރިވީ ސީދާ ކިހިނެތް ކަމެއް ބުނަން އަދި އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް އިންފާޒް ވިދާޅުވިއެވެ.
ގޮަައްސި އެއްކޮށް