ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސައިފް އަލީ ޚާން އަދި އަމްރިތާ ގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން އާއި ކުޅަދާނަ ވާސަޓައިލް ބަތަލާ ސްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ދަރިފުޅު ޖާންވީ ކަޕޫރު އެކުގައި ފިލްމަކުން ފެންނަން އުޅޭކަން އިއުލާން ކޮށްފިއެވެ.
ބޮލީވުޑްގައި ކުރިއަރަމުން އަންނަ މި ދެތަރިން އެކުގައި ފިލްމަކުން ފެންނަން އުޅޭކަން ހާމަކުރަމުން ސާރާ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ފޮޓޯ އާއެކު ބުނީ ހޫނު ކޮފީތަށްޓަކުން ފެށުނު މި ގުޅުން މިހާރު އެކުގައި ފިލްމަކުން ފެންނަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ސާރާ އާއި ޖާންވީ ވަނީ ކޮފީ ވިތު ކަރަން ސީޒަން 7 ގައި ވެސް ބައިވެރިވެފައެވެ.
ފިލްމުގެ ޝޮޓެއް ސާރާގެ އިންސްޓަގްރާމްގައި ހިއްސާކުރިއިރު އެ ޕޯސްޓަށް ކޮމެންޓް ކުރަމުން ޖާންވީ ބުނީ މި ފިލްމު ވެގެންދާނީ ވަރަށް ވަރުގަދަ ފިލްމަކަށް ކަމަށެވެ. ފިލްމުން މި ދެތަރިން ފެނިގެންދާކަން ހާމަކުރި ނަމަވެސް ދެން މި ފިިލްމާ ގުޅޭ މާ ބޮޑު ތަފްސީލެއް ހާމަކޮށްފައެވެ ނުވެއެވެ.
ބަތަލާ ސާރާ އަލީ ޚާން ބޮލީވުޑަށް ތައާރަފްވީ 2018 ވަނަ އަހަރު ނުކުތް ފިލްމު "ކެދާނަތް" އިންނެވެ. އެ ފިލްމުގައި އޭނާ އާއެކު ހަރަކާތްތެރިވީ ސުޝާންތު ސިންހް ރާޖްޕުތް އެވެ. ޖާންވީ ވެސް ބޮލީވުޑަށް ތައާރަފްވީ ހަމަ އެ އަހަރު ފިލްމު "ދަޅަކް" އިންނެވެ. އެ ފިލްމުގައި އޭނާ އާއެކު ހަރަކާތްތެރިވީ ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާއެވެ.