ބޮލީވުޑް ފިލްމުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެންމެ ބޮޑު އެއް އެވޯޑު ކަމަށްވާ ފިލްމްފެއާ އެވޯޑްސްގައި މިއަހަރު އެންމެ ގިނަ ނޯމިނޭޝަން ލިބުނު ފިލްމަކަށް "ޝޭރްޝާހް" ވެއްޖެއެވެ.

މި މަހު 30 ވަނަ ދުވަހު 67 ވަނަ ފިލްމުފެއާ އެވޯޑު ބޭއްވުމަށް ހަމަޖެހިފައި ވާއިރު ފިލްމު "ޝޭރްޝާހް" ވަނީ ބޮޑެތި އެވޯޑުތަކުގެ ނޮމިނޭޝަންގައި ހިމެނެއެވެ. އެގޮތުން އެންމެ މޮޅު ފިލްމުގެ އެވޯޑަށް މި ފިލްމު ވާދަކުރާއިރު މި ފިލްމުގެ ބަތަލު ސިދާތު މަލްހޯތްރާ ވަނީ އެންމެ މޮޅު އެކްޓަރުގެ މަގާމަށް ނޮމިނޭޓް ވެފައެވެ. އަދި ބަތަލާ ކިއާރާ އަދުވާނީ ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑަށް ނޮމިނޭޓް ވެފައެވެ.

ހަމައެއާއެކު އެންމެ މޮޅު ސްކްރީންޕްލޭގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމަށް ވެސް މި ފިލްމުގެ ޑައިރެކްޓަރު ވަނީ ނޮމިނޭޓް ވެފައެވެ.

އެންމެ މޮޅު ބަތަލާ

ކިއާރާ (ޝޭރުޝާހް)،

ކަންގަނާ ރަނާވަތު (ތަލައިވީ)

ކްރިތީ ސެނަން (މިމީ)

ޕަރިނީތީ ޗޯޕްޅާ (ސަންދީޕް އޯރް ޕިންކީ ފަރާރު)

ތާޕްސީ ޕައްނޫ (ރަޝްމީ ރޮކެޓް)

ވިދިޔާ ބާލަން (ޝޭރްނީ)

އެންމެ މޮޅު އެކްޓަރު

ސިދާތު ޝޭރްޝާހް)

ދަނޫޝް (އަތުރަންގީ ރޭ)

ވިކީ ކޯޝަލް (ސަރުދާރު އުދަމް)

ރަންވީރު ސިންގް (83)

އެންމެ މޮޅު ފިލްމު

ޝޭރްޝާހް

ސަރުދާރު އުދަމް

ރަޝްމީ ރޮކެޓް

ރާމްޕްރަސާދު ކީ ތެހެރްވީ

އެންމެ މޮޅު ޑައިރެކްޓަރު

އާކާޝް ކްރާނާ (ރަޝްމީ ރޮކެޓް)

ކަބީރް ޚާން (83)

ސީމާ ޕަހްވާ (ރާމް ޕްރަސާދު ކީ ތެހެރްވީ)

ވިޝްނޫ ވަރުދާން (ޝޭރްޝާހް)

ޝޫޖިތު ސިރްކާ (ސަރުދާރު އުދަމް)

އެންމެ މޮޅު ސްކްރީންޕްލޭ

ޝޭރުނީ

ރަޝްމީ ރޮކެޓް

ސަންދީޕް އޯރް ޕިންކީ ފަރާރު

83

ޝޭރުޝާހް

ސަރުދާރު އުދަމް

ސިދާތް މަލްހަތްރާ އަދި ކިއާރާ އަދުވާނީ އެކުގައި ކުޅުނު ފުރަތަމަ ފިލްމު "ޝޭރްޝާހް" ވަނީ ޖުމްލަ 15 އެވޯޑަށް ނޮމިނީޓްވެފައެވެ.