ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯން އަބްރަހަމްގެ ކުރިއަށް އޮތް ފިލްމު "ތަރިގް" ރިލީޒްކުރާ ދުވަސް ހާމަކޮށްފިއެވެ.

ޖޯންގެ އިންސްޓަގްރާމް އެކައުންޓުގައި ފިލްމުގެ ޕޯސްޓަރެއް ހާމަކުރަމުން ބުނީ މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށާއި މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. މި ފިލްމަކީ ޕެޓްރިއޮޓިކް ޑްރާމާއެކެވެ. އަރުން ގޯޕާލަން ޑައިރެކްޓްކޮށް އުފައްދާ މި ފިލްމުގެ ޕްރޮޑިއުސަރުންނަނީ ޖޯން، ޝޮބްނާ ޔާދަވް އަދި ސަންދީޕް ލޭޒަލް އެވެ.

ބޭކް މައި ކޭކް ފިލްމްސް އާ ގުޅިގެން އުފައްދާ މި ފިލްމަކީ ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެންދާނެ ފިލްމެއް ކަމަށް ޖޯން ބުނެއެވެ. އަދި ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި މިވަގުތު ކުރަމުން އަންނަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކުޅަދާނަ އެކްޓަރު ޖޯން އަބްރަހަމް އެންމެ ފަހުން ފެނިގެން ދިޔައީ "އޭކް ވިލަން ރިޓާންސް" އިންނެވެ. މި ފިލްމުގައި އޭނާ އާއެއްކޮށް ހަރަކާތްތެރިވީ ތާރާ ސުތައިރާ، ދިޝާ ޕާޓްނީ އަދި އަރުޖުން ކަޕޫރެވެ. މި ފިލްމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެކްޓަރު ޖޯން ކުޅުނު މަގްބޫލު ފިލްމުގެ ތަކުގެ ތެރޭގައި "ޖިސްމު"، "ދޫމް"، "ފޯސް 2" އަދި "ދިޝޫމް" ހިމެނެއެވެ.