ރާއްޖެއިން މަންކީ ޕޮކްސްއަށް ޝައްކު ކުރެވޭ މީހަކު ފެނި އެކަހެރި ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަންކީ ޕޮކްސް ފެތުރިފައިވާ ގައުމަކުން ރާއްޖެ އައި މީހެއްގެ ގައިން އެބަލީގެ އަމާމަތްތައް ފެނިގެން ޓްރީޓޮޕްގައި ވަނީ އައިސޮލޭޓްކޮށްފައެވެ. ނަމަވެސް އެއީ މަންކީ ޕޮސްކް ޖެހިފައިވާ މީހެއްކަން އަދި ކަށަވަރުވެފައިނުވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެކަމާ ގުޅިގެން އެޗްޕީއޭގެ އޮފިޝަލެއް ވިދާޅުވީ، ހޮސްޕިޓަލަކަށް ދެއްކި މީހެއްގެ ގައިން މަންކީޕޮކްސްއަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން އެ މައުލޫމާތު ހޮސްޕިޓަލުން ހިއްސާ ކޮށްފައި ވާކަމަށާއި، އެކަމާ ގުޅިގެން އެ ހޮސްޕިޓަލުން އިތުރު ޓެސްޓުތައް ހަދަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، އަދި މިވަގުތު އެއީ މަންކީޕޮކްސްކަން ޔަގީންކޮށް ބުނަން ނޭނގޭ ކަމަށެވެ.

ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ނަމަވެސް ކޮވިޑާ ބަލާއިރު، އެ ބަލި ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށްވުމުން، އެ ބަލި ފެތުރޭ ގޮތާއި މިންވަރު ތަފާތުވާނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މި ބަލި އާންމުކޮށް ފެންނަނީ ފިރިހެނުންގެ މެދުގައި ހާއްސަކޮށް އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި ކަމަށް ވިޔަސް އަންހެނުންނާއި ކުޑަކުދިންގެ މެދުގައި ވެސް މަދު މިންވަރަކަށް މިބަލި ފެނެއެވެ.

އަލަށް ފެތުރެމުންދާ ގައުމުތަކުގައި މި ބަލި ފެތުރެނީ ވަކި ޖަމާއަތްތަކެއްގެ މެދުގައި ކަމަށްވި ނަމަވެސް ބަލި ފެތުރޭ ގޮތް ތަފާތުވުމާ ގިނަ ގައުމުތަކުގައި ހަލުވި ކަމާއެކު ފެތުރިގެން ދިއުމަކީ ޑަބްލިއުއެޗްއޯއިން ކަންބޮޑުވާ ކަމެކެވެ.

އެހެންކަމުން އެޗްޕީއޭއިން ވަނީ މަންކީޕޮކްސް އިން ރައްކާތެރިވުމަށްޓަކައި ބައެއް ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފައެވެ.

އެކަންކަމަކީ:

މަންކީޕޮކްސްގެ އަލާމާތެއް ފެނިއްޖެ ނަމަސިއްހީ ހިދުމަތްތެރުއަކަށް ދެއްކުންއެހެން މީހުނާ ގައިގޯޅިވުމުން ދުރުވެ އެކަހެރިވުންއަތް ދޮވުމާއި މާސްކް އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން

މަންކީޕޮކްސް ފެތުރޭ ގޮތް:ނޭވާލާ ނިޒާމުގެ ތެރެއިންބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހިގެން ބަލި މީހާ ގެންގުޅޭ އަންނައުނު ފަދަ ތަކެތީގައި ޖެހުން

މާބަނޑު ދުވަސްވަރު ޖެހިއްޖެ ނަމަ :ހުން އައިސް، ގައިގައި ރިއްސައި، ވަރުބަލިވެ، ގޮށްލުން

ޑަބްލިއުއެޗްއޯގެ ތަފާސްހިސާބަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 72 ގައުމަކުން 14،000 އަށް ވުރެ ގިނަ މީހުނަށް މަންކީޕޮކްސް ޖެހި، އޭގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައެވެ.