ހަވީރު އަތަށް އެޅި އިރުވެސް އަޒްކާ އޮތީ ނިދާފައެވެ. މާއިޝް މަޑު މަޑުން ދޮރު ހުޅުވާލާފައި އެ ކޮޓަރީގެ ތެރެއަށް ވަނެވެ. ސިޓިން ރޫމު ސޯފާގައި ޓީވީ ބަލަން ތިބި މީޝާ މެންނަށް ނޭނގޭނެހެންނެވެ. މާއިޝް އަށް އެކޮޓަރިއަށް ވަދެވުނު އިރު އަޒްކާގެ ތުރު ތުރު ލަމުން ދިޔަ ހަށިގަނޑު ފެނިފައި ހާސްވިއެވެ. އަވަހަށް އޭނާ ގެ ކައިރިއަށް ގޮސް ނިތްކުރީގައި އަތް ޖައްސާލީ ހުން ހުރިތޯ ބަލާލާށެވެ. އަތް ޖައްސާލި އިރަށް ވުރެން އަވަހަށް އަތް ދަމައިގަނެވުނީ ހޫނު ކަމުންނެވެ. އަވަހަށް އޭސީ ނިއްވާލުމަށްފަހު ރަޖާ ގަނޑުން އަޒްކާގެ ހަށިގަނޑު ނިވާ ކޮށްލިއެވެ. "މީޝްޝްޝް.." މާއިޝް ވަރަށް ބާރަށް އެހެން ގޮވާލުމުން މީޝާ ދުވެފައި އައިސް ކޮޓަރިއަށް ވަނެވެ. " އަޒޫ ވަރަށް ހުން ގަދަ..ކިހާ އިރަކު ބޭސް ދިނީ.." މާއިޝް އަހާލިއެވެ. "ހެނދުނު ބޭސް ކޭ ގޮތަށް އެއޮތީ..ނުހޭލާތީ އަދި ބޭސް ނުދެވިފަ.."މީޝާ އަޒްކާގެ ކައިރީ އިށީންނަމުން އެހެން ބުނުމުން ބޭސް ހިފައިގެން އައުމަށް މާއިޝް ބުންޏެވެ. މީޝާ ދިޔުމުން މާއިޝް އަޒްކާ ކައިރީ އިށީންދެ އޭނާ އަށް ގޮވާލިއެވެ. " އަޒޫ ހޭލަބަ..ބޭސް ކާން.." އަޒްކާ މަޑު މަޑުން ލޯ ހުޅުވާލުމުން މާއިޝް އޭނާގެ ކޮނޑުގައި ހިފާ ކޮޅަށް ނަގާ ހިފަހައްޓާލައިގެން އިނެވެ. އެވަގުތު މީޝާ ވެސް ބޭސް ހިފައިގެން އައެވެ. " ބޭހޭ ބުނީމަ ބޭސް އެކަނިދޯ..ކޮބާތަ ޖޫސް ތައްޓެއް ކަހަލަ އެއްޗެއް.." މާއިޝް އެހެން ބުނުމުން ކައިރީ ހުރި މޭޒު މަތީގައި ބޭހާއި ފެންތަށި ބެހެއްޓުމަށްފަހު މީޝާ އަނެއްކާވެސް ބޭރަށް ނިކުތެވެ.
އަޒްކާ މަޑު މަޑުން މާއިޝް ގެ މޭ މަތީ ބޯއަޅާލިއެވެ. އަދި އޭނާގެ އަތުން މާއިޝް ގެ އުނަގަނޑުގައި ވަށާލިއެވެ. އެއީ އަޒްކާ އަށް ނޭނގި ކުރެވޭ ކަމެއްކަން މާއިޝް އަށް ވިސްނުނެވެ. އެހެންކަމުން އެކަން މާ ބޮޑު ކަމަކަށް ނުހަދާ އަޒްކާގެ ގައިގައި ހިފަހައްޓާލައިގެން އިނީއެވެ.
"އަޒޫ މި ޖޫސް ތަށި ބޯލަބަ ބޭސް ކާން އަވަހަށް.." މާއިޝް އަޒްކާ ގެ ތުންފަތުގައި ޖޫސް ތަށި ޖައްސާލަމުން ބުންޏެވެ. ބަސް އަހާ ކުޑަ ކުއްޖެއް ފަދައިން އަޒްކާ ޖޫސް ތަށި ބޯލިއެވެ. ބޭސް ދިނުމަށްފަހު އަޒްކާ އެނދުގައި ބާއްވާލުމަށްފަހު މާއިޝް ނިކުތީ ބޭރަށެވެ. އޭނާ އަށް އަމިއްލަ ނަފުސު ދެކެ ރުޅި އާދެވުނުވެ. އަޒްކާ އާއި ދޭތެރޭ އެހާ ރުންކުރު ވެވޭތީއެވެ.
ވަގުތު ތައް ފާއިތުވަމުން ގޮސް އިރު އޮއްސިއްޖެއެވެ. މާއިޝް މީޝާ ގެ ކޮޓަރީގެ ސޯފާގައި އިށީންދެލައިގެން އަޒްކާ އާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. އޭނާ ގެ ނަޒަރު އެއްމެ ހިނދުކޮޅަކަށްވެސް އަޒްކާ އަކާއި ވަތްކެއްނުވެއެވެ. އިރުކޮޅަކުން އަޒްކާއަސް ހޭލެވުނެވެ. އެއްމެ ފުރަތަމަ ވެސް އޭނާގެ ލޮލުގައި އަޅައިގަތީ ކުރިމަތީގައި ހުރި ސޯފާގައި އިން މާއިޝް އެވެ. އެވަގުތު މާއިޝް އާއި ވާހަކަ ދައްކަން އޭނާ ބޭނުންވިއެވެ. އެތަނުގައި އެހެން މީހަކުވެސް ނެތީމައެވެ.
"މާއިޝް ކޭން ވީ ޓޯކް.." އަޒްކާ މަޑު މަޑުން ބުނެލިއެވެ. " ޔެސް ވީ ކޭން.." މާއިޝް ވަގުތުން ޖަވާބު ދިނެވެ. " ސޮރީ މިއަދު ކިޔުން އެއްޗިއްސަށް.. މަ ބޭނުން މެރީ ކުރުމުގެ ކުރިން މަގޭގެ މާޒީ ކިޔައިދޭން.." އަޒްކާ އެހެން ބުނުމުން މާއިޝް ސުވާލުގެ ނަޒަރަކުން އަޒްކާ އަށް ބަލާލިއެވެ. އަޒްކާ އެދައްކަނީ ކޮން މާޒީ އެއްގެ ވާހަކަ ބާއެވެ. އޭނާގެ ދިރިއުޅުމުގެ ގިނަ ކަނަތަށް ނަޒީރާ ވަނީ މާއިޝް އަށް ކިޔައިދީފައެވެ. ދެން އިތުރަށް އަޒްކާ ކިޔައިދޭން އޮތީ ކޮން ވާހަކަ އެއްބާއެވެ.
"އެއީ މީގެ 7 މަސް ކުރި..މަ ރަށުގަ އުޅެނިކޮށް.." އަޒްކާ ކިޔައިދޭން ފެށިއެވެ. އޭރު އަޒްކާ އުޅުނީ ރަށުން ބޭރުން ދަތުރުވަރެއްގައި ރަށަށް އައިސްގެން އުޅުނު ހާލިދު އާއި ލޯބީގެ ގޮތުން ގުޅިގެންނެވެ. ހާލިދަކީ މާލެއަށް ނިސްބަތްވާ މުއްސަނދި ޢާޢިލާ އެއްގެ ދެމަފިރިއަކަށް ލިބިފައި ހުރި ހަމަ އެކަނި ދަރިއެވެ. އުމުރުން 27 އަހަރުގެ ހާލިދަކީ އިސްކޮޅުން ދިގު ހަށިގަނޑު ރީތި މީހެކެވެ. މީހުންނާއި ގުޅޭ މަޖާ މީހެކެވެ. އަޒްކާއަށް ވެސް ހާލިދު ދެކެ ލޯބިވެވުނީ އެސަބަބުތަކާއި ހުރެއެވެ. އަޒްކާ އަށް ފުރަތަމަ ލޯބި ހުށަހެޅީ ހާލިދެވެ. އޭރު އަޒްކާ ދިރިއުޅެމުން ދިޔައީ އަޒްކާގެ ދޮންބައްޕަ ހަސަނާއި އެކު އެގޭގައެވެ. އިތުރު އެހެން މީހަކު ނޫޅޭ އެގޭގައި ހަސަނުގެ ނުބައި ނަޒަރުން ސަލާމަތްވުމަށް ނުހަނު ބޭނުން ވެފައި ވަނިކޮށް ހާލިދު އިންނަން އެހުމުން އަޒްކާ އިތުރު ވިސްނުމަކަސް ނުގޮސް އެކަމާ އެއްބަސް ވިއެވެ. ނަމަވެސް ކަންތަށް ވީ އަޒްކާ ހީކުރި ގޮތާއި ހިލާފަށެވެ. އަޒްކާ އާއި ހާލިދުގެ ލޯބީގެ ގުޅުން ތުންތުން މަތިން ގޮސް ދޮންބައްޕަގެ ކަންފަތުގައިވެސް ޖެހުނެވެ. ހަސަނު އެކަމަށް ފުރަތަމަވެސް ކުރީ ސާފު ބަހުން އިންކާރެވެ. އެހިސާބުން އަޒްކާއަށް ގެއިން ބޭރަށް ނިކުތުން މަނާ ކުރިއެވެ. ހާލިދާއި ވާހަކަ ދެއްކިކަން އެނގިއްޖެއްޔާ މަރާލާނެ ކަމަށް ހަސަނު ބުންޏެވެ.
ނަމަވެސް އަޒްކާ ވީ ބަލި ގަބޫލުކުރާނެ ކުއްޖަކަށް ނޫނެވެ.އެރޭ ހަސަނު ނިދުމުން އަޒްކާ ހާލިދު އެގެއަށް ވެއްދިއެވެ. ހާލިދު ވަގުތުގެ ބޭނުން ހިފާ އަޒްކާ ގެ ބޮލަށް އެރިލީ އިބިލީހެއް ހެންނެވެ. އަޒްކާ ވެސް ހަސަނަސް އެދެމީހުން އެއްކޮން ތިއްބައި ފެންނަން ބޭނުން ނުވާތީ ހާލިދަށް ކޮޓަރިއަށް ވަނުމަށް ދައުވަތު ދިނެވެ. އޭރު އޭނާ އަށް ނޭނގުނުކަމަކީ އަމިއްލަ އަތުން މި ދައިވަތު ދެވުނީ އަމިއްލަ ދިރިއުޅުމުގެ ހަލާކަށް ކަމަށެވެ.
ކޮޓަރިއަށް ވަދެވުމާއިއެކު އަޒްކާ ދޮރު ލައްޕާ ތަޅުލިއެވެ. އަދި ހާލިދަށް ސޯފާ ދައްކާލުމަށްފަހު އިށީނުމަށް ބުންޏެވެ. ވަރަށް މަޑުމައިތިރިކަމާއިއެކު ގޮސް ހާލިދު ސޯފާގައި އިށީނެވެ. އަޒްކާވެސް ހާލިދާއި ތަންކޮޅެއް ދުރުގައި ހަމަ އެ ސޯފާގައި އިށީނެވެ. އެވަގުތު ހާލިދު އޭނާ އާއި ކައިރިއަށް ޖެހެލިއެވެ. " ހާދަ ދުރުގަ ތީނީ..މިތާ އިތުރު މީހަކުވެސް ނެތޭ..އާދެބަލަ މަގޭ ކައިރިއަށް " ނުބައި ފާޑަކަށް ހެވިފައި އިނދެފައި ހާލިދު އެހެން ބުނުމުން އަޒްކާ ބިރުގަންނަން ފެށިއެވެ. ނަމަވެސް އަޅާނުލީ ހާލިދު އަބަދުވެސް އެކަހަލަ އެއްޗެހި ކިޔާތީއެވެ.
ހާލިދު މިފަހަރު އަޒްކާ ލައިގެން ހުރި ގަމީހުގައި ހިފާ އޭނާ އާއި ދިމާލަށް ދަމައިގަތެވެ. އެވަގުތު ގަމީހުގެ 3 ގޮށް ކަނޑައިގެން ގޮސް އަޒްކާގެ މޭމަތި ހާމަޔަށް ފެންނަން އޮތެވެ. އަޒްކާ ވަގުތުން ގަމީހުގެ ދެފަރާތް ކައިރިކޮށްލީ ހާލިދުއަށް އެގޮތަށް އިންދާ އަދި ފެންނަން ބޭނުން ނެތީމައެވެ. ނަމަވެސް ހާލިދު މާ ހުޝިޔާރެވެ. އަޒްކާ ސޯފާގެ މައްޗަށް ވައްޓާލިއެވެ. އަދި އޭނާގެ ގަމީސް އިރާލިއެވެ. އެވަގުތު އަޒްކާގެ ލޮލުން ކަރުނަތަށް ފައިބަން ފެށިއެވެ. " ހާލިދޫ..ތިހެން ނުހަދާ..މެރީ ނުކޮށް ތިކަހަލަ ކަމެއް ކުރާކަށް މަ ބޭނުމެއް ނޫން.." އަޒްކާ އެހެން ބުނުމުން ހާލިދު އޭނާ އާއި ދިމާލަށް ތިރިވެލިއެވެ. އަދި ބުންޏެވެ. "މީ ވަރަށް ސަޅި ކަމެއް..މަ އަޒްކާ އާއި ރައްޓެހިވީ ހަމައެކަނި މިކަމުގަ...މަ ވަރަށް އިންތިޒާރުކޮށްފިން މިދުވަހަށް.." އެހެން ބުނުމަށްފަހު ހާލިދު އޭނާގެ ގައިގައި ހުރި އަންނޫނު ބޭލިއެވެ. އަދި އަޒްކާ ގަދަކަމުން ހިފަހައްޓާ ބޭއްވުމަށްފަު އޭނާގެ އަނގަމަތީ ފޮތިގަނޑެއް އައްސާ ބާރު ކޮށްލިއެވެ.
ހާލިދު ގެ އެ ދެ އަތުން އަޒްކާ ގެ ގައިގާ ހުރި އެއްޗެހި އެއްވެސް ޖެހިލުމެއްނެތި އިރާލިއެވެ. އަދި ނަގައިގަނެގެން ގެންގޮސް އެނދުމައްޗަށް އެއްލާލާ އެނދުގައި ރަނގަޅަށް އައްސާލީ އެއްވެސް ރަހުމެއްނެތިއެވެ. ކަރުން އަޑު ނުނިކުތަސް އަޒްކާ އާދޭސް ކުރިއެވެ. ނަމަވެސް އެ ވޭނުން ފުރިގެންވީ ކަރުނަތަކެއް ހާލިދަކަށް ނުފެނުނެވެ.
ހާލިދު އެރަހުމު ކުޑަ އަމަލު ހިންގުމަށްފަހު ގަޔަށް އެއްޗެހި ލިއެވެ. އަދި އަޒްކާ އެހާލަށް އޮއްވާ ގޮސް ދޮރުހުޅުވާލިއެވެ. އޭރު ދޮރުމަތީގައި ހެވިފައި ހަސަނު ހުއްޓެވެ. " ކޮބާ ނިންމާލީ ތަ..؟މަ ވަންނަން ތަ..؟ " ހަސަނު ނުލަފާ ފާޑަކަށް އެހެން ބުނުމުން ހާލިދު ހަސަނު އަތަށް 1000 ރުފިޔާ ދީފައި އެތެރެއަށް ވަންނަން ތަން ދިނެވެ. " ކައެ ޖައްސާލާ ދެން..މަ އަންނާނަން މާދަމާ.."ހާލިދު އެހެން ބުނެފައި ބޭރަށް ނިކުތުމުން ހަސަނު އެތެރަށް ވަނުމަށްފަހު ދޮރު ލައްޕާތަޅުލިއެވެ.
އޭނާ ދުވެފައި ކަހަލަ ގޮތަކަށް އައިސް އަޒްކާގެ ގައިގެ އެތަން މިތާ އަތް ކާތަން ފެށިއެވެ. "މަ ކައިރިން ސަލާމަތް ވާން ދޯ އޭނަ އާއި ރައްޓެހިވީ..މަ ވާ މިއޮއް ހާ ދުވަހުވެސް ބަލާލަ ބަލާލަ ހުރީއެއްނުން..މިރޭ އެކަމް ކަލެ ތިހެން ދީގެން އޮއްވަ ކިހިނެއް ބަލަން ހުންނާނީ.." ހަސަނު އޭނާ ގެ އެދުން ފުއްދުމަށްފަހު އަޒްކާގެ އަތް މުހާލުމަށްފަހު އެތަނުން ނިކުތެވެ. މުށިގަނޑުމަތީގައި ދެމެމުން ގޮސް އަޒްކާ ފާހަނާ އަށް ވަދެ މާގަނޑު ދޫކޮށްލިއެވެ.
އޭގެ ފަހުން ކޮންމެ ދުވަހަކުވެސް އެކަންތަށް އައީ ތަކުރާރު ވަމުންނެވެ. މާގިނަ ދުވަހެއް ނުވެ އަޒްކާ ބަލިވެ އިނެވެ. ކާކުގެ ދަރިއެއްކަމެއްވެސް އޭނާ އަކަށް ނޭނގެއެވެ. ނަމަވެސް އެ ދަރިފުޅުގެ އޮތީ ކޮންކުށެއް ބާ އޭ ހިތަށް އެރުމުން އެ ދަރިފުޅު މިދުނިޔެއަށް އުފަންކުރަން އޭނާ އަޒުމް ކަނޑައެޅިއެވެ. ހަސަނަށް އެކަންތަށް މާގިނަ ދުވަހަކު ސިއްރެއް ނުވިއެވެ.އެދަރިފުޅު މިދުނިޔެއަށް އައިއްސިނަމަ ވާނެ ގޮތް އޭނާ އަށް އިނގެއެވެ.
އެއްރޭ ދަންވަރު އަޒްކާ އަށް ނިދިފައި އޮވެފައި ހޭލެވުނީ މީހަކު ދޮރު ޖެހި އަޑު އިވިގެންނެވެ. ބަލާލިއިރު ދޮރުމަތީ ހެވިފައި ހަސަނު ހުއްޓެވެ. ހަސަނު އައި ގޮތަށް އައިސް އަޒްކާގެ އިސްތަށިގަނޑުގައި ހިފައި ތިރިއަށް ވައްޓާލިއެވެ. އަދި ކޮޅުފައިން އޭނާގެ ބަނޑުގައި ތަޅަން ފެށިއެވެ. އަޒްކާ ރޮމުން ދިޔައެވެ. އެ ރުޔުމުގައި ވޭން ހުއްޓެވެ. ނަމަވެސް ހަސަނު ގެ ހިތަކަށް އަސަރެއް ނުކުރިއެވެ. ހިލަގަނޑަކަށް ކިތަންމެ ފެނެއް އެޅިޔަސް މަޑުވާނީ ކިހިނެއް ހެއްޔެވެ. އެގޮތަށް 5 މިނެޓު ވަންދެން ތެޅުމަށްފަހު އޭނާ ނިކުމެގެން ދިޔައީއެވެ. އޭރު އަޒްކާގެ ގައިން އޮހޮރެމުން ދިޔަ ލޭތަށް އޮޅުހެދިފައި އޮތެވެ. އެދަރިފުޅަކަށްޓަކައި އޭނާ ކެއްކުރި ދަރިފުޅުވެސް އޭނާގެ އަތުން ފޭރި ގަތީއެވެ.
އެހުރިހާ ވާހަކަ އެއް ކިޔައިދީ ނިމުނު އިރު އަޒްކާ އަށް ރޮވެއެވެ. އޭނާގެ ދިރިއުޅުމުގައި އެވަރުގެ ހިތާމައަކާއި އެކަނި ކުރިމަތިލާން ޖެހުނު ކަމެއް މާއިޝް އަކަށް ނޭނގެއެވެ. އަޒްކާ ރޯތަން ބަލަން މާއިޝް އަކަށް ކެތެއް ނުވިއެވެ. އޭނާ އަޒްކާ ގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ. ދެން ދުވަހަކުވެސް އަޒްކާ އަކަށް އެކަހަލަ ކަމަކާއި ކުރިމަތިލާކަށް ނުޖެހޭނެއޭ ބުނާ ފަދައިންނެވެ. އަބަދަށްވެސް ހިމާޔަތް ލިބޭނޭ ބުނާ ފަދައިންނެވެ.
ދުވަސްތަށް ހަލުވި ކަމާއި އެކު ފާއިތވަމުން ދިޔައެވެ. މާއިޝް އާއި އަޒްކާގެ ކައިވެނީގެ އެކި ކަންކަމުގައި އެއްމެން އުޅެމުން އައީ ނުހަނު ބުރަކޮށެވެ. ކައިވެނި ކުރާ ދުވަސް ކައިރިވާ ވަރަކަށް ކުރަން ޖެހޭ ކަންތައް އައީ ގިނަ ވަމުންނެވެ.
"މާއިޝް މެން މެރީ ކުރީމަ މަ ވެސް ބުނާނަން މަންމަ ކައިރީ މަށަށް މީޝް ދޭށޭ..މިހާރު މަށަށް ވެސް ކެތްވާވަރެއް ނޫން..." ރަށުގެ ތުނޑީގައި ހުރެ ގަހެއް ކައިރީ ހުރެފައި އާދިލް މީޝާ ކައިރީ ބުނެލިއެވެ. އެއާއި އެކު މީޝާގެ މޫނު ރަތް ވެގެން ދިޔައެވެ. " މި ހައިކަލް ވެސް މިހާރު އަންހެން ކުއްޖަކަށް ވަރަށް މެސެޖު ކުރޭ..ކާކު ކަމެއް ނޭނގޭ.." ތަންކޮޅެއް ދުރުގައި ފޯން އަށް ބަލަހައްޓައިގެން ހުރި ހައިކަލް އަށް ނަޒަރު ހިންގާލައިގެން ހުރެފައި އާދިލް ބުނެލިއެވެ. "އޭނަވެސް މީހަކާ އިންނަން ވާނެ އެއްނުން ތަ.." މީޝާވެސް މަޖާވެލާފައި ބުނެލިއެވެ. "އަޒޫ އާއި ދޮނބެ އަދިވެސް ހިއެއްނުވޭ ދޯ އޯކޭ ހެންނެއް..މަ ވަރަށް ބިރުގަނޭ އަޒޫ އަށް ދެރަގޮތެއް ވެދާނެތީ.."މީޝާ އޭނާގެ ހިތް ނުތަނަވަސް ކުރުވަމުން ދިޔަ ވާހަކަ އާދިލް އާއި ހިއްސާކުރިއެވެ.
"އެހެން ނުވިސްނާ..އަހަރުންވެސް މިތިބީ އެއްނުން އަދި..އަޒޫ އަކަށް ދެރަ ގޮތެއް ނުވާނެ އިރާދުކުރެއްވިއްޔާ.." އާދިލް މީޝާ އަށް ހިތްވަރު ދިނެވެ.
ކޮޓަރި އެނދުމަތީގައި ކައިވެނި ހެދުން ބާއްވައިގެން އެޔަށް ބަލަހައްޓައިގެން އަޒްކާ އިނެވެ. ކުރިމަތިން ފެންނަން އޮތް ހެދުމަކީ އޭނާ އަބަދުވެސް ލާން ބޭނުން ވި ހެދުމެކެވެ. އެތަށް ދުވަހެއްގެ ދިގު އިންތިޒާރަކަށް ފަހު ކައިވެނި ހެދުން ލާނެ ފުރުސަތުވެސް ލިބެނީއެވެ. މިހާރު އަޒްކާ އާއި މާއިޝް ގުޅުންވެސް މަޑު މަޑުން ރަނގަޅުވަމުން އަންނާތީ އަޒްކާ އެކަމާ ވަރަށް އުފާކުރެއެވެ.
"އަޒޫ ކޮބާ ތައްޔާރު ވާން އުޅޭ..އަދިވެސް ތިހެން ތިހުރީ ހަމަ.." އެނދު ކައިރީ ހުރި އަޒްކާ ފެނިފައި މީޝާ ބުނެލިއެވެ. "އައެމް ނާވަސް..ހަމަ ކައިވެނި ކުރެވެންތަ މިއުޅެނީ.." އަޒްކާ ގެ އަޑުގައި ވާ މަޑު މަޑު ތުރު ތުރު ލުމުން އޭނާ ހަސްވެފައި ހުރި ވަރު ވަރަށް ރަނގަޅަށް ދޭހަވެއެވެ. "އަޒޫ..ހަމަ ޖެހިބަ..އަހަރުންވެސް ތިބޭނެ އެއްނުން..ތިހާ ބިރު ގަންނަނިކޮށް ކަމެއް ވެއްޖިއްޔާ އޯ.." މީޝާ އަޒްކާ ހަމަ އަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ.
ރަށު ސްކޫލް ތެރެ ވަނީ އެކި ކުލަ ކުލައިގެ ބޮކި ފަތިން ޖަރީ ކޮށްލާފައެވެ. ވަންނަތާ ދޮރުމަތީގައި ގޭޓެއް ހަދާފައި ހުއްޓެވެ. އަދި އެތާނގައި ބޮޑު އަކުރުން "މާއިޝް ވެޑްސް އަޒްކާ " ލިޔެފައި ވެއެވެ.
ޕާޓީގައި ހަރަކާތް ކުރަމުން ދިޔަ އެއްމެންގެ ލޯތަށް އަމާޒުވީ ކާރުން ފޭބި އަޒްކާ އަށެވެ. ހުދު ކުލައިގެ މާމެޑް ހެދުމެއް ލާފައި ވާ އިރު އޭނާ ފެންނަލެއް ވަރަށް ފުރިހަމަ އެވެ. ފަން ދިގު އިސްތަށިގަނޑުވަނީ ބޮޑު ހުޅިއެއްޖަހާފައެވެ. މޫނުމައްޗަށް ދެފަޅިން ވައްޓާލާފައި އިން އިސްތަށިކޮޅުން އަޒްކާ ގެ ފުރިހަމަ ކަން ދެގުނައަށް އިތުރު ކޮށްދެއެވެ. ކޮށްފައިވާ މޭކަޕުން އަޒްކާ އާއި ނުހަނު ގުޅެއެވެ. އެއް އަތުން ހެދުމުގެ އެއްފަޅީގައި ހިފަހައްޓާލައިގެން މަޑު ހިނގުމެއްގައި އަޒްކާ ކުރިއަށް ހިނގައިގަތެވެ. އެވަގުތު މާއިޝް އައިސް ހެދުމުގެ އަނެއް ފަޅީގައި ހިފާލިއެވެ.
"އަނބި ގަބޫލު ކޮށްފިން.." މާއިޝް އެހެން ބުނި އަޑަށް މުޅި ހިސާބު ގުގުމާލައިގެން ދިޔައީ މިއުޒިކު ގެ އަޑުންނެވެ. އެއާއިއެކު ޕާޓީ ފެށިގެން ދިޔައެވެ. ޕާޓީ އަށް އަންނަ ކޮންމެ މީހަކުވެސް އަޒްކާ އަށް ތަޢުރީފުގެ ބަސްތައް އޮއްސާލައެވެ. "މަގޭ އަންހެނުން ހަމަ އެހާ ރީތި ތަ..؟؟ މަ ބަލާނީ ގެއަށް ދިޔައިމަ.." މީހުން މަދުވިގަޑީގައި މާއިޝް އަޒްކާ ލަދުގަންނަވާލިއެވެ. އެވަގުތު އަޒްކާގެ މޫނަށް އެރި ރަތް ކުލައިން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނެވެ. ބަލާ ފޫހުނިވާނޭ މޫނެކެވެ.
2 ގަޑިއިރުގެ ޕާޓީ އަކަށް ފަހު ޕާޓީގެ ކަންތަށް ނިމުނެވެ. ވެފައި ވާ ވަރުބަލިން އަޒްކާ ވެސް މާއިޝްވެސް ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އެހެންކަމުން "ނިއުލީ ވެޑްސް ކަޕަލް " ގެ ކެއުމަށްފަހު ދެމީހުން ކާރަށް އެރީ ގެއަށް ދިއުމަށެވެ.
ގެއަށް ގޮސް ވަދެވުމާއިއެކު އަޒްކާ ކޮޓަރިއަށް މިސްރާބުޖެހިއެވެ. " ބަލަ އޭ..މިހާރު ދެން ތި ކޮޓަރިއަށް ދާކަށް ނުޖެހޭނެ ދޯ..އަޒޫ ދާން ޖެހޭނީ މަގޭ ކޮޓަރިއަށް ދޯ.." މާއިޝް އެހެން ބުނުމުން ލަދުން ހުރެނަމަވެސް އަޒްކާ މާއިޝްގެ ކޮޓަރިއަށް ވަނެވެ.މާއިޝް ވެސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާ ތަޅުލިއެވެ. އަދި ކުރިޔަށް ގޮސް ގިސް ހުރި އަޒްކާގެ އަތުގައި ހިފާ އޭނާ އާއި ދިމާލަށް ދަމައިގަތެވެ. "ސޯ..ދެން ކޮންކަމެއް އޮތީ.." މާއިޝް އެހެން ބުނުމުން އަޒްކާ އަނެއްކާވެސް ލަދުގަތެވެ. މާއިޝް އޭނާ އާޢި އެހެން މުހާތަބު ކުރާނެކަމަކަށް އޭނާ އުއްމީދެއް ނުކުރެއެވެ. " ކޮން ކަމެއް..ނެތް އެއްވެސް ކަމެއް..ނިދާލަން ބޭނުމީ.." އަޒްކާ އިސްދަށަށް ޖަހާލައިގެން ހުރެފައި އެހެން ބުނެލިއެވެ. " ނިދަންށޭ..އެހާ އަވަހަކަށް ނުއެއް ނިދޭނެ.." މާއިޝް އަޒްކާ ގެ ބޮލުގައި ހަރުކޮށްފައި ހުރި ދަތިތަށް ނައްޓަމުން އެހެން ބުންޏެވެ.
"ނެތޭނުން ދޯ ދައްޗެއްވެސް ޖަހާލާފަ އެއް..މަށަށް އުނދަގޫކުރަން ދޯ މިހެން ހަދާފަ މިހިޜީ..އެކަމްވެސް ނިމުނީ އިނގޭ.." އެއްމެ ފަހު ދަތި ނައްޓާލަމުން މާއިޝް އެހެން ބުނެލިއެވެ. އަދި މަޑު މަޑުން އަޒްކާ އާއި އިތުރަށް ގާތްވެލައި އޭނާގެ ކަނފަތުގައި ލާފައި އިން އެތިވެސް ނަގާލިއެވެ. އޭރު އަޒްކާ ގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ހީވަނީ ރޯމަހެއް ހެންނެވެ. މާއިޗް އަށް އެކަން ފާހަގަ ވިއެވެ. ނަމަވެސް އެއްޗެއް ނުކިޔާ އަޒްކާގެ އުނަގަނޑުގައި ހިފާ ގެނެސް އޭނާގެ ގަޔާ ލާ ތަތްކޮށްލަމުން އަޒްކާގެ ކޯތާފަތުގައި ބޮސް ދިނެވެ. އެވަގުތު މާއިޝް އާއި ދުރަށް އަޒްކާ ދުއްވައިގަތެވެ. ނަމަވެސް މާއިޝް ހުށިޔާރުކަމާއިއެކު އަޒްކާގެ އަތުގައި ހިފާ އޭނާ އާއި ދިމާލަށް ދަމައިގަތެވެ. އެވަގުތު އަޒްކާގެ ބޮލުގައި ޖަހާފައި އިން ހުޅު މޮހިގެން ދިޔައެވެ. އެ ފަން ދިގު އިސްތަށިގަނޑު ވައިގެ ތެރެއަށް ދޫވެގެން ދިއުމާއިއެކު މުޅި ހިސާބުގައި މީރު ވަހެއް ހިފާލިއެވެ.
ކޮޓަރީގެ ހުދު ބޮކި ނިއްވާލުމަށްފަހު ރަތް ކުލަިގެ ލައިޓެއް ޖައްސާލުމަށްފަހު މާއިޝް އަޒްކާ ގެންގޮސް އެދުގައި ބޭންދިއެވެ. އަދި އޭނާގެ ކޯޓު ބޭލުމަށްފަހު އަޒްކާގެ ފުރަގަހުގައި އިއްތާލިއެވެ.
މާއިޝް ގެ އަތް އަޒްކާގެ ކަނދުރާގައި ޖެހުމާއިއެކު އަޒްކާގެ ގައިންހީބިހި ނަގައިގަތެވެ. މާއިޝް އަޒްކާގެ ހެދުމުގައ އިން ޒިޕް ކަހާލުމާއިއެކު އަޒްކާގެ އެ ރީތި ހަށިގަނޑު ހާމައަށް ފެންނަން ހުއްޓެވެ. އެވަގުތު ކިތައްމެ ލަދުގަތަސް ފިރިމީހާ ބޭނުންވާ ކަންތައް ކޮށްދޭން އަޒްކާ ބޭނުން ވިއެވެ.
ނަމަވެސް މާ ގިނަ އިރަކު އަޒްކާ އަކަށް އެހެން ނުއެއް އިނދެވުނެވެ. އޭނާގެ ބޮލުގައި ރިއްސަން ފެށޮއެވެ. މަޒީގައި ހިނގި ކަންތަށް އޭނާގެ ލޯކުރިމަތީގައި ސިފަވަމުން ދިޔައެވެ. އެ އެއްވެސް ކަމެއް މާއިޝް އަކަށް ރެޔަކާވެސް ނުލައެވެ. އޭނާ އަޒްކާ އެނދުގައި ބާއްވާލިއެވެ. އަދި އަޒްކާގެ ކަނދުރާގއި ބޮސްދިނެވެ. އޭރު އަޒްކާ އޮތީ އެނދުގައި އަޅާފައި އޮތް ބެޑްޝީޓުގައި ދެއަތުން ބާރަށް ހިފަހައްޓައިގެންނެވެ. މާއިޝް ލަސް ލަހުން އަޒްކާގެ މޫނާއި ކައިރި ވެލިއެވެ. އެވަގުތު އަޒްކާ އަށް އިތުރަށް އުނދަގޫވާންފެށިއެވެ. އޭނާ އަށް ބޭއިހްތިޔާރުގައި މާއިޝް ގަޔާއި ދުރަށް ކޮއްޕާލެވުނެވެ. އެކަހަލަ ކަމަކަށް އުއްމީދުނުކޮށް އޮތް މާއިޝް އަށް ލިބުނީ ކުއްލި ސިހުމެކެވެ. ނަމަވެސް އަޒްކާ އަށް ވަމުން ދިޔަ ގޮތް ފެނިފައި އޭނާ އަވަސް އަވަހަށް އަޒްކާ ގެ ކައިރިއަށް އައެވެ. "އަޒޫ..ކިހިނެއް ވީ..ހަމަޖެހިބަލަ މީ މަށޭ.." "ނޫން އެހެން ނުހަދާ..ޕްލީޒް އެހެން ނުހަދާ.." އަޒްކާ ލޯމަރާ ބާރު ކޮށްލައިގެން އޮވެ ރޮމުން ދިޔައެވެ. އަޒްކާ އަށް ވަމުން ދިޔަ ގޮތް ފެނިފައި މާއިޝް ގެ ލޮލުން ކަރުނަ ފޫއްދާލިއެވެ. އަޒްކާ އަށް އެހެން އެވަނީ ކީއްވެކަން މާއިޝް އަށް އޮޅިފައެއްނެތެވެ.
އެއްމެ ފަހުން މާއިޝް އަޒްކާ ނަގާ ގަޔާލާ ބޮނޑިކޮށްލިއެވެ. " އަޒޫ ހަމަޖެހިލަބަ..މަ މިހިރީ އެއްނުން އަޒޫ ކައިރީ..އެއްވެސް މީހަކަށް އަޒޫ އަކަށް ކަމެއް ނުކުރެވޭނެ.." މާއިޝް ނުހަނު އޯގާތެރިކަމާއިއެކު އަޒްކާގެ ގައިގައި ރަޖާގަނޑު އޮޅާލާ ނިވާކޮށްލަދިނެވެ. އަޒްކާ އަށްވެސް މާއިޝްގެ އަތުގެ ހިމާޔަތަށް އެދެވެއެވެ. އޭނާއަށް މާއިޝްގެ ގައިގާ ބައްދާލެވުނެވެ. އަދި ގިސްލަ ދިސްލާފައި ރޮމުން ދިޔައެވެ. " ސޮރީ މާއިޝް..މަ އެއްވެސް ވަރަކަށް ހިތަކަށް ނާރާ މާއިޝް އެހާ ބޭނުންވެފް ހުއްޓަ މިހެން ކަންތައްކުރާކަށް.." އަޒްކާ ބުނެލިއެވެ. " ޝްޝްޝްޝްޝް..މަށަށް އަޒޫގެ ހެލްތް މާ މުހިއްމު ކަން އަބަދުވެސް ހަނދާން ބަހައްޓައްޗޭ..މަ ދެން ކެއްކުރާނަން އަޒޫ އަށް ރެޑީ ވެވެންދެން..އަޒޫ ބޭނުންވީމަ ނޫނީ މަދެން އަޒޫ އާއި ކައިރިއެއް ނުވާނަން.." މާއިޝް ބުނެލިއެވެ. އެހެން ކަންތައް ވާކަށް އަޒްކާ ބޭނުމެއް ނޫނެވެ.ނަމަވެސް އޭނާއަށް މިއަދު އިތުރު ގޮތެއްވެސް ނެތެވެ. "އެކަމް އަޒޫވެސް ހަނދާން ކުރަން ޖެހޭނެ އަޒޫކަން މަސައްކަތް ކުރަން ޖެހޭނީ ތިކަމުން އަރައިގަންނަން..މަ އަބަދުވެސް އަޒު މަސައްކަތް ކުރަންޔާ އެހީ ވެދޭނަން..އަޒޫއަށް ޖެހޭނީ ހިތްވަރުކޮށްފަ ތިކަމާ ކުރިމަތިލާން.."މާއިޝް އެހެން ބުނުމަށްފަހު އަޒްކާ އެނދުގައި ބާއްވާލާފައި ތެދުވަން އުޅުނެވެ. ނަމަވެސް އެކަން ހުއްޓުވީ އަޒްކާއެވެ. އޭނާ މާއިޝް ގެ އަތުގައި ހިފާ އޭނާ އާއި ކައިރި ކޮށްލިއެވެ. މާއިޝް އާއި ކައިރި ވުމާއިއެކު އަޒްކާ އަށް އުނދަގޫވާން ފެށިއެވެ. ނަމަވެސް އޭނާ ހިތްވަރުކޮށްފައި މާއިޝް ގެ މޭގައި ބޯއަޅާލިއެވެ.އަދި މާއިޝްގެ ގަމީހުގެ ގޮއްތަށް ނައްޓާލިއެވެ. އެއާއިއެކު މާއިޝްގެ އެ ފިރެހެންވަންތަ ހަށިގަނޑު ފެނިގެން ދިޔައެވެ. އަޒްކާ މަޑު މަޑުން މާއިޝްގެ ތުންފަތުގައި ބޮސްދިނެވެ. އެއާއިއެކު މާއިޝް އަށް ސިގުނަލެއް ލިބުނެވެ. އޭނާ އަޒްކާގެ އުނަގަނޑުގައި ހިފާ އޭނާ އާއި ކައިރި ކޮށްލިއެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ އަޒްކާ އަނެއްކާވެސް މާއިޝް ދުރަށް ކޮއްޕާލިއެވެ.
"އަޒޫ.."މާއިޝް އަށް ތަންކޮޅެއްބާރަށް ބުނެވުނެވެ. "ސޮރީ..މަ މިދަނީ ޗޭންޖު ކޮށްގެން ނިދަން..އަޒޫ ވެސް ނިދާލަ ދެން.." މާއިޝް ރުޅިމަޑު ކުރަމުން އެހެން ބުނެފައި ފާހަނާއަށް ވަނެވެ. އަޒްކާ ގެ ލޮލުން ކަރުނަތައް ފައިބަންފެށީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. އޭނާ އެހެން މީހަކަށް ކުރި އިތުބާރެއްގެ ސަބަބުން މިއުފާވެރި ރޭގެވެސް އުފާވެރިކަން އޭނާ އަކަށް ނުލިބުނެވެ. އެހެންވާންވީ ކީއްވެހެއްޔެވެ. އޭނާ ނުކުރާ ކުށެއްގެ އަދަބު އޭނާ ލިބެންވީ ކީއްވެހެއްޔެވެ. އެއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ. އަޒްކާ އަމިއްލަ ނަފުސާއި ސުވާލު ކުރަމުން ދިޔައެވެ.
ފާހަނާއިން ނިކުން މާއިޝް އަށް އަޒްކާގެ ހާލު ފެނިފައި ހަމްދަރުދީ ވެވުނެވެ. އޭނާ އަވަސް ފިޔަވަޅު ތަކެއްގައި އަޒްކާގެ ކައިރިއަށް ދިޔައެވެ. "އަޒޫ..ނުރޮއެބަ..މަ ރުޅިއެއް ނާދެއޭ..ތަންކޮޅެއް ބާރަށް ބުނެވުނީ ދޯ.." މާއިޝް އަށް ހީވީއޭނާ އަށް މާ ބާރަށް ވާހަކަ ދެއްކެވުމުން އަޒްކާ ދެރަވި ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. " އަޒޫ ޕްލީޒް..ނުރޮއެ ރެސްޓް ކޮއްލަބަ..މިހާރު ވަރުބަލިވެފައޭނުން ހުންނާނީ.." މާއިޝް އަޒްކާ ނަގައި އެނދުގައި ބާންދަމުން ވަރަށް އޯގާތެރިކަމާއިއެކު އެހެން ބުނެލިއެވެ. އިތުރަށް މާއިޝް ހިތުގައި ނުޖެއްސުމަށް އަޒްކާ އަޒުމް ކަނޑައެޅިއެވެ. އޭނާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލާފައި މާއިޝް އާއި ދިމާލަށް ބަލާލިއެވެ. އޭރު މާއިޝްގެ އެ ތޫނު ނަޒަރު ހުއްޓިފައިވަނީ އަޒްކާ އަށެވެ.
"ސޮރީ މާއިޝް..މަ ގަސްތަކުނޫން ..މަ ވަރަށް ޓްރައި ކުރާނަން މިކަމުން ސަލާނަތްވާން..އެކަމަކު މާއިޝް މަ އެކަނި ކޮށްނުލައްޗޭ.."އަޒްކާ އެދުނީ އުމުރު ދުވަހައްވެސް މާއިޝް އޭނާ އާއި އެކުގައި ވެދިނުމަށެވެ. މާއިޝް އަށް އިތުބާރުކޮށްފައި އޭނާ ހަޔާތުގައި އެޅި ބިންގާ ހަލާކުވިޔަނުދީ ކުރިޔަށް ދިޔުމަށް އޭނާ ހިތްވަރުކުރާނެއެވެ.
ގަދަ ނިދީގައި އޮތް އަޒްކާ އަށް ހޭލެވުނީ ފޯން އެލާމް ވާ އަޑަށެވެ . ތެދުވެ ފޯން ގެ އެލާމް އަވަހަށް ނިއްވާލީ މާއިޝް އަށް އުނދަގޫ ވެދާނެތީއެވެ. އަޒްކާ ގަޑި ބަލާލިއިރު 5 ޖެހީއެވެ. ވަރަށް މަޑު މަޑުން ތެދުވެ ފާހަނާ އާއި ދިމާލަށް ހިނގައިގަތީ މަގަތުގައި ނިދާފައި އޮތް މާއިޝް އަށް ހިލަމެއްވެސް ނުވާނެހެންނެވެ.
ފާހަނާއިން ނިކުތުމަށްފަހު އަޒްކާ މާއިޝް އަށް ބަލާލިއެވެ. އަރާމު ނިންޖަކުން ނިދާލާފައި އޮތް އިރު ވަރުބަލިވެފައި ހުރި ވަރު ރީތިކޮށް ހާމަވެއެވެ. ނަމަވެސް އަޒްކާ އަށް މާއިޝް އަށް ގޮވަން މަޖުބޫރުކުރުވީ ފަތިސް ނަމާދެވެ. "މާއިޝް ..ހޭލަބަ ނަމާދު ކުރަން.."އަޒްކާ މަޑު މަޑުން މާއިޝްގެ ގައިގާ ކޮށްޓާލިއެވެ. މާގިނަ އިރު ތަކެއް ނުވެ މާއިޝް ލޯހުޅުވާލިއެވެ. އެވަގުތު ކުރިމަތީގައި ހުރި އަޒްކާ ފެނިފައި އޭނާއަށް ކަޅި ޖަހާލަން ވެސް ހަނދާންނުވިއެވެ. އެ ތެއްކަން ހުރި އިސްތަށިގަނޑުގައި އަތް ހިންގާލަ ހިންގާލާ އަޒްކާ އިނީ މާއިޝް ހޭލާނެ އިރެއްގެ އިންތިޒާރުގައެވެ. "ބަންގި ގޮވައިފި ނަމާދު ކޮށްގެން އޮންނަގަ.." އަޒްކާ އެހެން ބުނުމުން މާއިޝް ވަރަށް ފަސޭހަކަމާއިއެކު ތެދުވިއެވެ.
މާއިޝް އަށް ފާހަނާއިން ނިކުމެވުނު އިރު އަޒްކާ ނަމާދަށް ހުއްޓެވެ.
"އަޒޫ ކޮފީއެއް ގެނެސްދީބަ.." އަޒްކާ ބޭރަށް ނިކުންނަން ފެށުމުން މާއިޝް ބުނެލިއެވެ. އާނއެކޭ ބުނުމުގެ ގޮތުން އަޒްކާ ބޯޖަހާލިއެވެ.
އަޒްކާ އަށް ބަދިގެ އަށް ވަދެވުނުއިރު އެކަކުވެސް ފެންނާކަށް ނެތެވެ. އެހެން ކަމުން އަވަހަށް ފެން ހޫނުކުރަން ޖެއްސުމަށްފަހު ކޮފީ އުރަ ކަނޑާލާފައި ޖޯޑަށް އަޅާލިއެވެ. "އެކަނި އެކަނިން ކޮފީ ބޯލަނީ ތަ.."ފަހަތުން އިވުނީ މީޝާ ގެ އަޑެވެ. "ނޫނޭ..ދޮންބެ އަށް.."އަޒްކާ އެހެން ބުނުމުން މީޝާ ގެ ދިމާކުރުން ފެށުނެވެ. " އައްދެ..ފިރިބެ އަށް ދޯ..ހޫމްމް ހޫމްމް..ދެން އަހަރުންނަކަށް ނުގޮވާނެ ކޮފީ ބޯކަށް.." މޫނުމައްޗަށް ވައްތަރުތައް ޖައްސަމުން މީޝާ ވާހަކަ ދެއްކިއެވެ. "ސާބަސް މީޝް އަށް..ތިވަރު ނުކުރިޔަސް ކޮފީ ގިރައިދީފަނަމޭ.." އަޒްކާ އެހެން ބުނުމުން މީޝާ ހޭން ފެށިއެވެ. ފަހަތުން އަޒްކާ އަށް ވެސް ހެވުނެވެ. " އޭ އޭ ކޮންތާކަށް ކޮފީ ތަށި ހިފައިގެން..އަދި ގެންގޮސް ތުމުގަވެސް ޖައްސާދެންތަ.." މިފަހަރުވެސް މީޝާ އަޒްކާ އާއި ދިމާކޮށްލިއެވެ. މޫނު ކުނިކޮށްލުމަށްފަހު އަޒްކާ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ.
- ނުނިމޭ
ރީތި ވާހަކަ އެއް.ޕާޓުތައް އަޕް ކުރާލެއް މާ ލަހީ.