ޖަމާލުއްދީން ސްކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެެ ސްކޫލަށް މީހަކު ވަދެ މާރާމާރީ ހިންގަން އުޅުނު މައްސަލައެއް މިއަދު ހެނދުނު 8:49 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމާށާއި އެ މައްސަލައާ ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވާ ކަމަށެވެ.

އެހެންނަމަވެސް މާރާމާރީ ހިންގަން މަސައްކަތް ކުރިގޮތް އަދި ސާފު ނުވިނަމަވެސް އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.