ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްގެ ކޭސްއެއް ރާއްޖެއިން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަމަށް ސަލާމުވާން އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދާ ހަމައަށް ރާއްޒެއިން އަދި އަވަށްޓެރި ގައުމަކުންވެސް މަންކީޕޮކްސް ކޭސް ފެނިފައި ނުވާ ކަމަށެވެ. އަދި 21 މަންކީޕޮކްސްއަކީ ބަލި ޖެހިފައިވާ މީހަކާއެކު ގިނައިރު ކޮންޓެކްޓް ވުމުން ފެތުރޭ ބައްޔަކަށްވުމާއެކު، މިވަގުތު ރާއްރޭގައި މިބަލި ފެތުރުމުގެ ރިސްކް ކުޑަކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންނަމަވެސް ގިނަ ގައުމުތަކުން ބަލި އުޅޭތީ ދެނެގަތުމަށް ކުރާ މަސައްކަތްތައް އިތުރުވުމާއެކު، އިތުރު ގައުމުތަކުން ކޭސްތައް ފެނިދާނެ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެއާ ގުޅިގެން ރާއްޖެއަށްވެސް ކޭސްއެއް އައުމަކި އެކަށީގެންވާ ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން އާއްމު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މަންކީޕޮކްސް އާ ބެހޭ މައުލޫމާތު ހިމެނޭ ސްލައިޑެއް

މިގޮތުން މަންކީޕޮކްސްއާއި މިފަދަ އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތް ސާފު ކުރުމާއި މާސްކް އެޅުމުން އަދި އެއްވެސް އަލާމާތެއް ހުރިނަމަ އެހެން މީހުންނާއި ބައްދަލުވެ ގައިގޯޅިވެ ނޫޅުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ހުން އައުމާއި، ގައިގައި ރިހުންފަދަ އަލާމާތްތަކާއެކު، ގޮށްލާ، ހަމުގައި ބިހި ނަގައިފި ނަމަ އަވަހަށް ޑޮކްޓަރަކަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މަންކީޕޮކްސް އާ ބެހޭ މައުލޫމާތު ހިމެނޭ ސްލައިޑެއް

އެޗްޕީއޭއިން ބުނީ ދުނިޔޭގައި ފެތުރޭ އެހެނިހެން މުހިއްމު ނުވަތަ އާދަޔާ ހިލާފު އައުޓްބްރޭކް ތަކެކޭ އެއްގޮތަށް މިއައުޓްބްރޭކްވެސް މޮނީޓާކޮށް ރިސްކް އެސެސްމަންޓްތައް ހަދަމުން ގެންދާނެ ކަމަށެވެ. އަދި މި ބައްޔާ ބެހޭ މައުލޫމާތު ސިއްހީ ފަރުވާދޭ ފަރާތްތަކާ ހިއްސާކުރުމާއި، ބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ކޭސްއެއް ފެނިއްޖެނަމަ އެކަމާ ގުޅިގެން އަމަލުކުރާނޭ އުސޫލުތަށް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މަންކީޕޮކްސް އާ ބެހޭ މައުލޫމާތު ހިމެނޭ ސްލައިޑެއް

މަންކީޕޮކްސްއަކީ އާއްމުކޮށް މިބަލީގެ ވައިރަސް ހުންނަ ޖަނަވާރުގެ ފަރާތުން ފެތުރޭ އެއްޗެކެވެ. ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ އެހެން ގިނަ ބަލިތަކާ ތަފާތުކޮށް، އިންސާނުންގެ ތެރޭގައި މަންކީޕޮކްސް އާއްމުކޮށް ެތުރެނީނި ބަލިޖެހިފައިވާ މީހަކާ ގިނައިރު ކޮންޓެކްޓް ވެގެންނެވެ. އިންސާނުންގެ ތެރޭގައި އެކުގައިން އަނެކަކު ގަޔަށް މިބަލީގެ ވައިރަސް ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލުމުގެ ނިޒާމަށް ގޮސްގެންނާއި، ބަލި މީހާގެ ހަމުގައިވާ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުންނާއި، ބަލިމީހާގެ ހެދުމާއި، ބެޑްޝީޓް، ތުވާލި ފަދަ ތަކެތީގައި ޖެހުމުންނެވެ.