ދުވަސްތަކަކަށް ފަހު ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުދަށްވެ، 805 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ 4411 ސާމްޕަލް ނެގި ކަމަށާއި އޭގެ ތެރޭގައި މާލެ ސަރަހައްދުން ނެގި 1408 ސާމްޕަލް ހިމެނޭ ކަމަށެވެ. އަދި މުޅި ޖުމްލަ ނެގި ސާމްޕަލްގެ 18.25 ޕަސެންޓް ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން ވަނީ ނެގި ސާމްޕަލްގެ 6 ޕަސެންޓް ޕޮޒިޓިވްވެފައެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ އަދަދަށް ބަލާއިރު ޖުމްލަ 805 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި 90 މީހަކާއި ރަށްރަށުން ޕޮޒިޓިވްވި 637 މީހަކު ހިމެނޭއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 52 މީހެކެވެ.

ޕޮޒިޓިވްވާ އަދަދު މަދުވަމުން އަންނައިރު ހޮސްޕިޓަލުގައި ކޮވިޑް ޖެހިގެން އެދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. މިހާރު 28 މީހަކަށް ފަރުވާދެމުން އަންނަ އިރު މިދިޔަ ޖެނުއަރީ މަސްތެރޭގައި އެ އަދަދު ވަނީ 60 އަށް ވުރެ މައްޗަށްވެސް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 162،974 މީހަކަށް ކޮވިޑް ބަލި ޖެހިފައިވާއިރު މި ބަލީގައި 290 މީހަކު ވަނީ މަރުވެފައެވެ.