އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން 2021 ވަނަ އަހަރު އެންމެ ރަނގަޅު ވިޔަފާރި ކޮށްފައިވާ އެޖެންޓުންގެ އަގު ވަޒަން ކޮށްފިއެވެ.

މިދިޔަ އަހަރު މާޗް މަހު "ކޮންސްޓްރަކްޝަން އެޖެންޓު" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 22 ފަރާތެއް ހޮވައި އެސްޓީއޯ އިން އެޖެންޓުން މެދުވެރިކޮށް ވިޔަފާރިކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

އެގޮތުން އެސްޓީއީ ގެ މި އެޖެންޓުންގެ އަގު ވަޒަން ކުރުމަށްޓަކައި މިއަދު ބޭއްވި ހަފްލާގައި 2021 ވަނަ އަހަރުގެ އެންމެ ރަނގަޅު 5 އެޖެންޓުން ވަނީ ހޮވާފައެވެ. އަދި އެ ފަރާތްތަކަށް އިނާމެއްގެ ގޮތުގައި 5000 ރުފިޔާގެ ގިފްޓް ވައުޗާއެއް ވަނީ ހަވާލުކޮށްފައެވެ. މި ގިފްޓް ވައުޗާތައް ހަވާލުކޮށް ދެއްވީ އެސްޓީއޯ އެނާޖީ އެންޑް ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާންއެވެ.

އެސްޓީއޯ ކޮންސްޓަރަކްޝަން އެޖެންޓުން ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް އެންމެ ހެޔޮ އަގުގައި ކޮންސްޓްރަކްޝަން ސާމާނު ފަސޭހަ އިން ލިބޭނެ ގޮތް މަގު ފަހިވެ، އަތޮޅު ތަކުގައި ތިބި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރި އެރުވުމެވެ.

ކާމިޔާބު ކަމާއެކު މިހާރު ކުރިއަށްދާ މި ވިޔަފާރީގައި 17 އަތޮޅެއްގައި 58 ކޮންސްޓްރަކްޝަން އެޖެންޓު ހަރަކާތްތެރިވެއެވެ.