ވެރިކަމަށް އާދެވޭނީ 30 ޕަސެންޓް ލިބިގެންތޯ ނިންމާނީ އެމްޑީޕީއަކުން ނޫން ކަމަށް ސައިރެކްސް ކޮލެޖުގެ ޗެއާމަން އަދި އެމްއެންޕީގެ ނައިބު ރައީސް، އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ އެމްޑީޕީގެ ވެރިކަން އަބަދުމެ އޮތުމަށް 30 ޕަސެންޓުން އިންތިހާބުވާ ގޮތް ބޭނުންތެރިކަމަށް ވިދާޅުވެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީގެ ގައުމީ މަޖިލީހަށް ހުށައެޅުއްވުމާ ގުޅިގެންނެވެ.
ޝަރީފް ވިދާޅުވީ ވެރިކަމަށް އާދެވޭނީ 30 ޕަސެންޓު ލިބޭ ކެނޑިޑޭޓަށްތޯ ނިންމާނީ އެމްޑީޕީއަކުން އަދި ރައީސް ނަޝީދެއް ވެސް ނޫން ކަމަށާއި ގާނޫނު އަސާސީއަށް ބޮޑެތި ބަދަލު ގެނެވެން ޖެހޭނީ، ރައްޔިތުންގެ މަޖިލިހުގެ ހާއްސަ މަޖިލިހެއް އެކުލަވާލަވާލައިގެން ކަމަށެވެ.
ޝަރީފް ވަނީ މަޖިލީހުގެ މެޖޯރިޓީން ގާނޫން އަސާސީ ބަދަލުކުރެވުނު ކަމުގައި ވީނަމަވެސް ގާނޫނު އަސާސީއަކީ ސިޔާސީ ޕާޓީތަކުން ބޭނުން ކަމެއް ކުރަން އޮތް އެއްޗެއް ނޫން ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އެއްވެސް ޕާޓީއަކަށްވެސް އަދި ކޯލިޝަނަކަށް ވެސް 2008 ގެ ފަހުން ގާނޫނު އަސާސީގެ އެއްވެސް ބާބަކާ އެއްގޮތަށް ވެރިކަން ކުރެވިފައި ނެތް ކަމަށެވެ.
ގިނަ ބަޔަކު މިކަމާ ފާޑުކިޔަމުން އަންނައިރު މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވަނީ ނަޝީދުގެ ވާހަކައަށް ޖޯކު ޖައްސަވާފައެވެ. އޭނާ ވިދާޅުވީ އެއްކޮޅުން ގިނަ ރައްޔިތުން ބޭނުންވަނީ ތާއަބަދު އެމްޑީޕީ ވެރިކަމުގައި އޮންނަން ކަމަށް ވިދާޅުވާ އިރު، ދެން ވިދާޅުވަނީ އިންތިހާބު ކާމިޔާބުކުރުމަށް ބޭނުންވާ އަދަދު 30 ޕަސެންޓް އަށް ދަށްކުރަން ޖެހޭކަމަށް ކަމަށެވެ.
ރޭ އެމްޑީޕީ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ 30 ޕަސެންޓް ނުލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބޭއްވުމަށް ފަހު، އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށް ރައީސް ކަމަށް އާދެވޭ ގޮތަށް ގާނޫނު އަސާސީގައި ކަނޑައެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އެ ބަދަލު ގެނައުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ނަޝީދު ފާހަގަ ކުރެއްވީ، އެމްޑީޕީގެ ވެރިކަމެއް ތާއަބަދުމެ އޮތުމެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދެން އަންނަ ފަސް އަހަރަށް ވެސް އޭގެ ފަހުން އަންނަ ފަސް އަހަރު ވެސް އެމްޑީޕީގެ ވެރިކަމެއް އޮތުމަށް ރައްޔިތުން ހަރު އަޑުން ގޮވަމުންދާ ގޮވުން ކަނުލާ އަހަން ޖެހެއެވެ.
އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް
ރައްޔިތުން ބޭނުންވާ ގޮތް ކަމަށް ކެނެރީގެ ނަޝީދު ވެސް އަދި އެމްޑީޕީގައި ތިބި ބަޓް ގްރޫޕްގެ ބޮޑު 65 ވެސް ބުނަނީ އެއީ ރައްޔިތުން ގާތު އަހައިގެން ނޫނޭ ރައްޔިތުން އެދޭ ގޮތޭ ރައްޔިތުން ނަމުގައި އެމްޑީޕީ އަށް އެއްޗެކޭ ބުނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އެކަމަށް ނަގައިގެންނޭ އެކަން ބަލަން އެބަޖެހޭ އެގޮތުން އެމްޑީޕީ ކުރިއަށް އޮތް 10 އަހަރު ވެރިކަމުގައި އޮންނަން ފެނޭތޯ ނޫންތޯ ބަލަން ރައްޔިތުންގެ ވޯޓަކަށް ދާންވީއޭ މުޅި ރައްޔިތުންގެ %95 ވޯޓް ހޯދާ އެއީ ރައްޔިތުންނަކީ ކެނެރީގެ ނަޝީދަކީ ބޮޑު ވަގަކަށް ވާއިރު އޭނާ އަށް ނޭގޭނެއޭ ރައްޔިތުން އެދޭ ގޮތެއް އިންޑިއާ ވަގުންނާއި ގުޅިގެން ކުރަނީ މުޅިން ވެސް ވައްކަމޭ މާލޭގެ ބޮޑެތި ބިންތައް އިންޑިއާ ވަގުންނަށް ވިއްކާލައިގެން ހުރެ...
ކުރިއަށް އޮތް 10 އަހަރަށް ވެސް ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ވެރިކަން ކަމަށް ކެނެރީގެ ނަޝީދަށް އިނގެނީ އެއީ އޭނާ އަތުގައި އޮތީތޭ ރައްޔިތުން ބޭނުންވާ އަދި ބޭނުން ނުވާ މިނަން ކިޔާ ޑިޓެކްޓަރެއް ނޫން ނެތްދޯ ރައްޔިތުން އެމްޑީޕީ ކުރިއަށް އޮތް 10 އަހަރަށް ބޭނުން ނުވާނެ ކަން އެއޮތީ އެންމެ ފަހުން ނެގި ކޮމަންޑޫ ދާއިރާގެ ވޯޓް އިން ދައްކާފައޭ ރައްޔިތުން އެމްޑީޕީ ކުރިއަށް އޮތް 10 އަހަރަށް ބޭނުންވާ ނަމަ ދެން ވޯޓްލާ މީހުންގެ %30 ވޯޓް އިން ވެރިކަމަށް އަންނަން ބޭނުންވަނީ އެއީ ރައްޔިތުން ބޭނުންވާތީ އެއް ނޫނޭ އެއީ ކެނެރީގެ ނަޝީދު ވެރިކަމަށް ދަހިވެތިވެފައިވާ މިންވަރުން އޭނާ ވެރިކަމަށް ފާވާން އުޅޭތީއޭ މިކަމުގައި ރައްޔިތުން ނިކުންނަން އެބަޖެހޭ ކެރިގެން ފާޅު ކަން ބޮޑު ގޮތެއްގައި..
ރާއްޖޭގެ ވެރިކަމަކީ މޑޕ ކުޅޭ ބޯޅައެއް ނޫން. މޮޔަފުޅުވީ ހާދަ ވަރަކަށޭ!!!