މާލޭގެ އަންހެނުންގެ ކޮމިޓީގެ ފަރާތުން މައްޗަންގޮޅި އޮފީހުގައި ބޭއްވި ނުރަސްމީ ބައްދަލުވުން ނިމުނުއިރު އޮފީހުގެ ދޮރު ތަޅުލައިފައި ހުރި މައްސަލަ އަކީ ގަސްތުގައި ކުރިކަމެއްނޫން ކަމަށާއި، އެހެން ނަމަވެސް އެއީ ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އަންހެނުންގެ ކޮމިޓީގެ ފަރާތުން ކައުންސިލް ބަދުނާމުކުރުމަށް ކުރަމުންގެންދާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި ސިޓީ ކައުންސިލުން އަންހެނުންގެ ކޮމިޓީއަށް ދޭން ޖެހޭ އެއްބާރުލުން ފެށުނީއްސުރެ ދެމުން އަންނަ ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ އިއްޔެ ހިނގާދިޔަ ކަމަކީ ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށާއި މުވައްޒަފުން އޮފީސް ތަޅުލަން ވާނީ ރަނގަޅަށް ބަލައި ޗެކް ކުރުމަށް ފަހު ގައި ކަމަށެވެ.
މުއިއްޒު ވިދާޅުވީ މިކަން ހިނގިކަން ސަމާލުކަމަށް އައުމާއެކު މުވައްޒަފުން ވަނީ ދޮރު ހުޅުވައިދީފައި ކަމަށާއި އެހެން ނަމަވެސް ކައުންސިލް ބަދުނާމުކުރުމުގެ ނިޔަތުގައި އަންހެނުންގެ ކޮމިޓީއިން މަސައްކަތް ކުރަމުން ދާކަން ވަނީ ފާހަގަކުރެވިފައި ކަމަށް އޭނާ ވިދާޅުވެއެވެ.
މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ ޖާގައިގެ ދަތިކަން ބޮޑުކަމާއި އަދި ކައުންސިލަރުންނަށް ވަކިން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނުވި ނަމަވެސް އަންހެނުންގެ ކޮމިޓީގެ މަސައްކަތްތަށް ކުރިއަށް ގެންދެވޭނެ އިންތިޒާމް މައްޗަންގޯޅި އޮފީހުގައި ފަހިކޮށްދެއްވާފައި ވާކަމަށާއި އަންހެނުންގެ ކޮމިޓީގެ ރަސްމީ ޖަލްސާތަށްވެސް ކައުންސިލްގެ ރަސްމީ ޖަލްސާ ކުރިއަށް ގެންދާ ތަނުގައި ބާއްވަމުން ދާކަމަށެވެ. އަދި ކައުންސިލްގެ ބިއުރޯގައި ހިމެނޭ މަދު މުވައްޒަފުންގެ ތެރެއިން 2 މުވައްޒަފުން އަންހެނުންގެ ކޮމިޓީގެ ކަންކަމަށް ހާއްސަކޮށްފައި ވާކަން މުއިއްޒުގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އަންހެނުންގެ ކޮމިޓީގެ ނުރަސްމީ ބައްދަލުވުންތައް ކޮންމެ އާދިއްތަ ދުވަހަކު ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް ތާވަލާ އެއްގޮތަށް ޖަލްސާތައް ކުރިއަށް ނުގެންދާ ކަމަށާއި އިއްޔެ އަންހެނުންގެ ކޮމިޓީގެ ޖަލްސާ ކުރިއަށް ދިޔަކަން މައްޗަންގޮޅި އޮފީހުގައި އެވަގުތު ތިބި މުވައްޒަފުންނަށް ވެސް އެނގިފައި ނުވާއިރު، ސިޓީ ކައުންސިލުން އަންހެނުންގެ ކޮމިޓީ އަށް ހާއްސަކޮށްފައި ތިބޭ 2 މުވައްޒަފުންނަށްވެސް ބައްދަލުވުން އޮތްކަން އަންގާފައި ނުވާ ކަމަށެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ އަންހެނުންގެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި 14 މެންބަރުން ބައިވެރި ވިއެވެ. ދެ ގަޑިއެއް ހާ އިރަށް ކުރިޔަށް ދިޔަ ބައްދަލުވުން ނިމުނުއިރު އޮފީސް ތަޅުލާފައި ހުރުމުން އެތެރޭގައި 45 ވަރަކަށް މިނެޓު ވަންދެން ތިބެން ޖެހުނު ކަމަށް އޭގެތެރެއިން ބައެއް މެންބަރުން ވަނީ ބުނެފައެވެ.
އެ މެމްބަރުން ގަބޫލުކުރާ ގޮތުގައި އޮފީހުގައި އެގޮތަށް ބަންދު ކުރުމަކީ ރަހީނުކުރުން ކަހަލަ ކަމެކެވެ.
އެއަމަލު ހިންގީ ޔާމިނު ބުނެގެން މުއީޒު ގަސްތުގައި އެމީހުން ކަޑައެޅިގެން މަރާލަން ސަބަބަކީ މުއިޒު ކުރާކަންތައްރަށް އެމީހުންބަލާތީވެ ރައްޔަތުންބޭނުންވަނީ އެތެއް ބައިވަރު އާއިލާއެއް އެއްފަހަރާ މަރާލަން ގަސްތުކޮށް އެއަމަލު ހިންގުވީތީ މުއިޒަށް ދައުވާކޮށް ރައްޔަތުންގެ ކުރިމަތީގައި ދަންޖައްސާ މަރަން