މިއަދަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން ސާމްޕަލް ނަގާ ބައެއް ސެންޓަރުތަކަށް ބަދަލު ގެނެސްފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހިދުމަތްދޭނީ 5 ސާމްޕަލް ސެންޓަރުން ކަމަށާއި އެ ސެންޓަރުތަކުން ވެސް ހިދުމަތް ދޭނީ މިއަދު މެންދުރުފަހު ކަމަށެވެ.

މިއަދު ހިދުމަތްދޭ ހަމަޖެހިފައިވާ ސާމްޕަލް ސެންޓަރުތަކާއި ވަގުތުތައް:

  • ސިނަމާލް ބްރިޖް ކައިރި ޕާކިން ސަރަހައްދު: މެންދުރުފަހު 3 - ހަވީރު 6
  • ހުޅުމާލެ ފޭސް 2 ގެ އެޗް 8 ކައިރި: މެންދުރުފަހު 3:45 - ރޭގަނޑު 6:45
  • ހެންވޭރު ދަނޑު: މެންދުރުފަހު 3:30 - ރޭގަނޑު 6:30
  • ވިލިމާލެ ފްލޫ ކްލިނިކް: ހަވީރު 4 - ރޭގަނޑު 6:30
  • ހުޅުމާލެ ރުއްގަނޑު 1: މެންދުރުފަހު 3:30 - ރޭގަނޑު 6:30

އެފްއޭއެމް ބިލްޑިން، ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދޭ ކްލިނިކެއްގެ ގޮތުގައި މިއަދު މެންދުރުފަހު 3 އިން ހަވީރު 6 އަށް ހުޅުވާފައި ހުންނާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިއަދު މާލެ ސަރަހައްދުގެ ހުރިހާ ވެކްސިން ސެންޓަރެއް ބަންދުވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.